Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • މަސްވެެރިންގެ ދަތިތަކަށް ހުރިހާ ޙައްލެއް ހޯދައިދެނީ
  • ޚަބަރު

މަސްވެެރިންގެ ދަތިތަކަށް ހުރިހާ ޙައްލެއް ހޯދައިދެނީ

admin December 11, 2025
IMG_8578

މަސްވެރިން ބާނާ މަހަށް ފައިސާ ލިބުން ލަސްވުމާއި އަގުހެޔޮކޮށް ތެޔޮ ލިބުމުގެ ދަތިތަކާއ ގުޅިގެން އިއްޔެއިން ފެށިގެން މުޒާހަރާ ކުރަމުން އަންނަ ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ފުރިހަމައަށް ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ދެއްވައިފި އެވެ. ޝިޔާމް ވިދާޅުވީ ބޮޑު އެއް މައްސަލައަކީ މަސްވެރިން ބާނާ މަސް އަމިއްލަ ކުންފުނިތަކަށް ވިއްކުމަށް ފަހު ކުރިމަތިވާ ދިގު އިންތިޒާރު ކަމަށާއި ބައެއް ކުންފުނިތަކަށް 1.5 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.

މިކަން ހައްލުކުރުމަށްޓަކައި، ހުޅުމާލޭގައި މަސް ޕްރޮސެސް ކުރުމުގެ އާ ފެސިލިޓީއެއް މި ޖެނުއަރީ މަހު ސަރުކާރުން އެޅުމުގެ މަސައްކަތް ފަށާނެކަން ފާހަގަ ކުރެއްވިއެވެ.

“ހުޅުމާލެ ބަނދަރު ސަރަހައްދުން 25 ހާސް އަކަފޫޓުގެ ބިން ސެކިއުރިޓީ ކުރެވިފައިވޭ. އިއްޔެ އެޗްޑީސީއަށް އެ ބިން ލިބި، ފައިސާ ހަމަޖައްސާ، ޕީއެސްއައިޕީ ކޮންޓްރެކްޓަރ-ފައިނޭންސް މޮޑެލްގެ ދަށުން މި މަޝްރޫއު ފެށޭނެ،” މިނިސްޓަރު ވިދާޅުވި އެވެ.

ދެވަނަ އަށް އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ އަގުހެޔޮކޮށް ތެޔޮ ނުލިނޭ މައްސަލަ އަށް ވެސް ހައްލެއް ލިބިގެންދާނެ ކަން ފާހަގަ ކުރައްވައި މިނިސްޓަރު ޝިޔާމް ހާމަކުރެއްވި ގޮތުގައި ކޮންމެ އަތޮޅެއްގައި ވެސް މަދުވެގެން އެއް ރަށަކުން އަގު ހެޔޮ ކޮށް “އެސްޓީ ރޭޓުން” ތެޔޮ ފޯރުކޮށްދޭއިރު، އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފެސިލިޓީތައް ނިންމާލެވޭނެ ކަމަށް ބެލެވެއެވެ.

މިނިސްޓަރު ވިދާޅުވީ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމާއި އައިސް އާއި ގުޅުން ހުރި ގޮންޖެހުންތަކަށް ލުއި ދިނުމަށް މަސްދޯނިތަކަށް އާރުއެސްޑަބްލިއު ފިނިކުރުމުގެ ނިޒާމު ދިނުމުގެ މަސައްކަތްތައް ފެށުން ފަދަ ގިނަ ދުވަސްތަކެއް ވަންދެން ދިމާވެފައިވާ ބައެއް މައްސަލަތައް ވެސް މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.

އެޗްއާރުސީއެމްގެ ރައީސްގެ މަޤާމަށް ކުރީގެ ހީވާގި ވަޒީރު ޑރ. ޢާއިޝަތު ރަމީލާ

ދުވަހަކު މަސައްކަތެއް ނުކުރިޔަސް ކޮންމެ ރައްޔިތެއްގެ އެކައުންޓަށް ސަރުކާރުން ޑޮލަރު ޖަމާކުރަނީ

Continue Reading

Previous: ވަޒީފާގެ ވާޖިބު އަދާކުރަނިކޮށް ނިޔާވި މުވައްޒަފަށް ރައީސްގެ ތައުޒިޔާ
Next: ބޭސް ރޭޓުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދޭ ޝެޑުތައް ބަހައްޓަން ފަށައިފި

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.