رسول اللّه صلّى اللّه عليه وسلّم ގެ ޙަދީޘްފުޅެއްގައިވެއެެވެ. ފިރިހެނުންނަށްވުރެ އަންހެނާގެ ޖިންސީ އެދުންވެރިކަން 99 އަކަށްވުރެ ޑަބަލް އިތުރެވެ. ( އެހެނީ ޖިންސީ އެދުންވެރިކަމުގެ100ހިއްސާ އަންހެނުންގެ ކިބާގައި) ވެއެވެ. ފިރިހެނެއްގެ ކިބާގައިވަނީ އެއް ހިއްސާ އެވެ.
ނޯޓު: ފިކުރުކޮށްލާށެވެ. އެންމެ ހިއްސާއެއް ފިރިހެނުންގެ ކިބާގައިވާއިރު ޖިންސީ ބޭނުންތައް ފުއްދުމަށް ފިރިހެނުން މޮޔަވާވަރު ފެންނާނެއެވެ.
އަންދާޖާ ކޮށްލަންވީ 100 ހިއްސާ ހުރިނަމަ ފިރިހެނުންގެ ހާލަތު ހުންނާނެގޮތެވެ. އެހެން ނަމަވެސް މިއަދުގެ ދުނިޔޭގައި، މޫނާއި ދެއަތްތިލަ ފިޔަވައި ކަރުވަޅު ފަދަ ލަދުވެތި ގުނަވަންތައް ފޮރުވަންޖެހޭއިރު ، އަދި ގުނަވަންތައް ފާޅު ނުވާ ދޫހެދުން ލާން ޖެހޭއިރު، ބުރުގާ ތައް އުކާލުމަށް ފަހު ބައެއް އަންހެނުން ލަދުހަޔާތް ދަންނަ ކަމަކަށް އަދި ޤަބޫލުކުރާކަމަކަށް ނުވެއެވެ.
ބުރުގާ އެޅުމަކީ މޫނު ނިވާ ކުރުން ކަމަށް ބައެއް ފަރާތްތަކުން މާނަ ކުރިނަމަވެސް އެއީ ޢިލްމުވެރިންގެ މެދުގައި ޚިލާފް އޮތް މައްސަލައެކެވެ. ގިނަ ޢިލްމުވެރިބޭކަލުން ބުރަވެވަޑައިގެންފައިވާގޮތުގައި، ބުރުގާ އެޅުމޭ ބުނާ ބަހުގެ މާނަ އަކީ ކާކުކަން ނޭނގޭގޮތަށް މޫނު ނިވާކުރުމެއް ނޫނެވެ.
މީސްތަކުންގެ ތެރޭގައި އުޅޭއިރު ކާކުކަން ދެނެގަނެވޭގޮތަށް މޫނު ފެންނަން ހުރުމަކީ މިޒަމާނަށް ބަލާއިރު ކިތަންމެ ގޮތަކުން މުޢާމަލާތްކުރުން ފަސޭހަވެ ގުޅުންތައް ބަދަހިވެ އިތުބާރު އުފެދުމަށް ބޭނުންތެރި އަދި ރައްކާތެރި މުހިއްމު ކަމެއްކަމުގައި ދުނިޔެ ބަލައިގެންފައިވާ ކަމެކެވެ.
ގިނަ ޢިލްމު ވެރިން އިއްތިފާޤު ވަޑައިގެންފައިވަނީ އަންހެނާގެ ޢައުރައަކީ މޫނާއި ދެއަތްތިލަ ފިޔަވައި ހުރިހާ ތަނެކެވެ.
އަންހެނުންގެ ރީތިކަން ފާޅުކުރާނަމަ ފިރިހެނުންގެ ހިތްތައް ލެނބޭނެއެވެ. އަންހެނުންނަށް ވުރެ ފިރިހެނުންގެ ޖިންސީ އެދުންވެރިކަން ދަށް ވިޔަސް ފިރިހެނަކަށް އެއް އަނބިންނަށް ވުރެ ގިނަ އަނބީން ހުއްދަ ސަބަބުގައި ވެސް ޙިކުމަތެއް ވާނެއެވެ.
އަންހެނުންނީ ނިޢުމަތެކެވެ. ފިރިންނަށްވާ ފޭރާމެކެވެ. އަންހެނާގެ ވޭން ފިރިހެނަކަށް އިޙްސާސެއް ވެސް ނުކުރެވޭނެއެވެ.
