Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ހީކުރި ވަރަށް ވުރެ ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެއްޖެ
  • ވިޔަފާރި
  • ޚަބަރު

ހީކުރި ވަރަށް ވުރެ ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެއްޖެ

admin January 15, 2026
IMG_9398

މިދިޔަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވު އެއް ބިލިޔަން ޑޮލަރާއި ގާތް ކުރާ އަދަދަށް މައްޗަށް ޖެހިފައިވާކަމަށް، މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ 2025 ވަނަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވް ހުންނާނެ ކަމަށް ލަފާކުރި އަދަދަށް ވުރެ އިތުރު އަދަދެކެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނިއިރު ރަސްމީ ރިޒާވް ހުރީ 983.04 މިލިޔަން ޑޮލަރުގައެވެ. މިއަދަދު 2024 ވަނަ އަހަރުގެ ނިޔަލަށް ހުރީ 673.89 މިލިޔަން ޑޮލަރުގައެވެ. މިއީ އަހަރުން އަހަރަށް ބަލާނަމަ %45 ކުރިއެރުމެކެވެ. މިއަހަރުގެ 3 ވަނަ ކުއަޓާގެ އިކޮނޮމިކް ބުލެޓިންގައި މިއަދަދު އިތުރުވާނެ ކަމަށް ލަފާކޮށްފައިވަނީ 849 މިލިޔަން ޑޮލަރަށެވެ. އަދި 900 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރީ މިހިނގާ 2026 ނިޔަލަށެވެ.

މީގެ ކުރިން ރަސްމީ ރިޒާވް މިވަރަށް މަތިވީ 2020 ވަނަ އަހަރެވެ. އޭރު މިއަދަދު އިތުރުވެގެން ދިޔައީ، ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު ސޮއިކޮށްފައިވާ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީގެ އެއަހަރު ތެރޭ ބޭނުން ކުރުމުންނެވެ. އެއަހަރުގެ ޑިސެންބަރު މަހު އޭރުގެ ސަރުކާރުން ޚަރަދުތައް ފޫބެއްދުމަށް 250 މިލިޔަން ޑޮލަރުގެ ބޮންޑެއް ވިއްކާފައިވެއެވެ.

މިދިޔަ އަހަރު ނިމުނުއިރު ބޭނުން ކުރެވޭ ރިޒާވުގައި 244.12 މިލިޔަން ޑޮލަރެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރު ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި ހުރީ 63.36 މިލިޔަން ޑޮލަރެވެ. މިއީ އަހަރުން އަހަރަށް %285 ކުރިއެރުމެކެވެ. 

ރާއްޖޭގެ ރިޒާވް ހަރުދަނާވުމަށް މެދުވެރިވީ އެއް ސަބަބަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވުމެވެ. މިިދިޔަ އަހަރު ޖެނުއަރީ މަހު އަމަލުކުރަން ފެށި ބޭރު ފައިސާގެ ޤާނޫނުން ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ފަތުރުވެރިކަމުން ލިބޭ ބޭރުފައިސާ މާރު ކުރަން ޖެހެއެވެ. މި ބަދަލާއެކު ބޭންކުތަކަށް މާރުކުރާ ފައިސާއިން މަރުކަޒީ ބޭންކަށް ވިއްކާއިރު އޭގެ 60 އިންސައްތަ ބޭނުން ކުރަނީ، ރިޒާވް ހަރުދަނާ ކުރުމަށެވެ. މީގެ އިތުރުން، ސާރކް ފްރޭމްވޯރކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑީއާއެކު ސޮއިކޮށްފައިވާ 400 މިލިޔަން ޑޮލަރު ކަރަންސީ ސްވޮޕަކީވެސް ރިޒާވް ހަރުދަނާ ވުމުގެ ސަބަބެއް ކަމަށް އެމްއެމްއޭއިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އަހަރު ނިމުނުއިރު ރިޒާވަށް ހަރުދަނާކަމެއް އައިސްފައިވީނަމަވެސް، މިއަހަރަކީ ސަރުކާރުން ދަރަނީގެ ގޮތުގައި އެއްފަހަރާ އެންމެ ބޮޑު އަދަދެއް ދައްކަން ޖެހޭ އަހަރެވެ. މިއަދަދު ދެއްކުމަށް 9.3 ބިލިޔަން ރުފިޔާ މިއަހަރު ބަޖެޓް ކޮށްފައިވާއިރު، ރިޒާވް ރަނގަޅުކޮށް ސަރުކާރުން ސުކޫކް އަނބުރާ ދެއްކުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި އެއްވެސް ދަރަންޏެއް މުއްދަތު ހަމަނުވެ ދެއްކޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއެވެ.

ހިލޭ އަންހެނެއްގެ ގައިގައި މާނޭ ބައްދާލީ ލޯބިވާ އަނބިކަނބަލުން އެދިގެން

ބަޑީގެ ވަޒަންތަކުން ފުރޭންޏަކަށް ހަދައިލި ކާރުގައިވާ 5 އަހަރުގެ ހިންދު އަށް އަމާޒުކޮށް ހެދި ފިލްމު،...

މި ސަރުކާރުން ޙައްޖު ކޯޓާއިން ވައްކަމެއް ނުކުރާނެ

Continue Reading

Previous: ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ
Next: މޮރީނިއޯ އަށް ވާން އުޅުނު އާބެލޯއާގެ ނިޔަމިކަމުގައި މެޑްރިޑް ލަދުވެތި ގޮތަކަށް ބަލި

Related Stories

35E44987-6A40-462D-A332-85931DE677BA
  • ޚަބަރު

އެ އެންމެން ބަރާބަރަށް ފަތިސްނަމާދަށް އާދޭ. ރެޔަކު ނާދޭ. ނައިސްގެން ބެލިއިރު އެންމެން ތިބީ މަރާލާފަ!

admin February 10, 2026
E4B42E06-719E-4946-9537-80AB688D57A7
  • މީހުން
  • ޚަބަރު

ނަތަންޔާހޫގެ އަނބިކަނބަލުން ސާރާ ވައްކަންކުރާ މައްސަލައިގައި ބޭޒާރުވެއްޖެ

admin February 7, 2026
FA8388C0-E3CF-42B1-8A30-D68AB76B335A
  • ރިޕޯޓް
  • ޚަބަރު

އިންސާނުންގެ ސިކުނޑީގައި ވެސް ޕްލާސްޓިކް

admin February 6, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.