Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • މެޖޯރިޓީ ބޭނުން ވިޔަސް، ޙަރާމެއް ޙަލާލެއް ނުކުރެވޭނެ
  • ދީން

މެޖޯރިޓީ ބޭނުން ވިޔަސް، ޙަރާމެއް ޙަލާލެއް ނުކުރެވޭނެ

އަލްއުސްތާޛް ޢަލީ އާދަމް January 6, 2026
IMG_9068

ވެސްޓަން ޑިމޮކްރަސީގައި ގިނަބަޔަކަށް ފެންނަ ނަމަ މަނާ ކަމެއް ނޯވެއެވެ. އެހެން ނަމަވެސް އިސްލާމީ ޖުމްހޫރީ ވެރިކަމެއްގައި ގިނަބަޔަކަށް ކަމެއް ކުރުމަށް ފެނުނަސް ގެއްލުން ހުރިކަމެއް، އަޚުލާޤުން ބޭރުވާ ފަދަކަމެއް ކުރުން ހުއްދަވެގެންނެއް ނުވެއެވެ. އިސްލާމީ ޖުމުހޫރީ ނިޒާމުގައި މަޝްވަރާކުރުމަށް އޮވެއެވެ.

އެހެން ނަމަވެސް މަޝްވަރާ ކުރުމުގައި އިސްކުރަން ޖެހެނީ ޢިލްމުވެރިންގެ ބަހެވެ. ރައްޔިތުންގެ ތެރެއިން ނުވަތަ ގިނަބައެއްގެ ތެރެއިން ޢައްޔަނުކުރެވޭ ޢިލްމީ މީހުންގެ މައްޗަށް އެކުލެވޭ ބައެއްގެ މަޝްވަރާއެވެ. އެބޭކަލުންނަކީ ޝަރްޢީ، ދީނީ އަދި ދުނިޔެވީ އިލްމުތައް ދެނެލައްވާ ފުންނާބު އުސް މުފައްކިރުން ކަމުގައި ވާންޖެހެއެވެ.

އެހެނެއްކަމަކު، މިހާރު ދުނިޔޭގައި ވައި ހިފާފައިވާ ވެސްޓަން ޑިމޮކްރަސީގައި ގޮތް ނިންމުމަށް ލަފާ ހޯދަނީ މިގޮތަކަށް ނޫނެވެ. ވެސްޓަން ޑިމޮކްރަސީގައި މަޤާމަކަށް އައުމަށް ތަޢުލީމީ ޝަރުޠެއް މުހިއްމެއް ނޫނެވެ.

ނަމަވެސް އިސްލާމް ދީނުގައި ދަންނަ މީހުންނާއި ނުދަން މީހުން އެއްވަރެއް ނުވެއެވެ. އެހެނެއްކަމަކު ހުރިހާ އިންސާނުންނަކީ ވެސް އިންޞާފުގެ ކުރިމަތީގަ އާއި ޙައްޤުތައް ހަމަހަމަ ބައެކެވެ. ﷲ ގެ ވަޙީ ބަސްފުޅުން އެނގޭ އެއްޗަކީ ދުނިޔޭގައި މިހާރު މިއޮތް ވެސްޓަން ޑިމޮކްރަސީގެ މިންގަނޑުން ޢަޤުލަބިއްޔަތު ބޭނުންވާ ގޮތަަކަށް ކަންކަން ނިންމާ ނަމަ މަގުފުރެދިދާނެ ކަމެވެ. އެހެނީ ކޮންމެ ޤައުމެއްގައިވެސް ގިނަ ވަނީ ނުދަންނަ މީހުންކަމަށްވާތީއެވެ.

އިސްލާމް ދީނުގައި ގިނަބަޔަކު ބޭނުންވިޔަސް ޙަރާމް ކަންކަން ހުއްދައެއް ނުކުރެވޭނެއެވެ. މިސާލަކަށް ހުޅަނގުގެ ޑިމޮކްރަސީގައި މެޖޯރިޓީ އަށް ތަބާވުމަށް އެއްޖިންސުން ގުޅުމެއް ހިންގުން ހުއްދައެވެ. ޒިނޭ ކުރުން ހުއްދައެވެ.

އިސްލާމްދީނުގައި މިއީ ހުއްދަ ކަންތަކެއް ނޫނެވެ. އަމާނާތަށް ޚިޔާނާތްތެރި އެއް ނުވެވޭނެއެވެ. ވައުދުތަކާއި އަހުދު ތައް އުވާލުމަކީ ފާފަވެރިވާނެ ކަމެކެވެ.


قوله تعالي : وَإِن تُطِعْ أَكْثَرَ مَن فِي الْأَرْضِ يُضِلُّوكَ عَن سَبِيلِ اللَّهِ ۚ إِن يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ (سورة ألأحزاب آية 116)
އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން اللَّه ގެ މަގުން ކަލޭގެފާނު އެއްކިބާކޮށް މަގު ފުރައްދައިފާނެތެވެ. އެއުރެން ހީއަކަށް ނޫނީ تبع އެއް ނުވެތެވެ. އަދި ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ. (116)

އަނިޔާވެރިވި މީހުންގެ އަވަށްތައްވެސް ތިޔަބައިމީހުންނާ ދުރެއް ނޫނެވެ!

މައިންބަފައިންމިވާހަކަ ބުނެދިންތަ؟

އަޚާއެވެ! އުޚްތާއެވެ! މި އަންނަނީ އެންމެ ދިހަރެއެވެ. ލައިލަތުލް ޤަދްރި އެވެ!

Continue Reading

Previous: ބުރު މޮޅުވެ ހަތަރެއްގައި ހަމަޖެހިލައިފި
Next: އަބޫޢުބައިދާ ޝަހީދު ކޮށްލީ ކިހިނެއް؟

Related Stories

10037E23-3B94-448B-9638-7B10A11BF13A
  • ދީން
  • ޚަބަރު

އަނެއްކާވެސް ޚިދުމަތް ޖަމިއްޔާގެ ފަރާތުން ޣައްޒާގައި ވަގުތީ މިސްކިތެއް، މިއީ މިފަދަ 7 ވަނަ ވަގުތީ މިސްކިތް

admin February 20, 2026
ED927CE8-7679-4A53-B59B-46CCAFC3A5D6
  • ދީން

އަޚާއެވެ! އުޚްތާއެވެ! މި އަންނަނީ އެންމެ ދިހަރެއެވެ. ލައިލަތުލް ޤަދްރި އެވެ!

admin February 17, 2026
20BC11EF-DA97-40ED-80B8-93737FD2775D
  • ދީން
  • ޚަބަރު

ކީރިތި ޤުރުއާން ތަފްސީރު ކުރުމަށް އޭއައި ބޭނުން ނުކުރުމަށް އަންގައިފި

admin January 28, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.