ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު އާއި އަނބިކަބަލުން އިލްހާމް އެދެކަނބަލުންގެ ކައިވެއްޏަށް 50 އަހަރު ފުރުން ފާހަގަކޮށް ކުލަގަދަ (ގޯލްޑަން ޖުބިލީ) ޕާޓީ ބާއްވައިފިއެވެ.
މި ވެޑިންގ ރިސެޕްޝަން އޮރގަނައިޒް ކުރީ ތިން ދަރިންކަން ފާހަގަ ކުރެވެއެވެ.ނެތި އެދޭ ގާތް ރައްޓެހިންނާއި ޢާއިލާގެ ބޭފުޅުން އެކުގައި ވަގުތު ހޭދަ ކޮށްލި މި ހަފްލާ ފާހަގަކުރުމަށް މީސް މީޑިއާގައި ޝާއިޢުކުރި ބަޔާނުގައި ޑރ. ވަހީދު އާއި އިލްހާމް ވަނީ، ލޯތްބާއި އިއްތިރާމާއި އެކު، އެކުގައި ދިރިއުޅުމުގެ ނިޢުމަތް ލައްވާދެއްވި ކަމަށްޓަކައި ﷲ އަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ޑރ. ވަހީދު ރައީސްކަމުގައި 2012 އިން 2013 އަށް ޚިދުމަތް ކުރިއެވެ. އަދި މިހާރު ވެސް ޤައުމީ އަދި ބައިނަލްއަޤްވާމީ މައިދާނުތަކުގައި ސަރުކާރުގެ ހަރަކާތްތަކުގައި އެކިއެކި ގޮތުން ބައިވެރިވަމުން ގެންދަވައެވެ.ޑރ. ވަހީދަކީ ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެމްޑީޕީން ބޭނުންކުރި ޓޫލް އެކެވެ. ސަބަބަކީ އެމަނިކުފާނާއި އެ. އާއި އޮންނަ ގުޅުމާއި ބޭރުދުނިޔޭގައި ލިބިފައިވާ މަޤްބޫލުކަމެވެ.
