Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން – ޔަހޫދީންނަކަށް އިތުބާރެއް ނެތް
  • ޚަބަރު

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން – ޔަހޫދީންނަކަށް އިތުބާރެއް ނެތް

އަލްއުސްތާޛް ޢަލީ އާދަމް October 9, 2025
CF8FFC9A-CFC6-471C-919F-FBB1C45BC453

ޣައްޒާ ހަނގުރާމަ ހުއްޓައިލުމުގެ ޕްލޭނުގެ ފުރަތަމަ މަރުޙަލާ އަށް އިޒްރޭލާއި ޙަމާސް ޖަމާޢަތުގެ މެދުގައި މިއަދު ވެވުނު އެއްބަސްވުމަކީ އިޒްރޭލުން އަލުން ޤަތުލު ޢާއްމު ނުފަށާނެކަން ނުވަތަ ނޫން ކަމުގެ ޟަމާނަތު ނުވަތަ ގެރެންޓީ އެއް ނޫނެވެ، އެހެން ނަމަވެސް މިއީ ކުރިއަށް އެޅުނު ފިޔަވަޅެކެވެ، އެއްކަމަކީ މިއެއްބަސް ވުމަކީ ޓްރަމްޕް ގެ އަމިއްލަ ޕްލޭނަކަށްވުމެވެ،އެކަމުން ޓްރަމްޕަށް ސިޔާސީ ގޮތުން ފައިދާތަކެއް ކުރާނެއެވެ،

އެހެން ނަމަވެސް ޔަހޫދީންނަކީ މިހާތަނަށް ވެފައިވާ އެއްވެސްޢަހުދަކަށް ވަފާތެރިވީ ބައެއް ނޫނެވެ. ކުރިއަށް އޮތީ ގިރާކުރަން ފަސޭހަ މަރުހަލާތަކެއް ނޫނެވެ، މުހިއްމު މުޢާމަލާތު އަދި އޮތީއެވެ، އެއީ ހަމާސް އަތުން ހަތިޔާރު އަތުލުމާއި ، ޣައްޒާގައި ވެރިކަން ކުރާނެ ފަރާތެއް ކަނޑައެޅުމަކީ ނުނިމި އޮތް އެހެން ނަމަވެސް ޓްރަމްޕް ގެ ޕްލޭނުގައި އޮތްކަމެކެވެ، ޔަހޫދީންގެ މަޞްލަޙަތަށް ކިތަމެ ކުޑަ އުނިކަމެއް އައުމަކީ އެމެރިކާ އެދޭނެކަމެއް ނޫނެވެ،

އަދި އެހެންމެ ޙަޤީޤިީ މާނާގައި ފަލަސްޠީން މިނިވަން ދައުލަތެއް ނުއުފެއްދޭނެހާ ހިނދަކު ހަތިޔާރު ބެހެއްޓުމަކީ ޙަމާސް ޖަމާއަތުން ކުރާނެކަމެއް ނޫނެވެ . އަދި ޙަމާސް ބާކީ ކޮށްގެން ފަލަސްޠީން ގައި ސަރުކާރެއް އުފެއްދުމަށް ކުރާ ކޮންމެ މަސައްކަތެއް ވާނީ ، އިސްރާފު ބޮޑު ވަގުތު ބޭކާރުކުރުމެއްކަމަށެވެ، ސަރުކާރު ހިންގުމުގައި

ޙަމާސް ބާކީ ކުރާ ވާހަކަ ދެއްކުމުގެ ބޭނުމަކީ ވެސް ފަލަސްޠީން ގެ ދައުލަތެއް އުފެދުނަ ނުދިނުމެވެ. ހުޅަގުގެ ޤައުމުތަކުން ބޭރުފުށުން ކިތަމެ ރީތި މަންޒަރެއް މުސްލިމުންނަށް ދެއްކި ނަމަވެސް މަޢުނަވީ ގޮތުން އެއިން އެއްވެސް ޤައުމަކީ މުސްލިމުން އެކަތިގަނޑެއްގެ ގޮތުގައި ތިބެން ބޭނުންވާނެ ޤައުމުތަކެއް ނޫނެވެ. ބޭނުމަކަށް އަބަދު ވެސް ވަނީ ،

ފަލަސްޠީންގެ ރައްޔިތުން ގެ މެދުގައި ހަމަނުޖެހުން އުފެއްދުމާއި ރައްޔިތުން ބަލިކަށިކޮށް މާޔޫސް ކުރުވުމެވެ. ހެޔޮލަފާ ކޮންމެ މުސްލިމެއްގެ ދުޢާ އަކަށް ވާނީ ، ފަލަސްޠީން މިނިވަންވެ އިސްތިޢުމާރީ ވަކިތަކުން ފަލަސްޠީންގެ ރައްޔިތުންނަށް ރައްކާތެރިކަން ލިބިގެން ދިއުމެވެ.

ތިރީގައި މިވަނީ ޓްރަމްޕް ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓާލުމުގެ 20 ނުކުތާގެ ޚުލާޞާ އެވެ. (ސޯސް: އަލްޖަޒީރާ)

އުމްރާއަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ

ގްރީންލޭންޑަށް އަރަން އެމެެރިކާ އަށް ޔޫކޭގެ ސަޕޯޓެއް ނުލިބުނު

މައްސަލައަކީ ބަހުގެ މައްސަލައެއް ނޫނެވެ. ޢަޤީދާގެ މައްސަލައެކެވެ.

Continue Reading

Previous: علم އުނގެނުމުން ﷲ ގެ ކަށުކުޅަދުންވައްތަކަމާއި އެއްކައުވަންތަކަން ދެނެގަނެވޭނެ
Next: އިސްރާއީލުން މުސްލިމުންނަށް ކޮށްފައިވާ އަނިޔާ އެންމެ ތަސްވީރަކުން…

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.