Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ކެންޑިޑޭޓުންގެ ފޯމު ފުރުމަށް “މައި ޕޯޓަލް” ހުޅުވާލައިފި
  • ޚަބަރު

ކެންޑިޑޭޓުންގެ ފޯމު ފުރުމަށް “މައި ޕޯޓަލް” ހުޅުވާލައިފި

admin January 6, 2026
IMG_9094

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ކެނޑިޑޭޓުން ފޯމު ހުށަހެޅުމަށް “މައި ޕޯޓަލް” ހުޅުވާލައިފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ މަޢުލޫމާތު ފުރިހަމަކޮށް ލިޔެކިޔުންތައް އަޕްލޯޑުކުރުމަށްފަހު ފައިސާ ދެއްކުމަށްޓަކައި އިދާރީގޮތުން މައި ޕޯޓަލް މިހާރު ހުޅުވާލާފައިވާކަމަށެވެ. އަދި މިހާރު ޕޯޓަލް ހުޅުވާލިނަމަވެސް، އިންތިޚާބަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ލެވޭނީ އިންތިޚާބަށް ރަސްމީކޮށް އެ ކޮމިޝަނުން އިއުލާނުކުރުމުންކަމަށް ވިދާޅުވިއެވެ. 

އެ ކޮމިޝަނުން ވިދާޅުވީ، ދުރާލާ ޕޯޓަލް ހުޅުވުމުގެ ބޭނުމަކީ، އިންތިޚާބަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދީ، އިންތިޚާބަށް ރަސްމީކޮށް އިއުލާނުކުރުމާއެކު ފޯމު ހުށަހެޅޭނެ ފުރުސަތު ފަހިކޮށްދިނުންކަމަށެވެ. 

އެގޮތުން މިއަދުން ފެށިގެން އިންތިޚާބަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން އެފަރާތްތަކުގެ އަމިއްލަ އީފާސް އެކައުންޓް މެދުވެރިކޮށް، މައި ޕޯޓަލް އަށް ލޮގިންވުމަށްފަހު ޕޯޓަލްގައި ކެނޑިޑޭޓުގެ މަޢުލޫމާތާއި، އަޕްލޯޑުކުރަންޖެހޭ ލިޔެކިޔުންތައް އަޕްލޯޑުކުރުމަށްފަހު، އިންތިޚާބަށް ދައްކަންޖެހޭ އިދާރީ ފައިސާދެއްކޭނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ. 

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ދާއިރާތަކަށް ވާދަކުރާ ކެނޑިޑޭޓުން، ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 50 މީހުންގެ ތާއިދުވެސް ހޯދަންވާނީ މައި ޕޯޓަލްމެދުވެރިކޮށްކަމަށެވެ. 

“މިފަހަރު އެދާއިރާއަކަށް ވާދަކުރާ ކެނޑިޑޭޓުން ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 50 މީހުންގެ ތާއިދުވެސް ހޯދަންވާނީ މައި ޕޯޓަލްމެދުވެރިކޮށް. އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ކެނޑިޑޭޓުން ހައިސިއްޔަތެއްގެ ގޮތުގައި އަމިއްލަ ގޮތުން ނެންގެވުމަށްފަހު އެ ދާއިރާއަކުން ވޯޓުލުމުގެ ހައްގު ލިބިގެންވާ 50 މީހުންގެ ތާއިދު ހޯދަންވާނެ”. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. މީގެއިތުރުން، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ކުށާއި ދަރަނީގެ ރިކޯޑު އަޕްލޯޑުކުރައްވާއިރު ކޮމިޝަނުން ކުރައްވާފައިވާ އިއުލާނާ އެއްގޮތަށް ޢަމަލުކުރެއްވުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ. 

“ކުށާއި ދަރަނީގެ ރިކޯޑު އަޕްލޯޑުކުރައްވާއިރު ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކޮމިޝަނުން ކުރައްވާފައިވާ އިއުލާނާ އެއްގޮތަށް 2025 ޑިސެމްބަރު 1ގެ ފަހުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ސާފުކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑު މައި ޕޯޓަލްއަށް އަޕްލޯޑުކުރަންވާނެ. އެގޮތުން އޮންލައިންކޮށް ރިކޯޑަށް އެދި ހުށަހަޅާއިރު ކެނޑިޑޭޓުންގެ ކުށާއި ދަރަނީގެ ރެކޯޑު މުޅި އުމުރަށް ނަގަންވާނެ.” އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. 

އިންތިޚާބަށް ރަސްމީކޮށް އިއުލާނުކުރަންވާއިރަށް، ކެނޑިޑޭޓުންގެ މަޢުލޫމާތު ފުރިހަމަކޮށް، ލިޔެކިޔުންތައް އަޕްލޯޑުކުރުމަށްފަހު އިދާރީ ފައިސާ ދައްކަވާ ތައްޔާރުވެގެން ތިއްބެވުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ. އަދި މައި ޕޯޓަލްއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ބޭނުންވާނަމަ 1414 އަށް ގުޅުއްވުމަށް އެ ކޮމިޝަނުން އެދެއެވެ. 

އިލެކްޝަންސް ކޮމިޝަނުން އަންނަނީ، 2023ގައި ބޭއްވި ރިޔާސީ އިންތިޚާބުން ފެށިގެން އެ ކޮމިޝަނުގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މިހާތަނަށް ބޭއްވި އިންތިޚާބުތަކުގައި އެ ކޮމިޝަނުން ވަނީ އޮފިޝަލުންގެ ފޯމުތަކާއި، އޮބްޒާވަރުންނާއި، މޮނިޓަރުންގެ ފޯމުތައްވެސް ޕޯޓަލް މެދުވެރިކޮށް ބަލައިގަންނަމުންނެވެ.

ކެނޑިޑޭޓުންގެ ފޯމު ހުށަހެޅުމާ ގުޅޭގޮތުން އައި ބަދަލަށް ސިޔާސީ ޕާޓީތައް އަހުލުވެރި ކުރުވައި، އާންމުން ހޭލުންތެރި ކުރުވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރައީސްގެ ވަޢުދާއި އެއްގޮތަށް 24 ގަޑިއިރު މުދާ ކްލިއާ ކުރާގޮތަށް ހަދައިފި

ހެސްކިޔާފަ ނަރުހުންގެ އަގު ވަޒަންކުރާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

މާލޭގެ ފެންބޮޑުވާ ހުރިހާ ސަރަޙައްދެއްގައި ސިފައިން ނުކުމެ ޕަމްޕުތައް ބަހައްޓައިފި

Continue Reading

Previous: އިންސާނީ ޙައްޤާއި ބެހޭ ރައީސަކަށް ރަމީލާ
Next: އޮޑި އާއި ނިއު އެއްވަރުވެ މާޒިއާ ލީގާއި ގާތަށް

Related Stories

26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
9E983EBC-9DA9-49DF-9821-2BB64A9A15A9
  • ޚަބަރު

ވެމްކޯ މުވައްޒަފު ވެއްޓުން: ކަންކަން ސިއްރުކުރަން ވެމްކޯއިން އުޅުނު ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް – ވެމްކޯ

admin February 24, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.