އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ކެންސަރު ޖެހިފައިވާ ކަމަށާއި، ހާލު ދެރަވެގެން އިއްޔެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ކަމަށް ވަރަށް އެތެރޭގެ މަސްދަރަކާއި ހަވާލާދީ އެހެން މަސްދަރަކުން ބުނެފިއެވެ.،
އެ މަސްދަރުން ބުނީ ނަތަންޔާހޫ އަށް ލޭގެ ކެންސަރުގެ އިތުރުން ޕްރޮސްޓޭޓް ކއންސަރު ވެސް ޖެހިފައިވާ ކަމަށެވެ.
އިތުރަށް ސާފުކޮށްދެމުން އެ މަސްދަރުން ބުނީ ނަތަންޔާހޫ އަށް ޖެހިފައިވާ ޕްރޮސްޓޭޓް ކެންސަރު ހުރީ ސްޓޭޖް 3 ގައެވެ.
އިސްރާއީލުން މިދޭތެރެއަކުން ބުނީ ނަތަންޔާހޫ ވަނީ ޕްރޮސްޓޭޓް އޮޕަރޭޝަނެއް ކޮށްފައެވެ. އަދި އޮޕަރޭޝަން ކާމިޔާބު ކަމަށް އިސްރާއީލު ސަރުކާރުން ބުނެފައި ވެއެވެ،
