އިންޑޮނޭޝިއާގެ މަތިންދާ ބޯޓެއް ވެއޓި އޭގެއިން ދަތުރުކުރި އެންމެން މަރުވެއްޖެ ކަމަށް ޚަބަރު ލިބިއްޖެއެވެ.
އިއްޔެ ގުޅުން ކެނޑުނު މި މަތިންދާބޯޓު ދެންމެ ފެނުނީ ފަރުބަދަތައް މަތީގައި ވެއްޓި ފުނޑުފުނޑު ވެފައި އޮއްވައެވެ. މީގެން 11 މީހުން ދަތުުކުރި ކަމަށް ވެއެވެ.
ސައުތު ސުލަވޭސީ ގެ ފަރުބަދަމަތީ ސަރަހައްދަކުން ފެނުނު މި މަތިންދާބޯޓުގައި ތިބީ އިންޑޮނޭޝިއާގެ މެރިން އެފެއާޒް އެންޑް ފިޝަރީޒް މިނިސްޓްރީގެ މިޝަނެއްގައި ދަތުރުކުރި 11 މީހުންނެވެ.
އޭޓީއާރު 42-500 ބޯޓު އެއާ ޓްރެފިކް ކޮންޓްރޯލާއި ގުޅުން ގެއްލިފައިވަނީ އިއްޔެ މެންދުރު 1:17 ހާއިރު އެވެ.
މިހާތަނަށް ފެނުނީ އެންމެ ހަށިގަނޑެއް ކަމަށްވާއިރު، ބެލެވޭ ގޮތުގައި އެންމެން ވަނީ މަރުވެފައި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
