Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އީރާނުގެ ދިދައިގައިވާ ﷲ ގެ ކަލިމަފުޅުގެ ބަދަލުގައި ޖަނަވާރެއްގެ ފޮޓޯ ބަހަޓަން ކުރި މަސައްކަތް ފެއިލް ވެއްޖެ – އީރާން
  • ޚަބަރު

އީރާނުގެ ދިދައިގައިވާ ﷲ ގެ ކަލިމަފުޅުގެ ބަދަލުގައި ޖަނަވާރެއްގެ ފޮޓޯ ބަހަޓަން ކުރި މަސައްކަތް ފެއިލް ވެއްޖެ – އީރާން

admin January 20, 2026
463D08CD-2A6F-49D3-9AF7-6BB6CD2ABBD0

އީރާނުގެ ދިދައިގައިވާ ﷲ ގެ ކަލިމަފުޅުގެ ބަދަލުގައި ޖަނަވާރެއްގެ ފޮޓޯ ބަހަޓަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެ ކަމަށް ތެހެރާނުން ބުނެފިއެވެ.

ތެހެރާންގެ ސަރުކާރު ވައްޓާލަން ޓްރަމްޕް މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް، އެ މަސައްކަތް ނާކާމިޔާބުވީ އީރާނުގެ ރައްޔިތުންނާއި ދައުލަތުގެ މުއައްސަސާތަކުން ނެގި އެކްޝަނުން ކަމަށް ބުނެއެވެ.

އީރާނުގެ އިސް އޮފިޝަލުން ވިދާޅުވީ ފަހަކަށް އައިސް ހިނގި ހަމަނުޖެހުންތަކާއި މުޒާހަރާތަކަކީ އިސްލާމީ ޖުމްހޫރިއްޔާގެ ހަމަޖެހުން ގެނައުމަށް އަމާޒުކޮށްގެން ޓްރަމްޕާއި އޭނާގެ ވާގިވެރިން އަށީގައި ތިބެގެން ހިންގި ޖަރީމާ އެއް ކަމަށާއި، އެމެރިކާ އިން އުޅުނީ މުޒާހަރާތައް ހަލަބޮލިކޮށް، ގިނަބަޔަކު މުޒާހަރާތެރޭގައި މަރާލުމަށެވެ. އޭރުން ރައްޔިތުން އިތުރަށް ހޫނުވެ، ވެރިކަން ވައްޓާލެވިދާނެ ކަމަށް ޓްރަމްޕަށް ޤަބޫލު ކުރެވުނު ކަމަށްއީރާނުގެ ނޫސްތަކުން ބުނެއެވެ.

އާންމު ތަގުރީރެއްގައި ވާހަކަފުޅު ދައްކަވަމުން ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވިދާޅުވީ އެމެރިކާއިން ގިނަ ދުވަސްތަކެއް ވަންދެން އީރާނުގައި ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އައީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޕްރެޝަރުތަކާއި ސިއްރު އޮޕަރޭޝަންތަކުގެ ތެރެއިން ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ވޮޝިންޓަނުން އީރާނުގެ އިގްތިސާދު ފުނޑައިލުމަށް ގިނަ ރޭވުންތަކެއް ރޭވިއެވެ. ނަމަވެސް އެމެރިކާގެ މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވއ.
ޚާމަނާއީ ވަނީ އިސްރާއީލަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އީރާނު ސަރުކާރާއި ދެކޮޅަށް ހިންގި ރޭވުންތަކުގެ އަޑީގައި އޮތް އެންމެ ނުބައި ގޭމު ކުޅުނު ބަޔަކީ އިސްރާއީލް ކަމުގައި ޚާމަނާއީ ވަމީ ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނުގެ ސަރަހައްދީ ނުފޫޒާއި ސަލާމަތީ ކަންކަން ބަލިކަށި ކުރުމަށް މަސައްކަތް ކުރި ނަމަވެސް، އެފަދަ އަމަލުތަކުގެ ސަބަބުން މުޅި ސަރަހައްދުގައި ބައިބައިވާނެ ކަމަށެވެ.

ސީދާ ޓްރަމްޕަށް އިޝާރާތް ކުރައްވައި އީރާނުގެ ލީޑަރުން ވިދާޅުވީ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ސިޔާސީ ޕްރެޝަރު ހިމެނޭ ގޮތަށް އީރާނާއި ދެކޮޅަށް ނުބައި ނުރައްކާތެރި ސިޔާސަތުތައް ގެންގުޅުނު ނަމަވެސް އެ ހުރިހާ ކަމެއް ނާކާމިޔާބުވެފައިވާ ކަމަށެވެ. އަދި މުޒާހަރާތަކުގައި މަރުވި މީހުންގެ ޒިންމާ ޚާމަނާއީ ވަނީ ޓްރަމްޕުގެ ބޮލުގައި އަޅުވާފައެވެ.

ހަނިފަރަށް ގެއްލުން ނުދޭން ދޮންފަނު ބިން ނުހިއްކަން ނިންމައިފި

މަސްވެރިންނަށް 470 މިލިއަން ރުފިޔާ ދީފި

ޤާނޫނު ތަންފީޒު ކުރުމުގައި އެއްވެސް މީހަކު ތަފާތު ނުކުރާނަން: ރައީސް

Continue Reading

Previous: އިންސާނުންނަށް ޙަމަލާ ދޭ މިޔަރުތައް ގިނަވެ އޮސްޓްރޭލިއާގައި މޫދަށް އެރުން މަނާކޮށްފި
Next: ޙައްޖަގެ ގެޔަށް ވަން ތިން ވަގުން… (“ޖޯކެއް” ގެ ދިވެހި ކޮށްލުމެއް)

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.