އާޖެންޓީނާގެ ކުރީގެ ރައީސް ކާލޫސް މުންޢިމް 1413 ވަނައަހަރު (1992)ގައި ސައޫދީ ޢަރަބިއްޔާއަށް ޒިޔާރަތްކުރެއްވިއެވެ. އެދަތުރުފުޅުގައި އޭރުގެ ރަސްގެފާނު ޝާހު ފަހުދު އާއި ބައްދަލުކުރެއްވިއެވެ. ދަތުރުފުޅު ކުރެއްވުމުގެ ކުރިން ރަސްގެފާނަށް ހަދިޔާ އަކަށް ގެންދަވާނެ އެއްޗަކާއި މެދުގައި ވިސްނެވިއެވެ. އެގޮތުން އެންމެ ރަނގަޅު ވާނެ ފާހަގަކޮށްލެވޭ އެއްޗަކާއި މެދު ވިސްނަވަނިކޮށް ރައީސްގެ މުޝީރު މަޝްވަރާ ދެއްވީ، މަނިކުފާނު ތިޔަ ވަޑައިގަންނަވަނީ މުއްސަދި ތަނަވަސް ޤައުމަކަށެވެ. އެހެންކަމުން މަނިކުފާނުގެ އެންމެ ރަނގަޅު ހުށަހެޅުމަކަށް ވާންވާނީ، އާދަކާދައިގެ ތެރޭގައި ހިމެނޭ ހަދިޔާއެއް އެރުވުމެއް ނޫނެވެ.
މުޝީރު ލަފާ އެރުއްވީ ވެރިރަށް ” ބޫއިނަސް އައިރިސް” އިން ބިމެއް ރަސްގެފާނު ބޭނުންފުޅުވާ ކަމެއްކުރެއްވުމަށް ހަދިޔާއަކަށް ހަމަޖައްސަވާއިދެއްވުމެވެ. އޭރުން ރަސްގެފާނަށް ފެނިވަޑައިގަންނަވާ ކަމެއްއް އެތަނުގައި ކުރައްވާނެއެވެ. އެގޮތުން ރައީސް ކާލޫސް ރަސްގެފާނަށް އެބިން ހަދިޔާއަކަށް ދެއްވިއެވެ. ރަސްގެފާނު އެބިން ޤަބޫލުކުރައްވައި، އެތަނުގައި ބޮޑު އިސްލާމީ މަރުކަޒެއް ބިނާކޮށްދެއްވިއެވެ. އެމަރުކަޒު ބިނާކުރުމަށް 40 މިލިޔަން ޑޮލަރު ޚަރަދު ވިއެވެ.
މިއަދު ވެސް އެމަރުކަޒު އެބަހުއްޓެވެ. އެމަރުކަޒުގެ ނަމަކީ”مرکزِ اسلامی شاہ فہد ” އެވެ. މިމަރުކަޒަކީ ލެޓިން އެމެރިކާއާއި ހުރި އެންމެ ބޮޑު އިސްލާމީ މަރުކަޒުގެ ތެރޭގައި ފާހަގަކުރެވޭ މަރުކަޒެކެވެ. މިތަނުގައި އެނގުން މުހިއްމު ކަމަކީ ރައީސް ކާލޫސް މުންޢިމު އަކީ ސީރިޔާ ދަރިކޮޅުގެ ޢަރަބި ނަސްލުގެ މުސްލިމެއްކަމެވެ.
އެދަތުރުފުޅުގައި ރައީސް ކާލޫސް މުންޢިމު ރަސްގެފާނަށް ދެންނެވިއެވެ. އެމަނިކުފާނަކީ، އާޖެންޓީނާގެ ރައްޔިތެކެވެ. އެމަނިކުފާނުގެ ހަށިކޮޅުގައި ޢަރަބި ލޭގެ ކުލަ ހުރި ކަމަށާއި އެމަނިކުފާނަކީ މުސްލިމެއްކަމަށާއި، ނަމަވެސް އިސްލާމްކަން ސިއްރުކުރައްވައިގެން ހުންނެވީ ކަމަށެވެ.
އެ މަނިކުފާނު އުފަންވެވަޑައިގަތީ އާޖެންޓީނާގައެވެ. އެއީ ޖުލައި 2، 1930 ގައި ލާ ރިއޯޖާ ޕްރޮވިންސްގެ އަނިލާކޯ އަށެވެ. މައިންބަފައިންނަކީ މިހާރުގެ ސީރިއާގެ ޔަބްރޫދުން ހިޖުރަކުރި ބައެއް ކަމުން އެ މަނިކުފާނަކީ ސީރިއާގެ ނަސްލުގެ މީހެކެވެ. ޖަސްޓިޝަލިސްޓް (ޕެރޮނިސްޓް) ޕާޓީގެ ލީޑަރެއްގެ ގޮތުގައި 1989 އިން 1999 އަށް ޖެހިޖެހިގެން ދެ ދައުރު އާޖެންޓީނާގައި ވެރިކަން ކުރެއްވި އެވެ. އެމަނިކުފާނުގެ ވެރިކަމުގައި އާޖެންޓީނާ އަށް ބޮޑެތި އިގްތިސާދީ އިސްލާހުތަކެއް އައިސްފައިވާއިރު، އޭގެ ތެރޭގައި ފިކްސްޑް އެކްސްޗޭންޖް ރޭޓެއް ހަދައި ފުރަތަމަ ހައިޕަރއިންފްލޭޝަން ހުއްޓުވިއެވެ. އަދި މުޅި ޤައުމަށް ހަމަޖެހުން ގެނެސްދެއްވިއެވެ. އެމަނިކުފާނަކީ މިޒަމާނުގެ އާޖެންޓީނާގެ ތާރީހުގައި ވެސް އެންމެ ނުފޫޒުގަދަ އަދި އެންމެ ބަރާބަރު ރައީސެވެ.

ރައީސް ކާލޫސް މުންޢިމު އަވަހާރަވުމުން އެމަނިކުފާނުގެ ދަރިކަލުން “އިސްލާމީ މަރުކަޒަށް” ގުޅުއްވައި ބައްޕާފުޅުގެ جنازہ اسلامی އުޞޫލުގެ މަތިން ބާއްވައިދިނުމަށާއި މުސްލިމުންގެ ޤަބުރުސްތާނުގައި ފަސްދާނުލެއްވުމަށް އެދިލެއްވިއެވެ. އެހެންވެ އެގޮތުގެ މަތިން އެމަރްޙޫމްގެ ޖަނާޒާ ބޭއްވި އެވެ.
أللهم أغفر له وارحمه.
رحمۃ اللہ علیہم اجمعین۔
