Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ހިޒްބުالله އަށް ޙަމަލާ ދިނުމާއި މެދު އެމެރިކާ އާއި އިސްރާއީލުގެ ކުއްލި މަޝްވަރާއެއް
  • ޚަބަރު

ހިޒްބުالله އަށް ޙަމަލާ ދިނުމާއި މެދު އެމެރިކާ އާއި އިސްރާއީލުގެ ކުއްލި މަޝްވަރާއެއް

admin January 12, 2026
IMG_9248

ހިޒްބުالله އަށް ޙަމަލާ ދިނުމާއި މެދު ގޮތެއް ނިންމުމަށް އެމެރިކާ އާއި އިސްރާއީލުން ކުއްލި މަޝްވަރާއެއް ފަށައިފި ކަމަށް އިތުބާރު ހުރި މަސްދަރަކުން ބުނެފިއެވެ.

ލުބުނާނުގެ އީރާނާއި ގުޅިފައިވާ މުޖާހިދުންގެ ޖަމާޢަތް، ޙިޛްބުالله އާއި ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަންވީތޯ ނިންމުމަށް އެމެރިކާ އާއި އިސްރާއީލުން ކުއްލި މަޝްވަރާތަކެއް ފަށައިފިއެވެ.

ހަނގުރާމައެއް އަދި އިއުލާން ނުކުރާއިރު، ޙިޛްބުالله އަށް ރޮކެޓް ހަމަލާތަކެއް ދޭނެ ގޮތަކާއި މެދު ވޮޝިންޓަނުން ވަނީ އިސްރާއީލުގެ އޮފިޝަލުންނާއި ގާތުން ގުޅިފައެވެ.

“އަހަރެމެންގެ ޑިޕްލޮމެޓިކް މަސްދަރުތަކުން ބުނާ ގޮތުގައި ޙިޛްބުاللهގެ އަސްކަރީ ތަންތަނަށް އަމާޒުކޮށްގެން ޙަމަލާދިނުމަށް ވޮޝިންޓަނުން ތާއީދުކުރޭ. ނަމަވެސް މެދުއިރުމަތީގައި މިކަމުން ނުކުމެދާނެ ނުރައްއްކަލަކަށް ވިސްނާފައި، ފުޅާ ހަނގުރާމައަކުން ސަލާމަތްވުމަށް ބާރުއަޅާ” އިސްރާއީލުގެ މަސްދަރުން ބުންޏެވެ.

މި މަޝްވަރާތައް ގުޅިފައި އޮތީ 2023 ވަނަ އަހަރުގެ ފަހުކޮޅު އުފެދުނު ދިގުދެމިގެންދިޔަ ހަމަނުޖެހުންތަކާއެވެ. ނަމަވެސް ލިތާނީ ކޯރުގެ ދެކުނުގައި ޙިޛްބުاللهގެ ހަތިޔާރާއި ނުފޫޒު ގަދަވެފައިވާއިރު އެއީ އިސްރާއީލަށް އޮތް ނުރައްކަލެކެވެ. އެ މައްސަލަ އޮތީ ހައްލު ނުކުރެވިއެވެ.
2024 ގައި އިސްރާއީލް-ލުބުނާން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހެދި ނަމަވެސް، އިސްރާއީލުގެ ސިފައިން ވަނީ ލުބުނާނުގެ ޙިޛްބުالله އާއި ގުޅުން ހުރި ކަމަށް ޝައްކު ކުރެވޭ ބައެއް ތަންތަނަށް ދޭތެރެދޭތެރެ އިން ޙަމަލާ ދީފައިކަން ފާހަގަ ކުރެވެއެވެ.

މީގެ އިތުރުން، އެމެރިކާ އާއި އިސްރާއީލުގެ ވަނީ، ލުބުނާނުގެ ސަރުކާރު ނޫން އެހެން އެއްވެސް ބަޔަކު ލުބުނާނުގެ ފަސްގަނޑުގައި ހަތިޔާރު ނުގެންގުޅެވޭނެ ކަމަށް ބުނެ އެކަން އެމަގުން ކުރުމަށް ލުބުނާނު ސަރުކާރަށް އިންޒާރު ދީފައެވެ. އެހެންކަމުން ލުބުނާނު ސިފައިން ގެންދަނީ ހަ ގުރާމަވެރި ޖަމާޢަތްތަކުގައިވާ ހަތިޔާރުތައް އަތުލަމުންނެވެ. ނަމަވެސް ޙިޛްބުالله އިން މިކަމަށް ލުބުނާނުގެ ސަރުކާރަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހަދައެވެ.

އެމެރިކާގެ އޮފިޝަލުން ކަންބޮޑުވަނީ ޙިޛްބުالله އަށް ޙަމަލާ ދީފި ނަމަ ރައްދުގައި އީރާން ނުކުމެދާނެތީއެވެ. އެހެންކަމުން އެކަމާއި މެދު ވެސް އެމެރިކާ އާއި އިސްރާއީލުން ގެންދަނީ މަޝްވަރާ ކުރަމުންނެވެ.

ކުއްލި ޚަބަރު: ނަބްލޫސްގެ ގެތަކުން ގަދަކަމުން މީހުން ނެރެ، ހުޅު ޖަހަނީ

މިއިން ޒަމާނަކު ނުދޭވަރަށް މަސްވެރިންނަށް ބުދަދުވަހު ފައިސާ ދީފި

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން - ޔަހޫދީންނަކަށް އިތުބާރެއް ނެތް

Continue Reading

Previous: އެމެރިކާ އިން ސައިޒު އޮޅިގެން ނޫޅުމަށާއި، އަސްކަރީ މަނަވަރު ފައްތާލާނެ ކަމަށް ބުނެ ރަޝިއާ އިން އިންޒާރު ދީފި
Next: އާޖެންޓީނާގެ ކުރީގެ ރައީސް އަކީ އިސްލާމްކަން ސިއްރު ކުރައްވައިގެން ހުންނެވި ރައީސެއް، މުސްލިމެއްކަން ފަޅާއެރީ އަވަހާރަވުމުން

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.