އަންނަ މަހުގެ 1 އިން ފެށިގެން ޔޫރަޕިއަން ޔޫނިއަނުން ޓެރިފް ނަގާނެ ކަމަށް ބުނެ ޓްރަްޕް ނިންމާފައިވާ ނިންމުން ކެންސަލް ކޮށްފިއެވެ. މި ނިންމުން ކެންސަލަ ކުރީ ގްރީންލޭންޑް އަތުލުމަށް އެމެރިކާ އިން ކުރަމުންދާ މައްކަތުގައި އީޔޫގެ އެއްބާރުލުން ހޯދުމަށެވެ.
އެމެރިކާގެ ރައީސް ވިދާޅުވީ މި ނިންމުން ނިންމީ ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓޭއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ކަމަށާއި ގްރީންލޭންޑް ހިމެނޭ ގޮތަށް އާކްޓިކް ސަރަހައްދުގެ ސަލާމަތާއި އިގްތިސާދީ މަސްލަހަތާއި ގުޅޭ ކަންކަމުގައި ކުރިއަށް އޮތްތަނުގައި އެއްބާރުލުން ދިނުމުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
ޔޫރަޕްގެ މުދަލުން އިމްޕޯޓް ޑިއުޓީ ބޮޑުވާނެ ކަމުގެ އިންޒާރު ޓްރަމްޕް މީގެ ކުރިން ދެއްވާފައިވާއިރު، އެކަމުގެ ސަބަބުން އާ ވިޔަފާރީގެ ހަނގުރާމައެއް ހިނގައިފާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.
ޓްރަމްޕުގެ ނިންމުމަށް ޔޫރަޕްގެ ބައެއް އިސް މަސްއޫލުވެރިން މަރުހަބާ ކިޔާފައި ވެއެވެ.
ޔޫރަޕިއަން ޔޫނިއަނުން ދިޔައީ ޓެރިފްތައް ތަންފީޒު ކުރެވިއްޖެ ނަމަ ކައުންޓަރ ފިޔަވަޅުތައް އަޅަން ޖެހޭ ގޮތްތައް ތައްޔާރު ކުރަމުންނެވެ.
