އެއީ ހަފްތާއެއްގެ ހަވީރެވެ. 30 އޮގަސްޓް2025 އެވެ. ޣައްދާރެއްގެ ނުބައިކަމުގެ މިޘާލެއް ކުރިމަތިވި ދުވަހެކެވެ. އަބޫ ޢުބައިދާގެ އާއިލާ އާއި ބައްދަލު ނުވާތާ ގިނަ ދުވަސްތަކެއް ވުމަށް ފަހު ބައްދަލުކުރައްވަމުން ގެންދަވަނިކޮށް މޫނު ނިވާކޮށްގެން ހުރި މުޖާހިދަކު ފްލެޓެއްގައި ހުރިކަމުގެ މައުލޫމާތު އިޒްރޭލުގެ ސިއްރު އިދާރާ “ޝާބާކު ” އަށް ޢައްދާރަކު މަޢުލޫމާތު ފޯރުކޮށްދިން ކަމަށްވެއެވެ.
އެ މައުލޫމާތު ލިބުމާއެކު ސިއްރު އިދާރާ އިން ދެކުނީ، އެއީ ޣަނީމާ އެއްފަދަ ފުރުޞަތެއް ކަމަށެވެ. އެއީ އަބޫޢުބައިދާ ޝަހީދުކޮށްލުމަށް އޭގެކުރިން 14 ފަހަރު ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. އެހެންކަމުން ވަގުތުން ޔަހޫދީ ސިފައިންގެ އިސް ޖެނެރަލުންގެ ކުއްލި ބައްދަލުވުމެއް ބޭއްވިއެވެ. އެބައްދަލުވުމުގައި އަބޫ ޢުބައިދާ ޝަހީދު ކޮށްލާނެގޮތް ރޭވިއެވެ.
އެގޮތުން އިޒްރޭލާއި ދެކޮޅަށް ކުރިމަތިލާ މުޖާހިދުން ޝަހީދު ކުރުމަށް ޙާއްޞަ ބޯޓެއް ބޭނުންކުރުމަށް ނިންމިއެވެ. އިޒްރޭލަށް މައުލޫމާތު ލިބިފައިވަނީ، އަބޫ ޢުބައިދާ ޙާއްޞަ ފްލެޓެއްގައި ހުންނެވި މަޢުލޫމާތު ކަމަށް ވުމުން މީހުން ދިރިއުޅޭ މުޅި އިމާރާތް އެއްކޮށް ގޮއްވާލިއެވެ. އެއީ އެންމެން ޝަހީދު ކޮށްލެވުނުކަން ޔަޤީން ކުރުމަށް ކަމަށްވެއެވެ. އަދި މުޅި އާއިލާ ނައްތާލުމަށެވެ.
މިޓެރަރިސްޓް ހަމަލާ ގައި އިޒްރޭލުން ބޭނުންކޮށްފައި ވަނީ ބައިނަލްއަޤުވާމީ ގޮތުން މަނާ ކޮށްފައިވާ ހޫނު ގަދަ ފެތުރިގަންނަ ފަދަ ބޮމެކެވެ. އެބޮން ގޮވުމުގެ ކުރިން ވިލާގަނޑެއް ފަދައިން އޭގެ އަލިފާން ދުންގަނޑު ދޫކޮށްލުމާއެކު ކުއްލިއަކަށް އަލިފާންގަނޑު ފަޅައިގެން ދެއެވެ. އެއިން ހޫނާއެކު އުފެދިގެން އަންނަ ވަރުގަދަ ބާރާއެކު އިންސާނާގެ ހަށިގަނޑު އަންދާލައެވެ. އޮކްސިޖަން ނައްތާލައެވެ. އޭރުން އިންސާނެއް ވިޔަސް އިމާރާތެއް ވިޔަސް ސަލާމަތުން ނުހުންނާނެއެވެ.
މިގޮތުން ފަލަސްޠީންގެ ހީރޯ އަބޫ ޢުބައިދާ އާއި އޭނާގެ އާއިލާ ޝަހީދުކޮށްލިއެވެ. މިހަމަލާ ގައި އަބޫޢުބައިދާގެ މައުޞޫމް ތުއްތު ދެދަރިން ކަމުގައިވާ لیان، منّة اللہ އަދި یمان ޝަހީދުވެފައި ވެއެވެ. އަބޫޢުބައިދާ ޝަހީދު ވީއިރު ދުނިޔޭގައި ޝަހީދު ނުވެ ހުރީ ތުއްތު ފިރިހެން ދަރިއެއް އެކަންޏެވެ.
އިޒްރޭލު ބޭނުންވީ އަބޫޢުބައިދާގެ ޠާހިރު ހަށިކޮޅު އެއްކޮށް ނައްތާލުމަށް ކަމަށް ވިޔަސް ޝަހީދުވެފައިވާ ހަށިކޮޅު ވަނީ ފެނިފައެވެ. އިންސާނިއްޔަތުކަން ކުޑަ މިހަމަލާގައި އަބޫ ޢުބައިދާގެ ޢާއިލާގެ 40 މީހަކު ޝަހީދު ވެފައިވެއެވެ.
އަބޫޢުބައިދާ ޝަހީދުވެގެން އެދިޔައީ ދީނާއި ޤައުމަށްޓަކައި އަދާކުރަންޖެހޭ ޒިންމާ އޭނާގެ ލެއިން ޤުރުބާންކޮށްފައެވެ. މާތްﷲ ޝަހީދު އަބޫ ޢުބައިދާ ގެ ޠާހިރު ފުރާނަފުޅު ގައި ބަރަކާތްލައްވާށިއެވެ. آمين يارب العالمين ،أللهم أغفر له وارحمه
