Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ވަޒީފާގެ ވާޖިބު އަދާކުރަނިކޮށް ނިޔާވި މުވައްޒަފަށް ރައީސްގެ ތައުޒިޔާ
  • ޚަބަރު

ވަޒީފާގެ ވާޖިބު އަދާކުރަނިކޮށް ނިޔާވި މުވައްޒަފަށް ރައީސްގެ ތައުޒިޔާ

admin December 11, 2025
3755064A-D6C4-4556-97F6-D62459E67CD0

ރަސްމީ މަސައްކަތުގައި އުޅެނިކޮށް ހިނގި ހާދިސާއެއްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް، ސްޓެލްކޯގެ ހީވާގި މުވައްޒަފެއް ކަމުގައިވާ އަޙްމަދު އަޒްމީލް ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް މުޢިއްޒު ވަނީ، ވަޒީފާގެ ވާޖިބު އަދާކުރައްވަން ހުންނަވަނިކޮށް ދިމާވި ހިތާމަވެރި އަލިފާނުގެ ހާދިސާއެއްގައި ސިއްހީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިވަޑައިގެން، ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ސްޓެލްކޯގެ މުވައްޒަފު އަޙްމަދު އަޒްމީލް އަވަހާރަވުމުގެ ހިތާމަވެރި ޚަބަރު އެހީ ފުން ހިތާމައާއި އަސަރާ އެކުގައި ކަމުގައި ވިދާޅުވެފައެވެ.
އެމަނިކުފާނު ވަނީ މި ހާދިސާއާ ގުޅިގެން މަރްޙޫމް އަޙްމަދު އަޒްމީލްގެ ޢާއިލާއަށާއި، ސްޓެލްކޯގެ އިސްވެރީންނާއި އެތަނުގެ ހުރިހާ މުވައްޒަފުންނަށް ފުން ތަޢުޒިޔާ ދަންނަވާފައެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން، މަރްޙޫމް އަޙްމަދު އަޒްމީލަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރެއްވިއެވެ.

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހިތާމަވެރި ޙާދިސާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބި، ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް، ސްޓެލްކޯގެ ހީވާގި މުވައްޒަފެއް ކަމުގައިވާ އަޙްމަދު އަޒްމީލް ނިޔާވި ޚަބަރު އަޅުގަނޑު އަޑުއެހީ… pic.twitter.com/3HgoFweEvV

— Dr Mohamed Muizzu (@MMuizzu) December 11, 2025

މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި، ސްޓެލްކޯގައި ސުޕަވައިޒަރެއްގެ މަގާމުގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 43 އަހަރުގެ އަޙްމަދު އަޒްމީލް ނިޔާވީ، ތައިލޭންޑުގެ ބެންކޮކް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަން ވަނީ މި ހާދިސާގައި ވަރަށް ބޮޑަށް ފިހިފައެވެ.
ފުރަތަމަ އޭނާއަށް ފަރުވާދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، އިތުރު ފަރުވާއަށް މިމަހުގެ 1 ވަނަ ދުވަހު އޭނާ ވަނީ ތައިލޭންޑަށް ގެންގޮސް ބެންކޮކް ހޮސްޕިޓަލުގައި އެނދުމަތިކުރެވިފައެވެ. އަޒްމީލް މި ދުނިޔެ އާއި ވަކިވީ ފަރުވާދެމުންދަނިކޮށެވެ.

އިސްރާއީލުން މުސްލިމުންނަށް ކޮށްފައިވާ އަނިޔާ އެންމެ ތަސްވީރަކުން…

ޚާމަނާއީގެ އިންޒާރެއް! އިސްރާއީލުގެ ވަސް ވެސް ފޮހެލެވިދާނެ!

ޔަހޫދީން ޣައްޒާގެ ސަހަރާ އެއް ކޮނެ 250 މީހެއްގެ ހަށިގަނޑު ނަގައިފި

Continue Reading

Previous: ފައްޔާޒަށް ޖިނާއީ ޙުކުމެއް އިއްވުމުގެ ފުރުޞަތު!
Next: މަސްވެެރިންގެ ދަތިތަކަށް ހުރިހާ ޙައްލެއް ހޯދައިދެނީ

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.