Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ގޯލު ނުޖަހާ އެކަކުވެސް ނެތް، އެންމެން ދައްކަނީ ރާއްޖެ ގަދަ ވާހަކަ
  • ބޭރު ކުޅިވަރު

ގޯލު ނުޖަހާ އެކަކުވެސް ނެތް، އެންމެން ދައްކަނީ ރާއްޖެ ގަދަ ވާހަކަ

admin January 17, 2026
FC0F7476-372C-4B53-9027-165EBA1C6A46

ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޓީމުނތަށި ހޯދާނެ ކަމަށް ގަބޫލުކުރާ ކަމަށް ޤައުމީ ފިރިހެން ފުޓްސަލް ޓީމުގެ ހެޑް ކޯޗު އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވް ބުނެފި އެވެ. އޭނާ ބުނީ ހުރިހާ ޓީމަކުން ވެސް މިހާރު ރާއްޖެ ދެކެނީ ސަރަހައްދީ ބާރެއްގެ ގޮތުގައި ކަމަށާއި ޓީމުތަކުން ރާއްޖެއާ މެދު މިހާރު ޖެހިލުންވާކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކުޅުނު ދެ މެޗުން ވެސް ލަނޑު ގޯނިތަކާއެކު ވަނީ މޮޅުވެފައެވެ. އެ ދެމެޗުން ޖުމްލަ 13 ލަނޑު ރާއްޖެއިން ކާމިޔާބުކޮށްފައިވެއެވެ. ބައިކޮޅަށް ވަދެފައި ވަނީ އެންމެ ދެ ލަނޑެވެ.

މުބާރާތުގައި ރާއްޖެއަށް ކުޅޭނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެވެ. އެއީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

މުބާރާތުގެ މެޗުތަކުގައި ރާއްޖެ ޓީމުން ފުރަތަމަ ކުޅެން އަރާ ފަސް ކުޅުންތެރިން ވެސް މި މުބާރާތުގައި މިހާރު ވަނީ ގޯލު ޖަހާފައެވެ. އެއީ އެއްވަނަ ކީޕަރު ޒައިދާން ވެސް ހިމެނޭހެންނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ވަނީ ޕާކިސްތާނުގެ މައްޗަށް 1-7 އިން ކުރިހޯދާފައެވެ. އަދި ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން މޮޅުވީ 1-6 ގެ ނަތީޖާއަކުންނެވެ.

ލީގު ތާވަލަށް ބަލާއިރު ރާއްޖެ އެއްވަނައިގައި އޮތީ ހަ ޕޮއިންޓާއި ފައިދާ 11 ގޯލާއެކުއެވެ.

ކޮޕާ ޑެލްރޭގެ ކުއާޓަރ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި

ލިވަޕޫލާއި އާސެނަލް މެޗު ނިންމާލީ ޕޮއިންޓަކުން

ހީކުރި ގޮތާއި ޚިލާފަށް އެމެރިކާ ބަލިކޮށް މިފަހަރުގެ ތަށި ކަޒަކިސްތާނުގެ އެލީނާ އަށް

Continue Reading

Previous: ޣައްޒާ އަށް އިސްރާއީލުގެ ޓޭންކަރުތަކުން ޙަމަލާ ދޭން ފަށައިފި
Next: ޣައްޒާ ސަރުކާރުގައި ބައިވެރިވާން ބޭނުން ނަމަ 1 ބިލިއަން ޑޮލަރު ގެނޭ: ޓްރަމްޕް

Related Stories

1CD68552-ED1C-4053-B0E0-B9EDAF092B0F
  • ބޭރު ކުޅިވަރު
  • ޚަބަރު

ހިލޭ އަންހެނެއްގެ ގައިގައި މާނޭ ބައްދާލީ ލޯބިވާ އަނބިކަނބަލުން އެދިގެން

admin February 3, 2026
4AA63DDB-2D0E-4034-BC00-7B55555DF950
  • ބޭރު ކުޅިވަރު
  • ކުޅިވަރު

ހީކުރި ގޮތާއި ޚިލާފަށް އެމެރިކާ ބަލިކޮށް މިފަހަރުގެ ތަށި ކަޒަކިސްތާނުގެ އެލީނާ އަށް

admin February 2, 2026
31DAC157-C19C-4D1F-9FB5-D63531E0AF6B
  • ބޭރު ކުޅިވަރު

ކޮޕާ ޑެލްރޭގެ ކުއާޓަރ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި

admin January 16, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.