Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ރީކޯ މޫސާގެ މައްސަލަ ފުލުހުން ބަލަން ފަށައިފި
  • ޚަބަރު

ރީކޯ މޫސާގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

admin January 16, 2026
IMG_9489

ރާއްޖޭގެ ގިނަ އިލްމުވެރިންތަކެއް ހިމެނޭ އިލްމުވެރިންގެ ގުޅުމުން، އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޫސަގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ، ރާއްޖޭގެ ދީނީ އިލްމުވެރިންނަކީ “މުރުތައްދުވެފައިވާ” ބައެއް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށް ކަމަށެވެ.

މީގެ އިތުރުން އިސްލާމީ މަރުކަޒުގެ ބައެއް އިމާމުން “ބޮޑު މުސާރަ” ނަންގަވައިގެން ތިއްބެވުމަކީ ޖުވާ ކުޅުން ފަދަ ކަމެއް ކަމަށް ސިފަ ކުރައްވަމުން މޫސަ ވަނީ ރާއްޖޭގެ ބައެއް ދަންނަބޭކަލުންނަކީ “މުރުތައްދުވެފައިވާ” ބައެއް ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވަނީ ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނަކީ އަމިއްލަ މަންފާއަށްޓަކައި “އިންޖީނު ދޯންޏެއްހެން” ކުއްލިއަކަށް ހަދީސްތަކާއި އާޔަތްތައް ބަދަލުކޮށްގެން ވާހަކަދައްކާ ބައެއް ކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ ގޮތުން ނުކުންނަ ދަންނަބޭކަލުންނަކީ ގައުމަށް އޮތް “ބޮޑު މުސީބާތެއް” ކަމަށް ވިދާޅުވެ، އެ ބޭފުޅުން ގޭގައި މަޑުން ތިއްބެވުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.


ފުލުހަށް ހުށަހެޅި މައްސަލައިގައި އެ މައްސަލަ ތަހުގީގުކޮށް އޭނާއަށް ފިޔަވަޅު އެޅުމަށް އެދިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އިލްމުވެރިންގެ ގުޅުމުން، ފުލުސް އޮފީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، މިދިޔަ އަންގާރު ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި މޫސަ ދެއްކި ވާހަކައަކީ ވަރަށް ނުރައްކާތެރި އަދި ހައްސާސީ މައްސަލައެއް ކަމަށެވެ. އެ ވާހަކަތަކަކީ ދީނީ އިލްމުވެރިންނާ މެދު ނަފުރަތު އުފެއްދުމަށް ދައްކަވާފައިވާ ނޭއްގާނީ، ދަށުދަރަޖައިގެ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ބުނެފައިވެއެވެ.

އިލްމުވެރިންމާ މެދު މިފަދަ ނުރައްކާތެރި ތުހުމަތުތައް ކުރުމަކީ، ޑރ. އަފްރާޝީމް އަލީ އެކޭ އެއްފަދައިން، މިހާރު ތިއްބެވި ދީނީ އިލްމުވެރިންގެ ފުރާނައަށް ވެސް ނުރައްކާވެދާނެ ފަދަ ޖަރީމާތަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

މޫސާގެ މި އަމަލަކީ ރާއްޖޭގެ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއްކަން ފާހަގަކޮށް، އެ ބަޔާނުގައި ގާނޫނީ ތިން ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ޓެރަރިޒަމް މަނާކުރުމުގެ ދަށުން މީހުންނަށް އަނިޔާވެރިވުމަށް ހިތްވަރު ލިބޭ ގޮތަށް “ތަކްފީރު” ކުރުމުގެ ފިކުރު ފެތުރުން ނުވަތަ މުސްލިމުން ކާފަރު ކުރުމަކީ ކުށެއް ކަމަށާއި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ އަދި މީހުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދެއްކުން މަނާ ވުމާ ހިލާފުވުމާއި، ގާނޫނުލް އުގޫބާތުގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، މީހަކާ މެދު ނަފުރަތު އުފެއްދުމުގެ ގަސްތުގައި އެ މީހަކީ މުރުތައްދެއް ކަމަށް އާންމު ތަނެއްގައި ތުހުމަތުކުރުމަކީ ކުށެއް ކަމަށް އޮންނަ އޮތުމެވެ.

މި ނުކުތާތަކަށް ރިއާޔަތްކޮށް، މޫސާ މަނިކާއި އޭނާ ދައްކަވާފައިވާ ވާހަކަތައް ލައިވްކޮށް ބްރޯޑްކާސްޓް ކުރި ޗެނަލްގެ މައްސަލަ ތަހުގީގުކޮށް، އެކަމާ ގުޅުން ހުރި ފަރާތްތަކާ މެދުގައި ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް އެ ސިޓީގައި ވަނީ އެދިފައެވެ.

ބްރޭކިންގ ނިއުސް: ސޯމާލިއާ އިން ޔޫއޭއީގެ ހުރިހާ އެއްބަސްވުންތަކެއް ބާޠިލްކޮށްފި

ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ވައްކަންކުރާ މައްސަލައިގައި ބޭޒާރުވެއްޖެ

ޕްލައިވުޑް ޝިޕްމެންޓަކުން 13.6 މިލިއަން ސިނގިރޭޓް ފެނިއްޖެ

Continue Reading

Previous: ވެނެޒުއެލާގެ ވެރިކަމަށް ދަހިވެތިވެ، ލިބުނު ޞުލްޙައިގެ އިނާމު ޓްރަމްޕަށް ދީފި
Next: މާޒިއާ އަށް ލީގު ޗެމްޕިއަންކަން ކަށަވަރާއި ގާތްވެއްޖެ

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.