އެމެރިކާ އާއި އީރާނާއި ދެމެދު މަސްލަހަތު ގޯސްވެ، ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އޮއްވައި އީރާނުގެ އެކުވެރި ޗައިނާ އަސްކަރިއްޔާގެ ގިނަ ޢަދަދެއްގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ޗައިނާގެ ވައިގެ ސަރަޙައްދަށް ވަދެއްޖެއެވެ.
ރޭ ދަންވަރުން ފެށިގެން އީރާނުގެ ފައިޓަ ޖެޓުތައް ވެސް ދަނީ އެ ޤައުމުގެ ވައިގެ ސަރަޙައްދުގައި ފޯރި މަރަމުންނެވެ.
އީރާނުގެ އޮޕަރޭޝަނާއި ޗައިނާ އިން ގުޅުނީ އީރާން ޙިމާޔަތް ކުރުމުގައި ޗައިނާ ދެމިއޮންނާނެ ކަމުގެ އިންޒާރު އެމެރިކާ އަށް ދިނުމަށެވެ.
