Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އަމާން ދޯދި ޓަވަރުގައި އަލިފާން ރޯވެ ހޮޅިތަކަށް ގެއްލުން ލިބުމުން ފެން ބޭނުން ނުކުރަން އެދިއްޖެ
  • ޚަބަރު

އަމާން ދޯދި ޓަވަރުގައި އަލިފާން ރޯވެ ހޮޅިތަކަށް ގެއްލުން ލިބުމުން ފެން ބޭނުން ނުކުރަން އެދިއްޖެ

admin January 23, 2026
FBCB3928-EC0E-46CC-8DBC-4C7F631D88F1

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ އަމާން ދޯދި ޓަވަރުގައި އަލިފާން ރޯވެ، ހޮޅިތަކަށް ގެއްލުން ވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެފައިވަނީ އަމާން ދޯދި ޓަވަރުގެ ތިރީގައި ބަހައްޓާފައި ހުރި ކުނިތައްކެއްގައި ކަމަށެވެ.
އެގޮތުން މި ހާދިސާގެ ރިޕޯޓް މިއަދު 13:11 އެހައިކަންހާއިރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުމާ އެކު، ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފަ އެވެ. ފަޔާފައިޓަރުން ކުރި މަސައްކަތުން އެތަނުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 13:28 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ވަނީ އިތުރަށް ބުނެފަ އެވެ.

އެތަނުގައި ދިރިއުޅޭ މީހުންނަށް އެފްޑީސީން ފޮނުވި މެސެޖުގައި ބުނީ އަލިފާނުގެ ހާދިސާގައި ހޮޅިތަކަށް ގެއްލުން ލިބިފައިވާ ކަމަށެެވެ. އެހެންވެ، ކޮންމެ ފަންގިފިލާއެއްގެ 6 ވަނަ ޔުނިޓުގެ މާސްޓާ ބެޑްރޫމް ފިޔަވައި އެހެން ކޮޓަރިތަކާއި ޔުޓިލިޓީ އޭރިއާގައި ފެނާއި ޑްރެއިނޭޖް ބޭނުން ނުކުރުމަށް އެދޭ ކަމަށެވެ.
އެފްޑީސީން ބުނި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ޓަވަރުގެ ޑްރައުންޑް ފްލޯގައި އުކާލާފައިވާ ކުނިތަކެއްގަ އެވެ. އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަންނަމުންދާ ކަމަށް ވެސް ބުންޏެެވެ.
އެފްޑީސީން ބުނީ އަލިފާނުގެ ހާދިސާގެ ސަބަބުން އިމާރާތަށް ލިބިފައިވާ ގެއްލުން ދެނެގަނެ ކުރަންޖެހޭ މަރާމާތުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމަށެވެ.

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

މަންދިގެ މައްސަލަ ފެމެލީ ކޯޓުގައި ފަށައިފި

އެމެރިކާ، ޔޫކޭ، ކެނެޑާ އަދި އޮސްޓްރޭލިޔާއިން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވާން އޮތީ އަންގާފަ! ސ...

Continue Reading

Previous: ރައީސްގެ ވަޢުދާއި އެއްގޮތަށް ވެލިދުއަށް ސީޕްލޭން ދަތުރުތައް ފަށައިފި
Next: ކުއްލި ޚަބަރު: އިސްރާއީލާއި އެމެރިކާގެ 47 ޖާސޫސުން އިރާނުން ހައްޔަރުކޮށްފި

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.