Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ކޯޓުތަކަށް ސުޢޫދު ނުފޫޒު ފޯރުވާ ކަމަށް ބަންޑާރަނައިބުގެ ދުލުން
  • ޚަބަރު

ކޯޓުތަކަށް ސުޢޫދު ނުފޫޒު ފޯރުވާ ކަމަށް ބަންޑާރަނައިބުގެ ދުލުން

admin May 13, 2025
big_Af6kiWUEhmm8xpfj4TQPYHaDt

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވީ ކުރީގެ ފަނޑިޔާރު ހުސްނުސުޢޫދު ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.އަހާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ، ސުޕްރީމް ކޯޓަށާއި ޖުޑީޝަރީއަށް ނުފޫޒު ފޯރުވާފައި ހުރީ ހުސްނުސުޢޫދު ކަމަށް ވަރަށް ޔަޤީންކަމާއެކު ވިދާޅުވެވޭ ކަމަށެވެ.”ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާފައި ހުންނަވާނީ އެ ބޭފުޅާ. ޖުޑީޝަރީއަށް ނުފޫޒު ފޯރުވާފައި ހުންނަވާނީވެސް އެ ބޭފުޅާ. އަޅުގަނޑު ވަރަށް ޔަޤީންކަމާއެކު މިދަންނަވަނީ,” ބަންޑާރަ ނައިބު ވިދާޅުވިއެވެ.ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި މި ސަރުކާރު އައުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާފައިވާ މެސެޖުތަކާއި އެކި ތަންތަނުން ބައްދަލުވެ ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފައިވަނީ ހުސްނުސުޢޫދު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.އަދި މި މައްސަލައިގައި ތަޙްޤީޤެއް ކުރައްވައިފިނަމަ، އޭގެ ޖަވާބުދާރީވުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.ބަންޑާރަ ނައިބު އިތުރަށް ވިދާޅުވީ، ހުސްނުސުޢޫދަކީ މިހާރު ސިޔާސީ ގޮތުން މަސައްކަތްކުރައްވަމުންދާ ބޭފުޅެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުތައް ކުރަން ފެށީ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލަން ފެށުމަށްފަހު ކަމަށްވެސް ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ.

ބިދޭސީންނާއިމެދު ގޯސްކޮށް ޢަމަލުކުރާ ފަރާތްތައް މިއަދުން ފެށިގެން ޖޫރިމަނާ..!

އިންތިޚާބުތައް ވަކިން ބާއްވާނަމަ ރައްޔިތުންގެ އަތުން ބޯކޮށް ފައިސާ ޚަރަދުކުރަން ޖެހޭނެ

15 ރަށެއްގައި ހައުސިންގް ޔުނިޓް އަޅަނީ

Continue Reading

Previous: ނަތަންޔާހޫ ހައްޔަރުކުރަން ނެރުނު އަމުރު އުވައިލާން އެދިއްޖެ
Next: ޓްރަމްޕުގެ “ޖައްވީ ގަނޑުވަރުގެ އެތެރޭގެ ފޮޓޯތައް” މިހިރީ!

Related Stories

26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
9E983EBC-9DA9-49DF-9821-2BB64A9A15A9
  • ޚަބަރު

ވެމްކޯ މުވައްޒަފު ވެއްޓުން: ކަންކަން ސިއްރުކުރަން ވެމްކޯއިން އުޅުނު ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް – ވެމްކޯ

admin February 24, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.