Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އިންސާނީ ޙައްޤާއި ބެހޭ ރައީސަކަށް ރަމީލާ
  • ޚަބަރު

އިންސާނީ ޙައްޤާއި ބެހޭ ރައީސަކަށް ރަމީލާ

admin January 6, 2026
IMG_9092

ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ ރައީސްގެ މަޤާމަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުންގެ ފާސްކޮށްފިއެވެ. 

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ އެޗްއާރުސީއެމްގެ ރައީސްކަމަށް ރަމީލާ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި މައްސަލަ ހިޔުމަންރައިޓްސް އެބްޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް، އޭނާ އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމުމާ ގުޅިގެންނެވެ. 

އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. އަދި އެ މަގާމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ 3ވަނަ ދުވަހުއެވެ.

އެޗްއާރުސީއެމްގެ ރައީސަކަށް ރަމީލާ އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ފޮނުވުމުން، ކޮމެޓީގެ ބައްދަލުވުމެއް ބާއްވާ އެނާގެ ނަން ކޮމެޓީގައި ބައިރިވެރިވި މެންބަރުން އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. އޭނާ އެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ދައުރުން ބޭރުން މިއަދު ބޭއްވި ޚާއްސަ ޖަލްސާގައި 38 މެންބަރުންގެ އިއްތިފާގުންނެވެ. 

ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަަމަށް އައްޔަންކުރެއްވީ، އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މަރިޔަމް މުނާގެ މަޤާމުގެ މުއްދަތު ހަމަވުމުންނެވެ. މުނާގެ މެންބަރުކަމުގެ މުއްދަތު ހަމަވުމާއެކު އެޗްއާރުސީއެމްގެ ރައީސްގެ މަގާމުވެސް މިހާރު އޮތީ ހުސްކޮށެވެ. އެ މަޤާމަށް ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރަކު އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

އެޗްއާރުސީއެމްގައި 5 މެންބަރުން ތިއްބަވައެެވެ. އެއީ ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި، މެންބަރު ސަމާޢު އަޙުމަދު ނަޖީބާއި، އިސްމާއިލް ޙަބީބާއި އަޙްމަދު މަޤުސޫމް އަދި ޑރ. ޢާއިޝަތު ރަމީލާއެވެ.

ސައޫދީ، ޔޫއޭއީ، ތުރްކިޔޭގައިވާ އެމެރިކާގެ ބޭސްތައް ގޮއްވާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި

ޙައްޖު މިޝަންގެ މެމްބަރުންނާއި اسلامىކަންތަކާ ބެހޭ ވަޒީރު ބައްދަލުކުރައްވައިފި

ޣައްޒާގެ އައްސޭިފަށުގައި ދެން ހުންނާނީ ރިސޯޓުތައް: ޓްރަމްޕުގެ އާއިލާ

Continue Reading

Previous: ރާއްޖޭ ބަނގުރޫޓޫ ވާނެ ކަމަށް ފާއިތުވި ދެއަހަރު މާލީ އިދާރާތަކުން ބުނިއިރު، އެކަމެއް އެހެނެއް ނުވި!
Next: ކެންޑިޑޭޓުންގެ ފޯމު ފުރުމަށް “މައި ޕޯޓަލް” ހުޅުވާލައިފި

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.