ކިއުބާއަށް ތެޔޮ އެކްސްޕޯޓްކުރާ ގައުމުތަކުން ޓެރިފް ނަގާނެ ކަމުގެ އިންޒާރުދީ އެކަން ވަގުތުން ވަގުތަށް ތަންފީޒު ކުރުމަށް އެމެރިކާއިން ނިންމައިފިއެވެ. މިއީ ޑޮނަލްޑް ޓްރަމްޕުގެ ނިންމުމެކެވެ.
ތެޔޮ ސަޕްލަޔަރުންނަށް ދަތިކުރަން އިއްޔެ ނިންމިއިރު މިއަދު ޓްރަމަޕް ވަނީ ކިއުބާ އިނދަ ޖައްސާލާނެ ކަމަށް ބުނެފައި ކަމަށް ކިއުބާ އިން ބުނެއެވެ.
އެ އަމުރުގައި ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ޓެރިފްތަކާ ކުރިމަތިލާން ޖެހިދާނެ ގައުމުތަކާއި އެ އަދަބުތައް ކިހާ ބޮޑުވެދާނެތޯ ނިންމުމުގެ ބާރު އެމެރިކާގެ ކަމާބެހޭ ފަރާތްތަކަށް ލިބިގެންދެ އެވެ. ވަކި ޓެރިފް ރޭޓެއް އަދި އިއުލާނެއް ނުކުރެ އެވެ.
އެމެރިކާއިން ކިއުބާ އިނދަޖައްސާލަން ނިންމި އިރު މިހާރު ވެސް ކިއުބާއަށް ހަކަތައިގެ ބޮޑު ދަތިކަމެއް ކުރިމަތިވެ، ތެޔޮ ފޯރުކޮށްދިނުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައި ކަން ފާހަގަ ކުރެވެއެވެ.
