Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ރައީސްގެ “ޖެނެރޭޝަން ބޭން އައިޑިއާ” އާއިގުޅިގެން މަޝްވަރާތައް ފަށައިފި
  • ޚަބަރު

ރައީސްގެ “ޖެނެރޭޝަން ބޭން އައިޑިއާ” އާއިގުޅިގެން މަޝްވަރާތައް ފަށައިފި

admin April 9, 2025
IMG_4116

ޖީލުތައް ޙިމާޔަތް ކުރުމަށް ނުކުންނަވަން ކެރިވަޑައިގެންނެވި ރައްޔިތުންގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު (ފޮޓޯ: ބިތުފަންގި ލައިބްރަރީ)

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާ އެކު ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމަށް ސަރުކާރުން ގިނަ މަޝްވަރާތައް ފަށައިފިއެވެ.

މިއީ ފާއިތުވީ ސަރުކާރުތަކުން ނުކޮށް ދޫކޮށްލި ކަމެކެވެ. މަސްތުވާ ތަކެތި ވެސް ބޭނުންކުރުމުގެ ފުޅާ މަގު ހުޅުވުމުގެ އަސްލަކީ ދުންފަތުގެ މަސްތެވެ. މީގެކުރިން ރާއްޖޭގެ ސަރުކާރުތަކުން މަސައްކަތް ކޮށްފައިވަނީ ދުންފަތް “ފީސަބީލިއްލާހިއަށް” އާންމުކޮށް، އެމީހުން އުޅުނީ ގައުމުގެ މުސްތަގުބަލް ހަރާބު ކޮށްލުމަށެވެ. ރައީސް މުޢިއްޒު މިއަދު ނުކުމެވަޑައިގެން އުޅުއްވަނީ މަސްތުވާ ތަކެއްޗަށް ކުރީގެ ވެރިކަންތަކުގައި ހުޅުވައިލި ދޮރުތައް ބަންދު ކުރުމަށެވެ.

ރާއްޖޭގެ ކޮންމެ ގެއެއްގައި ދުންފަތުގެ އިސްތިއުމާލުކުރާ އެތައް ބަޔަކު ނެތް ގެއެއް މަދެއް ނޫނެވެ.

މާލޭގެ ކޮންމެ ހަތަރު ގެއަކުން އެއްގޭގައި މަސްތުވާތަކެތި ވިއްކާ ޑިލަރެއް ދިރިއުޅެއެވެ. އެމީހުންގެ ކައިރިޔަށް ފައިސާ ހިފައިގެން އަންނަނީ މުޅިންވެސް ދުންގަތުގެ ވަބާގައި ޖެހިފައިވާ މީހުންނެވެ.

އެހެންކަމުން މި ވަބާ އިން ގައުމު ސަލާމަތް ކުރުމަކީ ރައީސް މުޢިއްޒުގެ އެންމެ ބޮޑު އެއް އަމާޒެވެ.

މިހާރު ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން މިއަދު ހެލްތު މިނިސްޓްރީން ރާއްޖޭގެ އެކިއެކި ޖަމިއްޔާތަކާއިއެކު ވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ޖެނެރޭޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީން ބުނީ ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އާއި ޔުނިސެފްގެ އޮފިޝަލުންނާއި މިނިސްޓަރ އޮފް ހެލްތުން ވަނީ އިއްޔެ ބައްދަލު ކުރައްވާފައި ކަމަށެވެ.

މިގޮތުން ޖެނެރޭޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން އެ އިދާރާތަކުން ވަނީ މި ބައްދަލުވުމުގައި ލަފާ ދީފައި ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.

އަނެއްކާވެސް ވެސް ފީނަން އޮތް މީހެއްގެ ގައިމަތިން ކޯންޗެއް! މިފަހަރު ބުރިވީ އަތް!

ރައީސްގެ ވަޢުދާއި އެއްގޮތަށް ވެލިދުއަށް ސީޕްލޭން ދަތުރުތައް ފަށައިފި

ވެނެޒުއެލާ ދެން ހިންގާނީ އެމެރިކާއިން: ޓްރަމްޕް

Continue Reading

Previous: ދުންފަތް މަނާކުރަންވީ 2000 ގެ ޖީލަށް: ރައްޔިތުން
Next: ރައީސްގެ ގްލޯބަލް ގޭމް ޗޭންޖިންގ އައިޑިއާ

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.