Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ޙައްޖަގެ ގެޔަށް ވަން ތިން ވަގުން… (“ޖޯކެއް” ގެ ދިވެހި ކޮށްލުމެއް)
  • ވާހަކަ

ޙައްޖަގެ ގެޔަށް ވަން ތިން ވަގުން… (“ޖޯކެއް” ގެ ދިވެހި ކޮށްލުމެއް)

admin January 20, 2026
45AA7A2D-DC63-4DB0-9A33-9A699C99FF28

މެންދަމެއް ހައިއިރު ޙައްޖަޔަށް ހޭލެވުނީ ސިޓިން ރޫމްގެ ފަރާތުން ހިލަމެއް ވާހެން ހީވެގެންނެވެ. ފިރިމީހާ ޑިއުޓީގައި އުޅޭތީ އެކަނި ނިދާފައި އޮތް ޙައްޖަ ވަރަށް ބިރުން ހުރެ މަޑުމަޑުން ކޮޓަރި ދޮރު ހުޅުވާލިއެވެ. ސިޓިން ރޫމްގައި މޫނު ނިވާކޮށްގެން ތިބި ތިން މީހަކު ތިއްބެވެ. ޙައްޖަ ބިރުން ދޮރު ލައްޕަން އުޅެގަތުމުން އެތަނުން އެކަކު ބުނެފިއެވެ.
ބޮއްސުންލާކަށް ނުޖެހޭނެ، އަހަރެމެންނަށްވެސް ފަސޭހައީ އެގޮތް. ގޭގައިއި ހުރި ހުރިހާ ފައިސާއަކާއި ގަހަނާއެއް މިތަނަށް ގެނެސްދީ.”
​ޙައްޖަ ކޮޓަރިޔަށް ވަނދެ ގޭގައި ހުރި ފައިސާއާއި އޭނާގެ ގަހަނާތައް ގެނައެވެ. އެތަކެތި އަތުލުމަށްފަހު ކުޑަކޮށް ބަލާލާފައި ވަގުންގެ ބޮޑުމީހާ ބުންޏެވެ.
“ޙައްޖަގެ ކޮއްކޮ ދުބާއީން ގެނެސްދިން ގަޑި އަދި ނުގެންނަމެއްނު؟”
​ޙައްޖަ ޙައިރާން ވެފައި ހުރެ، އިތުރު އެއްޗެއް ނުބުނެ، އެ ގަޑި ގެނެސް އެމީހުންނަށް ދިނެވެ.
ގަޑި އަތުލަމުން އަނެއްކާ އެބަ ބު
“މިވީ މާ ރަނގަޅަކަށް. ދެފަރާތަށްވެސް ފަސޭހަ ގޮތަށް. ޙައްޖަޔަށް އަނިޔާއެއް ކުރާކަށް އަހަރެމެން ބޭނުމެއް ނޫން. އަހަރެމެން މި ސޯފާގައި އިށީނދެގެން ތިބޭނަން. ޙައްޖަ ކޮށްދޭންވީ ކަމަކީ އަހަރެމެން ބުނާ ތަކެތި ގެނެސް ދޭންވީ. އޭރުން އެތަކެތި ހޯދަން އަހަރެމެން ތަންތަން ހާވަން ހަދައިގެން ގޭގެ ތަކެތި އަތުރާފައި މިވާ ގޮތުގެ ތަރުތީބު ގެއްލި، ތަކެ
ތިނެއެވެ.
​” ކައިވެނީގެ 5 ވަނަ އަހަރީ ދުވަހު ޙައްޖަގެ ފިރިމީހާ ހަދިޔާއަކަށް ދިން އަލިމަސް އަނގޮޓި ވެސް ގެނެސްދީ.”
ފިރިމީހާގެ އަގުބޮޑު ހަދިޔާ ގެނެސް އެމީހުންނާ ހަވާލުކުރިއިރު ޙައްޖަގެ ލޮލުން ކަރުނަ ފޭބިއެވެ.
އަނެއްކާވެސް އެބަނުނެއެވެ.
“އެންމެ ފަހުން ކުރި މާލެ ދަތުރުގައި ލެކިއުޓުން ގަތް ސެންޓު ފުޅިވެސް ގެނެސްދިނިއްޔާ ރަނގަޅު.”
މި ހުރިހާ ތަކެތި ލިބުމުން އެތަނުން ދެވަނަ މީހާ ބުންޏެވެ.
​”ޝުކުރިއްޔާ. އަހަރެމެން ދާނީ ޙައްޖަ އެހާ މީރުކޮށް ގިރާ ‘މަޝިއާޓޯ’ ކޮފީއެއްވެސް ބޯލައިގެން.”
ހާސްވެ، ޙައިރާންވެފައި ހުރި ޙައްޖަ ބަދިގެޔަށް ވަނދެ މަޝިއާޓޯ ކޮފީ ދަޅު ނަގައިގެން ތިން ތަށި ކޮފީ ގިރައިންން ގެނެސް ދިނުމުން ތިންވަނަ މީހާ އެބަ ބުނެއެވެ. ​
“އިއްޔެ ބާކީވި ޗޮކޮލެޓް ކޭކު ފަޅިވެސް ގެނެސްދީ.”
ކޮފީ ބޮއެ، ކޭކު ކައި ހެދުމަށްފަހު ​ހުރިހާ އެއްޗެއް ހިފައިގެން ތިން ވަގުން ނިކުންނަން އުޅުމުން، ޙައްޖަ ވަރަށް ޖެހިލުންވެ ހުރެ ބުންޏެވެ.
“ތިޔައީ ވަރަށް ‘ޕްރޮފެޝަނަލް’ އަދި އަޚްލާގު ރަނގަޅު ބައެއް. މިގޭތެރޭގައި ހުރި ތަކެތީގެ މަޢުލޫމާތު ތިޔަ މީހުންނަށް ތިހާވަރަށް އެނގުނީ ކިހިނެއް ކަން ބުނެދީފާނަންތަ؟”
​ވަގުންގެ ލީޑަރު އޭނާގެ މޫނުމަތީގައި އޮތް މާސްކު ރަނގަޅުކޮށްލަމުން ބުންޏެވެ.
“އަހަރެމެންނަކީ ޙައްޖަގެ ފޭސްބުކް ރަޙުމަތް ތެރިން. އަހަރެމެން ގަވާއިދުން ޙައްޖަގެ ޕޯސްޓްތަކާއި ސްޓޭޓަސް ތައް ކިޔަން. އަދި މިރޭ އެހެން ފްރެންޑެއްގެ ގެޔަށްވެސް ޒިޔާރަތް ކޮށްލަން ޖެހޭތީ މި ވަގުތު ދަނީ ދެން.”
​

ނަކަލެއް / މައުރޫފް ޙުސައިން

Continue Reading

Previous: އީރާނުގެ ދިދައިގައިވާ ﷲ ގެ ކަލިމަފުޅުގެ ބަދަލުގައި ޖަނަވާރެއްގެ ފޮޓޯ ބަހަޓަން ކުރި މަސައްކަތް ފެއިލް ވެއްޖެ – އީރާން
Next: އެއާޕޯޓުގައި މާރާމާރީ ހިންގި ލަންކާ ދެމީހުން އުފުރާލައިފި

Related Stories

ADFE7457-C0F3-4EA9-A309-3D79D6069FA0
  • ވާހަކަ

ޢަބްދުﷲ ސަޢީދު (ފަހަލަ) May 22, 2025
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.