އެމެރިކާގެ އިއްތިހާދުތަކަށް އިތުބާރު ނުކުރުމަށް އެމެރިކާގެ އެނަލިސްޓު ޑރ. މައިކަލް ރޫބިން ބުނެފިއެވެ.
ރޫބިން ބުނީ އެމެރިކާ އާއި އެކު ސަލާމަތީ ގޮތުން އެއްބަސްވުމެއް ހެދިޔަސް، އެމެރިކާއިން އެ ގައުމުތައް ސަލާމަތް ކުރާނެ ކަމަށް އުންމީދުކުރުމަކީ ގޯހެއް ކަމަށާއި ސަބަބަކީ ފަހު ގަޑީގައި އެމެރިކާއިން ލަނޑު ދޭނެ ކަމަށެވެ.
އެކަމުގެ މިސާލުތަކެއް ޖަހަމުން އޭނާ ދެއްކީ އަފްޣާނިސްތާނާއި ސީރިއާއެވެ.
އޭނާ ބުނީ އެމެރިކާ އިން “ކަލޭމެން ހިމާޔަތްކުރާނެ: ކަަމަށް ބަލައިގެން، އެމެރިކާ އަށް ބަރޯސާވުމަކީ ރިސްކެއް ކަމަށެވެ.
ޕެންޓަގަންގައި މަސައްކަތް ކޮށްފައިވާ އަދި އެމެރިކަން އެންޓަޕްރައިސް އިންސްޓިޓިއުޓްގެ ސީނިއާ ޑރ. ބުނީ އެމެރިކާ އަށް އިތުބާރު ނުކުރުމަށެވެ.
