Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ކޭންގެ 60 ވަނަ ގޯލާއެކު ބަޔާނުން ތަށްޓާއި ކައިރިވެއްޖެ
  • ބޭރު ކުޅިވަރު

ކޭންގެ 60 ވަނަ ގޯލާއެކު ބަޔާނުން ތަށްޓާއި ކައިރިވެއްޖެ

admin April 20, 2025
IMG_4968

ބެޔާން މިއުނިކަށް ކުޅޭ އިނގިރޭސި ކެޕްޓަން ހެރީ ކޭން ޖަރުމަން ލީގުގައި ކާމިޔާބު ކުރި 60 ވަނަ ލަނޑާ އެކު 4-0 އިން ހެއިޑެންހެއިމް ބަލިކޮށް، ބެޔާން ލީގު ހޯދުމާ ގާތަށް ޖެހިލައިފި އެވެ.
މެޗުގެ ފުރަތަމަ ގޯލު 12 ވަނަ މިނިޓުގައި ޖަހައިދިނީ ކޭން އެވެ. މި ހާފުގައި ބެޔާންގެ ކޮންރަޑް ލެއިމާ އާއި ކިންގްސްލީ ކޯމަން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ. ދެ ވަނަ ހާފުގައި ބެޔާންގެ ހަތަރު ވަނަ ލަނޑު ޖަހައިދިނީ ޔޯޝުއާ ކިމިކް އެވެ.
ކޭން ވަނީ މިދިޔަ ސީޒަންގައި ބެޔާނަށް ބަދަލުވެ، މިހާތަނަށް ލީގުގައި ކުޅުނު 60 މެޗުން 60 ގޯލު ޖަހައިފަ އެވެ. މިދިޔަ ސީޒަންގައި 32 މެޗުން 36 ގޯލު ޖެހި އިރު، މި ސީޒަނުގައި މިހާތަނަށް ވަނީ 28 މެޗުން 24 ގޯލު ޖަހައިފަ އެވެ.
ލަނޑު ޖެހުމުގައި އިންޑިވިޖުއަލް ގިނަ ރެކޯޑްތަކެއް އުމުރުން 31 އަހަރުގެ ކޭން ހަދާފައި ވާއިރު، ގިނަ ފައިނަލްތަކެއްގައި ވެސް އޭނާ ކުޅެފައިވެ އެވެ. އެކަމަކު މިހާތަނަށް އަދި މުބާރާތެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
މި ސީޒަނުގައި ޖަރުމަން ކަޕުގެ ގަދަ 16 އިން ބެޔާން ކަޓާފައި ވާއިރު، މިދިޔަ ހަފްތާ ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ވެސް ކަޓައިފަ އެވެ. ނަމަވެސް ލީގުގައި އެ ޓީމު މިވަގުތު އޮތީ، ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބެޔާ ލެވަކޫސަން އަށް ވުރެ ނުވަ ޕޮއިންޓް ކުރީގަ އެވެ.
ލީގު ކާމިޔާބު ކުރެވިއްޖެ ނަމަ ޖަރުމަން ލީގު ވެގެންދާނީ ކޭންގެ ކެރިއަރުގައި ހޯދާ ފުރަތަމަ ކާމިޔާބީއަށެވެ.
ކޭން ވަނީ ޓޮޓެންހަމާ އެކު ދެ ފަހަރު ލީގު ކަޕް ފައިނަލް ކުޅެ، ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ވެސް ކުޅެފަ އެވެ. ބެޔާނާ އެކު ޖަރުމަން ސުޕަ ކަޕުން ވެސް މިދިޔަ ސީޒަންގައި ވަނީ ބަލި ވެފަ އެވެ. އަދި އިނގިރޭސި ގައުމީ ޓީމާ އެކު ކޭން ވަނީ ދެ ފަހަރު ޔޫރޯ ފައިނަލް ވެސް ކުޅެފަ އެވެ.
މީލުގައި ބެޔާނަށް ބާކީ ހަތަރު މެޗު އޮތް އިރު، އެ ޓީމު ވަނީ މިހާތަނަށް ކުޅުނު 30 މެޗުން 72 ޕޮއިންޓް ހޯދައިފަ އެވެ. ލެވަކޫސަން ދެ ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން ހޯދި 63 ޕޮއިންޓާ އެކު އެވެ.

ޗެލްސީގެ ކޯޗަކަށް ލިއަމް ރޮސީނިއާ

ހިލޭ އަންހެނެއްގެ ގައިގައި މާނޭ ބައްދާލީ ލޯބިވާ އަނބިކަނބަލުން އެދިގެން

ރިއަލް މެޑްރިޑްގެ ކޯޗު ކަރުތާފެނުގައި

Continue Reading

Previous: ސިއްރުން އެތެރެކުރަނިކޮށް އަތުލައިގަތީ 130,155 ސިނގިރޭޓު
Next: އެފްއޭއެމްގެ އަސާސީ ޤަވާޢިދު އިޞްލާޙްކުރާ ކޮންގްރެސް އަންނަ މަހު

Related Stories

1CD68552-ED1C-4053-B0E0-B9EDAF092B0F
  • ބޭރު ކުޅިވަރު
  • ޚަބަރު

ހިލޭ އަންހެނެއްގެ ގައިގައި މާނޭ ބައްދާލީ ލޯބިވާ އަނބިކަނބަލުން އެދިގެން

admin February 3, 2026
4AA63DDB-2D0E-4034-BC00-7B55555DF950
  • ބޭރު ކުޅިވަރު
  • ކުޅިވަރު

ހީކުރި ގޮތާއި ޚިލާފަށް އެމެރިކާ ބަލިކޮށް މިފަހަރުގެ ތަށި ކަޒަކިސްތާނުގެ އެލީނާ އަށް

admin February 2, 2026
FC0F7476-372C-4B53-9027-165EBA1C6A46
  • ބޭރު ކުޅިވަރު

ގޯލު ނުޖަހާ އެކަކުވެސް ނެތް، އެންމެން ދައްކަނީ ރާއްޖެ ގަދަ ވާހަކަ

admin January 17, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.