ދޮންފަނު ކައުންސިލާއި ރައީސް ޑރ. މުޢިއްޒު ބައްދަލުކުރައްވަނީ
ބ. ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތިން، އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށް ނުގެންދަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ދޮންފަނު ބިންހިއްކުމުގެ މަޝްރޫޢުގެ ސަބަބުން ބ. އަތޮޅުގައި އޮތް ބަޔޯސްފެއަރ ރިޒަރވް ހަލާކުވެދާނެކަމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުމާއި ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރުން ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދަނީ ރައްޔިތުންގެ ފަރާތުން އެދެމުންދާ ކަންކަމަށް އިސްކަންދެއްވައިގެންކަމަށެވެ. އަދި ރައްޔިތުން ބޭނުންނުވާ ކަންކަން ސަރުކާރުން އެރަށެއްގައި ކުރިއަށް ނުގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ
