ދެކުނު އެފްރިކާގައި ހުންނަ އިސްރާއީލުގެ ޑިޕްލޮމެޓް 72 ގަޑިއިރު ތެރޭ އެ ޤައުމު ދޫކޮށް ދިޔުމަށް ސައުތު އެފްރިކާގެ ސަރުކާރުން އިންޒާރު ދީފިއެވެ. އޭނާ އަށް މި އިންޒާރު ދިނީ އެ ޤައުމުގައި މީނާ ބޭނުންހާ ގޮތަކަށް، ހިތަށް އެރި ގޮތަކަށް އުޅުމުގެ ފުރުޞަތު ނުދޭން ކަމަށް ވެއެވެ.
ދެކުނު އެފްރިކާގެ ސަރުކާރުން ބުނީ ޔަހޫދީ ޑިޕްލޮމެޓް ދަނީ ތަކުރާރުކޮށް ޤަވާޢިދާއި ޚިލާފުވަމުން ކަމަށާއި އޭނާ ބަހައްޓަން ބޭނުން ނުވާ ކަމަށެވެ.
ފަލަސްޠީނުގެ ޤަތުލުޢާންމާއި ގުޅިގެން މިހާފރުވެސް ހައްދުފަހަނަ އެޅި ޓެރަރިސްޓް ޔަހޫދީ ދައުލަތާއި ދެކުނު އެފްރިކާ އާއި އޮތީ ކުނި ޖެހިފައި ކަން ފާހަގަ ކުރެވެއެވެ.
