Skip to content
Bithufangi

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އީރާނަށް އޮތް ހަމައެކަނި ގޮތަކީ ނިއުކްލިއަރ ޓެކްނޮލޮޖީ އާއި ދުރަށް ދިޔުން: އެމެރިކާ
  • ޚަބަރު

އީރާނަށް އޮތް ހަމައެކަނި ގޮތަކީ ނިއުކްލިއަރ ޓެކްނޮލޮޖީ އާއި ދުރަށް ދިޔުން: އެމެރިކާ

admin April 17, 2025
IMG_4910

އީރާނުގެ ނިއުކްލިއާ ސައިޓެއް

އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި ދެފަރާތުގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިއްޖެކަން ފެންމަތިވެއްޖެއެވެ. އެމެރިކާގެ ރައީސްގެ މަންދޫބު ސްޓީވް ވިޓްކޯފް ވިދާޅުވީ އީރާނުން އެ ގައުމުގެ ނިއުކްލިޔާ މަސައްކަތް މުޅިން ހުއްޓާލަންޖެހޭނެ ކަމަށެވެ. ނަމަވެސް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވިދާޅުވީ އީރާނުގެ ޔޫރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތަކީ އެއްވެސް ގައުމަކުން އެކަމާއިގުޅޭ “މަޝްވަރާކުރެވޭނެ ކަމެއް ނޫން” ކަމަށެވެ.

އޮމާނުގައި ބޭއްވި ފުރަތަމަ ބުރުގެ މަޝްވަރާތަކަށްފަހު، ދެވަނަ ބުރުގެ މަޝްވަރާތައް އިޓަލީގެ ވެރިރަށް ރޯމްގައި އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްވަރާތަކުގައި އެމެރިކާގެ ފަރާތުން ދެންވެސް ބައިވެރިވާނީ ވިޓްކޯފް އެވެ. އަދި އީރާނުގެ ފަރާތުން ބައިވެރިވާނީ ކުރިންވެސް ބައިވެރިވި ޚާރިޖީ ވަޒީރު އަރަޤްޗީ އެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ)ގެ ވެރިޔާ ރަފައެލް ގްރޮސީ ވަނީ ތެހެރާނަށް ޒިޔާރަތްކުރައްވާފައެވެ. އައިއޭއީއޭއިން ބުނެފައިވަނީ އީރާނުން 60 އިންސައްތައަށް މުއްސަނދިކޮށްފައިވާ ޔޫރޭނިއަމްގެ ސާމްޕަލެއް ފެނިފައިވާ ކަމަށެވެ. މިއީ އެމެރިކާއާއި ހުޅަނގުން ރުހޭ ގޮތެއް ނޫނެވެ. އެމީހުން ބުނަނީ މިއީ އާންމު ބޭނުންތަކަށް ބޭނުންކުރެވޭނެ މިންވަރެއް ނޫން ކަމަށާާއި އެއަށްވުރެ އިތުރު ޢަދަދެކެވެ.

ގްރޮސީ ވިދާޅުވެފައި ވަނީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ޤާބިލުކަން ހޯދުމާއި ދެމެދު މިހާރު އޮތީ މަދު ހަފްތާތަކެކެވެ.

ބްލޫމްބާގް އިކޮނޮމިކްސްގެ މެދުއިރުމަތީގެ ޖިއޯ-އިކޮނޮމިކްސް ލީޑް ދީނާ އިސްފަންދިޔާރީ ވިދާޅުވީއެމެރިކާ އެދެނީ އީރާނުގެ ޔުރޭނިއަމް ސުމަކަށް ހެދުން ކަމަށްވާނަމަ ވާހަކަތައް ފެށުމުގެ ކުރިން މަޝްވަރާތައް ނިމޭނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ އެންމެ އިސް، ގައުމީ ސަލާމަތީ ވަޒީރުންނާއެކު އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ޓްރަމްޕް ވަނީ އީރާނުން އެ ޕްރޮގްރާމު ހުއްޓަނުލައިފިނަމަ އީރާނަށް ހަމަލާ ދޭނެކަމަށް ވެސް ބުނެފައެވެ.

އިނާޔަތް ކުޑަކުރުން: އަންނިގެ ތާއީދު ރައީސް މުޢިއްޒަށް

ބޭރު ގައުމުތަކުގައިވެސް ދިވެހި އައިޑީކާޑު ހަދަނީ

ސްޓެލްކޯއިން ފަހުމީ ވަކިކޮށްފި

Continue Reading

Previous: މައިންބަފައިންމިވާހަކަ ބުނެދިންތަ؟
Next: ޒުވާނުންނަށް ތިޔަކޮށްދެއްވާ ކަމަށް ޝުކުރިއްޔާ ރައީސް

Related Stories

IMG_8298
  • ޚަބަރު

ފައްޔާޒަށް ޖިނާއީ ޙުކުމެއް އިއްވުމުގެ ފުރުޞަތު!

admin November 16, 2025
IMG_8297
  • ޚަބަރު

ކުޑަކުއްޖާ އަށް ދިން ސިޔާސީ ޙަމަލާ ޢާއިލާގެ ކޮޅަށް ނިންމައިފި

admin November 16, 2025
IMG_8295
  • ޚަބަރު

ތަރިކަ ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖީލެއް ބިނާކުރަން މެޑްމަ ސާޖިދާ ގޮވާލައްވައިފި

admin November 16, 2025
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.