Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ހެންވޭރުގައި ތަރައްޤީ ކުރާ ޖީޕީ ކުލިނިކުގެ މަސައްކަތް މިމަހު ފަށަނީ
  • ޚަބަރު

ހެންވޭރުގައި ތަރައްޤީ ކުރާ ޖީޕީ ކުލިނިކުގެ މަސައްކަތް މިމަހު ފަށަނީ

admin January 7, 2026
IMG_9099

ހެންވޭރުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޖެނެރަލް ޕްރެކްޓިސް ކުލިނިކުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށުމަށް ތައްޔާރު ވަމުންދާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވެއްޖެއެވެ. 

މާލެ ސަރަޙައްދުގައި 6 ޖީޕީ ކުލިނިކު ޤާއިމު ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. 

ޢާންމު ބަލިތަކަށް ޚާއްޞަ ކޮށްގެން މާލޭގެ 4 ސަރަޙައްދެއްގައި ތަރައްޤީ ކުރާ 4 ޖީޕީ ކުލިނިކާއި، ހުޅުމާލޭގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ 2 ކުލިނިކާއެކު ގްރޭޓަރ މާލޭ އޭރިއާގައި 6 ޖީޕީ ކުލިނިކު ހުޅުވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މާފަންނުގައި ތަރައްޤީ ކޮށްފައިވާ ކުލިނިކުގެ ޚިދުމަތް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުވަނީ ފަށާފައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ ކުލިނިކުގެ މަސައްކަތް، ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަމާން އުދަރެސްގައި ތަރައްޤީ ކުރުމަށް މިހާރުވަނީ ޙަވާލުކޮށްފައެވެ. 

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، ހެންވޭރުގައި ތަރައްޤީ ކުރާ ޖީޕީ ކުލިނިކުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އަމާން އުދަރެސްގައި ޤާއިމުކުރާ ކުލިނިކުގެ މަސައްކަތްވެސް ކުރިއަށް އޮތް ރަމަޟާން މަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. 

ޖެނެރަލް ޕްރެކްޓިސް ކުލިނިކުތަކަކީ، މާލެ ސަރަޙައްދުގައި ހުންނަ ބޮޑެތި ހޮސްޕިޓަލްތަކުގެ އެމަރޖެންސީ ރޫމްތަކަށް އޮންނަ ލޯޑު ކުޑަކުރުމަށްޓަކައި މާލޭގައި ޤާއިމު ކުރާ ކުލިނިކުތަކެކެވެ.

ޝަމްޢާންގެ އިސްތިއުނާފް ހޯމަދުވަހު

ދިވެހި ދެ އުމްރާވެރިން ނިޔާވެއްޖެ

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: އދ އާއި ލާމުން ބުނަނީ ތިމަންނާމެން ބޭނުމީ ޝަމްހީދޭ

Continue Reading

Previous: މަނީ ލޯންޑަރިން މައްސަލަ އަމީން ކޮންސްޓްރަކަޝަންގެ މައްޗަށް ސާބިތެއް ނުވި
Next: ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ދެވަނަ ދައުރަކަށް ހޮވުމަށް ރައްޔިތުން ބޭނުންވަނީ ކީއްވެ؟

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.