Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ދުންފަތް މަނާކުރަންވީ 2000 ގެ ޖީލަށް: ރައްޔިތުން
  • ޚަބަރު

ދުންފަތް މަނާކުރަންވީ 2000 ގެ ޖީލަށް: ރައްޔިތުން

admin April 8, 2025
IMG_4724

ޖީލަކަށް ސިނގިރޭޓު މަނާކުރުން ނުވަތަ ޖެނެރޭޝަނަލް ބޭންއާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒު އާންމުންގެ ޚިޔާލު ހޯއްދަވަން ހެދި ޕޯލުގެ ވަގުތު ހަމަވިއިރު އެންމެ ގިނަ ބަޔަކު ތާއީދުކުރީ 2000ވަނަ އަހަރުން ފެށިގެން އުފަންވި މީހުންނަށް މަނާކުރަން ކަން ހާމަވެއްޖެއެވެ.

ޖެނަރޭޝަން ބޭންގެ ވާހަކަ އެންމެ ފުރަތަމަ އެމަނިކުފާނު އިއުލާނުކުރެއްވީ ‘ރައްޔިތުންނާ އެކު’ ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ.

މި މަހުގެ ދެވަނަ ދުވަހު އޮތް ދެވަނަ ޕޮޑްކާސްޓުގައި ޖެނަރޭޝަން ބޭންއާ ގުޅިގެން ރައީސް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އުމުރުން 18 އަހަރު ފުރުމުން ނުވަތަ ޒުވާން އުމުރުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވަން ކަމަށެވެ.

އެގޮތުން އެމަނިކުފާނު ވަނީ އާއްމުންގެ ހިޔާލު ހޯދުމަށް ތިން ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އެއީ:

  • ޖެނުއަރީ 1، 2000ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން.
  • ޖެނުއަރީ 1، 2004ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން.
  • ޖެނުއަރީ 1، 2007ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން.

އެއާއެކު އެކްސް، ފޭސްބުކް، އަދި އިންސްޓަގްރާމްގައި، އެ ތިން ހުށަހެޅުން ހިމެނޭހެން ޕޯލެއް ވެސް ރައީސް ފެއްޓެވިއެވެ. މިއަދު އެ ޕޯލްގެ ވަގުތު ހަމަވިއިރު އެކްސްގައި އެ ޕޯލަށް 5،501 މީހުން ވޯޓު ދިނެވެ.

އޭގެ ތެރެއިން 51.1 ޕަސެންޓު ތާއީދުކުރީ ޖެނުއަރީ 1، 2000ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށެވެ. އެއީ 2،809 ވޯޓެވެ.

ޖުމްލަ ވޯޓުގެ ތެރެއިން 41 ޕަސެންޓު މީހުން ތާއީދުކުރީ ޖެނުއަރީ 1، 2007ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރާށެވެ. އެއީ 2،242 ވޯޓެވެ.

ޖެނުއަރީ 1، 2004ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ވޯޓުދިނީ އެންމެ 450 މީހުންނެވެ. އެއީ އެންމެ އަށް ޕަސެންޓެވެ.

ފޭސްބުކްގައި ނަތީޖާ އައި ގޮތް:

  • 2007: 23%
  • 2004: 4%
  • 2000″ 72%

އިންސްޓަގްރާމްގައި ނަތީޖާ އައި ގޮތް:

  • 2007: 43%
  • 2004: 13%
  • 2000: 45%

ޖެނެރޭޝަނަލް ބޭން އާ ގުޅިގެން ރައީސް ވިދާޅުވީ، 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާތާ އަދި މާ ގިނަ ދުވަހެއް ނުވާނެ ކަމަށެވެ. އަދި އެކަމުން އެ ކުދިން ސަލާމަތްކުރުމަށް ފަސޭހަ ވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން އެ މަނިކުފާނު ހުށަހެޅުއްވި ތިން ގޮތް ވެސް ފަންނީ ލެވެލެއްގައި މަޝްވަރާ ކުރުމަށްފަހު، ކޮންމެވެސް އެއް ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވިއެވެ. އޭރުން ގާނޫނަކުން އެ އުމުރުގެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސިނގިރޭޓު އެތެރެކޮށް، ސިނގިރޭޓުގެ ވިޔަފާރިކުރާ މީހުން، އެ ވިޔަފާރި ދޫކޮށްލަން ވެސް ރައީސް ވަނީ ގޮވައިލައްވައިފައެވެ.

ބޮޑު ދެއިންތިޚާބު އެއްކޮށްލަން މަޖިލީހަށް ހުށަހަޅައިފި

އީރާން އަސްކަރިއްޔާގެ ހެލިކޮޕްޓަރު ވެއްޓި އެންމެން މަރުވެއްޖެ

ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

Continue Reading

Previous: އިމިގްރޭޝަންގެ ރަސްމީ ގަޑި ހެނދުނު އަށަކުން މެންދުރު 2އަކަށް ބަދަލުކޮށްފި
Next: ރައީސްގެ “ޖެނެރޭޝަން ބޭން އައިޑިއާ” އާއިގުޅިގެން މަޝްވަރާތައް ފަށައިފި

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.