Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ދުވަހަކު މަސައްކަތެއް ނުކުރިޔަސް ކޮންމެ ރައްޔިތެއްގެ އެކައުންޓަށް ސަރުކާރުން ޑޮލަރު ޖަމާކުރަނީ
  • ޚަބަރު

ދުވަހަކު މަސައްކަތެއް ނުކުރިޔަސް ކޮންމެ ރައްޔިތެއްގެ އެކައުންޓަށް ސަރުކާރުން ޑޮލަރު ޖަމާކުރަނީ

admin February 5, 2026
76567AD6-C359-443D-A2FA-8E0B6DC1AEFC

ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، އެތަންތަނުން ލިބޭ ފައިދާގެ ބޮޑު ބައެއް ދިވެހި ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޑޮލަރުން ޖަމާކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.


ރައީސް މިކަން އިއުލާން ކުރެއްވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.


ރައީސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް 50 އަހަރު ފުރިގެންދިޔައިރު ވެސް، ގުދުރަތީ މި ވަސީލަތްތަކުން ލިބޭ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ލިބޭނެ ނިޒާމެއް ގާއިމުވެފައި ނެތް ކަމަށެވެ. އެހެންކަމުން، މި ގުދުރަތީ އެސެޓުތަކުގެ ހަގީގީ ވެރިން ކަމުގައިވާ ދިވެހި ރައްޔިތުންނަށް ސީދާ އާމްދަނީ ލިބޭނެ މަގެއް ފަހިކޮށްދިނުމަކީ އެންމެ އަދުލުވެރި ގޮތް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.


މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުގެ ހިއްސާދާރުންނަކީ ދިވެހިން ކަމަށް ގާނޫނުން ކަނޑައަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި 2030 ވަނަ އަހަރުން ފެށިގެން ކޮންމެ ދިވެއްސެއްގެ ބޭންކު އެކައުންޓަށް އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ފައިދާ ޖަމާކުރަން ފަށާނެ އެވެ.
“ހިސާބު ހަދާލާއިރު ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އިރާދަކުރެއްވިއްޔާ އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވެގެންދާނެ. މިސާލަކަށް ފަސް މެމްބަރުންގެ އާއިލާއެއް ނަމަ… އެ އާއިލާއަކަށް މަދުވެގެން 2،000 އެމެރިކާ ޑޮލަރު ލިބިގެންދާނެ،” ރައީސް ވިދާޅުވި އެވެ.


ރާއްޖޭގެ އިގުތިސޯދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޓޫރިޒަމް ސިނާއަތުން 5.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 13 އިންސައްތައިގެ ކުރިއެރުމެކެވެ. މި އަހަރުގެ އަމާޒަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.5 މިލިއަނަށް އިތުރުކޮށް، އާމްދަނީ 17 އިންސައްތައަށް ކުރިއެރުވުމެވެ.


މި އާ މަޝްރޫއުގެ ސަބަބުން ރިސޯޓު ވިޔަފާރީގެ ފައިދާގައި އެއްވެސް ރައްޔިތަކު ބާކީނުވެ ބައިވެރިވެވޭނެ ކަމަށާއި، މިއީ ދިވެހިންގެ އިގުތިސޯދީ ތަނަވަސްކަމަށް އެޅޭ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

ނަގޫރޯޅީގައި ގަހެއް ވެއްޓި އިނގިރޭސިއަކު މަރުވެއްޖެ

މާލޭގެ ފެންބޮޑުވާ ހުރިހާ ސަރަޙައްދެއްގައި ސިފައިން ނުކުމެ ޕަމްޕުތައް ބަހައްޓައިފި

ޣައްޒާ އަށް އިސްރާއީލުގެ ޓޭންކަރުތަކުން ޙަމަލާ ދޭން ފަށައިފި

Continue Reading

Previous: ބުރްކީނާފާސޯގެ ހުރިހާ ސިޔާސީ ޕާޓީތައް އުވާލައި އެމެރިކާއާއި ޔޫރަޕްގެ ޕްލޭން ފަނިކޮށްލައިފި
Next: ޖިންސީ ގޯނާކުރާ މީހުންގެ ޖިންސީ ގުނަވަން ބުރިކުރުމަށް ކަޒަކިސްތާނުގައި މަޝްވަރާ ކުރަނީ

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.