ރައީސް ނިކޮލަސް މަދޫރޯ ކިޑްނެޕް ކޮށްގެން އެމެރިކާ އަށް ގެންދިޔުމާއި އެކު ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މާރިއާ ކޮރީނާ މަޗާދޯ އަށް މިދިޔަ އަހަރު ލިބުނު ދުނިޔޭގެ ޞުލްޙައިގެ އިނާމު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފްރޭމަކަށް ލާފައި މިއަދު ހަދިޔާ ކުރައްވައިފިއެވެ.
މަޗާދޯ އަކީ ހުޅަނގުގެ ޕަޕެޓެއް ކަމަށް ރިޕޯޓުތައް ބުނާއިރު، ޓްރަމްޕް ބޭނުން ވަނީ ވެނެޒުއެލާގެ ރައީސަކަށް މަޗާދޯ ގެނައުމަށެވެ.
މަޗާޑޯ މީގެކުރިން ވިދާޅުވެފައި ވަނީ އޭނާގެ ނޮބެލް ޞުލްޙައިގެ އިނާމަކީ ވެނެޒުއެލާގެ ރައްޔިތުންނަށާއި އޭނާގެ މަސައްކަތަށް ތާއީދުކުރި ފަރާތްތަކުގެ އެއްޗެއް ކަމަށެވެ.
