Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • 250 ބަކަރި ވަގަށް ނަގައިގެން ޔަހޫދީ ކޮމާންޑަރު ހައްޔަރުކޮށްފި
  • ޚަބަރު

250 ބަކަރި ވަގަށް ނަގައިގެން ޔަހޫދީ ކޮމާންޑަރު ހައްޔަރުކޮށްފި

admin January 16, 2026
IMG_9494

ސީރިޔާގެ ދަނޑުބިންތަކުން 250 ބަކަރި ވަގަށް ނެގި މައްސަލައިގައި އިސްރާއީލުގެ ސިފައިންގެ ކޮމާންޑރު ބަންދުކޮށް ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ. އިސްރާއީލުން އޭނާ ސަސްޕެންޑް ކުރީ، މައްސަލަ ހޫނުވެ ޔަހޫދީ އަސްކަރިއްޔާ ފަޟީޙަތް ވުމުން ސަލާމަތް ކުރުމަށެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ބުނީ މި ހާދިސާ ހިނގާފައިވަނީ މީގެ ދެ ހަފްތާ ކުރިން ކަމަށެވެ.

ރިޕޯޓުގައިވާ ގޮތުން ހިފާފައިވާ ގޯލާން އުސްމިނުގައި ގަދަބާރުން ބަޑަހަ ޖަހައިގެން ތިބި ޔަހޫދީ ސިފައިން މި ބަކަރިތައް އިސްރާއީލުގެ ސަރަޙައްދަށް (ހިފާފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިޔަށް) ގެންދިޔައީ ޓްރަކްތަކަށް އަރުވައިގެންނެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރު ވަނީ މި މައްސަލަ ހޫނުވެ، އެންމެ ފަހުން އެ ޓީމުގެ ކޮމާންޑަރު ސަސްޕެންޑް ކޮށްފައެވެ.

އިސްރާއީލުން، 1967 ވަނަ އަހަރުން ފެށިގެން ސީރިއާގެ ގޯލާން އުސްމިން ހިފާފައިވާއިރު، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބައްޝާރުލް އަސަދުގެ ސަރުކާރު ވެއްޓުމުން ޔަހޫދީން ވަނީ ސީރިއާގެ ދެކުނުގައި އެމީހުންގެ ބާރުތައް ފުޅާކޮށްފައެވެ.

އޭގެ ފަހުން އިސްރާއީލުން ވަނީ ސީރިއާގެ ސަރަހައްދަށް 1،000 އަށް ވުރެ ގިނަ ވައިގެ ހަމަލާދީ ސީރިއާގެ ސަރަހައްދަށް 400 އަށް ވުރެ ގިނަ ފަހަރު ވަދެފައިވާ ކަމަށް ސީރިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ފުޓްސަލްގައި އެންމެ މޮޅީ ދިވެހިން، އެކަމަކު ލަނޑު ޖެހުމުގެ ރޭޓް ދަށް ވާން ފަށައިފި

ސަމިޓް ވަރަށް ކާމިޔާބު! ދެން ކޮންމެ އަހަރަކު އޮންނާނެ

މީޑިއާ ބިލު ޤާނޫނުއަސާސީއާއި ތަޢާރުޒުނުވާ ކަމަށް ކައުންސެލަރ ޖެނެރަލް ވިދާޅުވެއްޖެ

Continue Reading

Previous: މާޒިއާ އަށް ލީގު ޗެމްޕިއަންކަން ކަށަވަރާއި ގާތްވެއްޖެ
Next: ހައިވޭގައި 4 ފުރޮޅުލީ އުޅަނދު ނުދުއްވަން ބުނީ އޮޅިގެން

Related Stories

35E44987-6A40-462D-A332-85931DE677BA
  • ޚަބަރު

އެ އެންމެން ބަރާބަރަށް ފަތިސްނަމާދަށް އާދޭ. ރެޔަކު ނާދޭ. ނައިސްގެން ބެލިއިރު އެންމެން ތިބީ މަރާލާފަ!

admin February 10, 2026
E4B42E06-719E-4946-9537-80AB688D57A7
  • މީހުން
  • ޚަބަރު

ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ވައްކަންކުރާ މައްސަލައިގައި ބޭޒާރުވެއްޖެ

admin February 7, 2026
FA8388C0-E3CF-42B1-8A30-D68AB76B335A
  • ރިޕޯޓް
  • ޚަބަރު

އިންސާނުންގެ ސިކުނޑީގައި ވެސް ޕްލާސްޓިކް

admin February 6, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.