Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ސްކުލް ހުޅުވެންވާ އިރަށް ޓީޗަރުންގެ ދަތިކަމެއް ނެތް – ވަޒީރު
  • ޚަބަރު

ސްކުލް ހުޅުވެންވާ އިރަށް ޓީޗަރުންގެ ދަތިކަމެއް ނެތް – ވަޒީރު

admin January 19, 2026
420A39FB-4FBB-40A4-A121-6B97CF71D0AF

ދިރާސީ އައު އަހަރަށް މުދައްރިސުން ހަމަޖެއްސުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. ތަޢުލީމީ ވުޒާރާއިން މިހާރު ކުރިއަށްގެންދަނީ ދިރާސާ އައު އަހަރަށް ކިޔަވަން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ. 

ތައްޔާރީތަކުގެ ތެރެއިން ސްކޫލްތަކަށް ފޮތްތައް ފޮނުވުމާއި، ސްކޫލްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި، ޚާއްސަ އިސްކަމެއް ދީގެން ސްކޫލްތަކަށް ބޭނުންވާ މުދައްރިސުންނާއި ޕްރިންސިޕަލުން ހަމަކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވީ އާއްމުގޮތެއްގައި ޓީޗަރުން ހޯދަން ޖެހެނީ ބިދޭސީ ޓީޗަރުން ވަޒީފާއިން ވަކިވާ ނިސްބަތަށްކަމަށެވެ. 2000އަށްވުރެ ގިނަ ބިދޭސީ ޓީޗަރުން ރާއްޖޭގައި ކިޔަވައިދޭއިރު، 100-150 ޓީޗަރުންގެ މޫވްމަންޓެއް ކޮންމެ އަހަރަކުވެސް އުޅޭކަމަށް ވިދާޅުވިއެވެ. މީގެތެރޭގައި ވަޒީފާއިން ވަކިވުމާއި، އަދި ސްކޫލްތަކުގައި ދަރިވަރުން އިތުރުވާ މިންވަރަށްވެސް ޓީޗަރުން ހޯދަން ޖެހެއެވެ.

ވަޒީރު ވިދާޅުވީ މިޢަދަދުތަކަށް ބޭނުންވާ ޓީޗަރުން ހަމަޖައްސާފައިވާއިރު، އިތުރަށް ބޭނުންވެއްޖެ ޙާލަތުގައި ސްޓޭންޑްބައިގައިވެސް ޓީޗަރުން ހޯދާފައި ތިބޭކަމަށެވެ. 

“150އެއްހާ ޓީޗަރުންގެ މޫވްމަންޓެއް އުޅޭނެ ކޮންމެ އަހަރަކުވެސް. އެއަށް ވިސްނާފައި އަހަރަކު 400 އެއްހާ ޓީޗަރުން ސްޓޭންޑްބައިގައި ތިބޭނެ. އާދަޔާ ޚިލާފަށް މޫވްމަންޓެއް އަޔަސް، ގިނަވެގެން 5 ދުވަހުގެ ތެރޭގައި ޓީޗަރެއް ގެނެވޭނެ. ސްކޫލަށް ނިކުންނަން އޮންނަ ދުވަހު ޓީޗަރު ރިސައިން ކޮށްފިނަމަވެސް، ލަސްވެގެން 5 ދުވަސްތެރޭ ޓީޗަރެއް ލިބޭވަރަށް ކަންކަން ވާނީ ހަމަޖައްސާފައި.” ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަޖެއްސުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށާއި، މިވަގުތަށް އެއްވެސް ދަތިކަމެއް ނެތްކަމަށެވެ. 

ޕްރިންސިޕަލުން ނެތް ސްކޫލްތަކަށް، ޕްރިސިޕަލުން ހޯދުމުގެ މަސައްކަތްވެސް މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ. 

ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމް ފޯރުކޮށްދިނުމުގައި 11000އަށްވުރެ ގިނަ މުދައްރިސުން އަންނަނީ މަސައްކަތްކުރަމުންނެވެ. ސަރުކާރުން އަންނަނީ މުދައްރިސުންގެ ޤާބިލްކަން އިތުރުކުރުމަށްވެސް މަސައްކަތްކުރައްވަމުންނެވެ. މީގެ އިތުރުން ދިވެހި މުދައްރިސުންގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން މުދައްރިސުން ތަމްރީންކުރުމުގެ ޤައުމީ ޕްރޮގްރާމެއްވެސް ވަނީ ފަށްޓަވާފައެވެ.

މައްސަލައަކީ ބަހުގެ މައްސަލައެއް ނޫނެވެ. ޢަޤީދާގެ މައްސަލައެކެވެ.

ބޭސް ރޭޓުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދޭ ޝެޑުތައް ބަހައްޓަން ފަށައިފި

މަސްވެރިކަމުން ނަފާ ހޯދާ ބިޔަ މަޝްރޫޢު ފަށައިފި

Continue Reading

Previous: އިންޑޮނޭޝިއާގައި މަތިންދާބޯޓެއް ވެއްޓި އެންމެން މަރު!
Next: ރިޔާސީ އިންތިޚާބަށް ޤާސިމް ކުރިމަތި ނުލައްވާ! ތާޢިދު ކުރައްވަނީ ރައީސް މުޢިއްޒަށް!

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.