Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ސަނީއުމަރުގެ މައްސަލައިގައި އަނދުންގެއަށް ފުލުހުން ވަދެއްޖެ
  • ޚަބަރު

ސަނީއުމަރުގެ މައްސަލައިގައި އަނދުންގެއަށް ފުލުހުން ވަދެއްޖެ

admin January 5, 2026
IMG_9057

ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މާލޭގެ ގެއެއް ބަލާފާސްކޮށްފިއެވެ. 

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ ހެންވޭރު ގެއެއްގައި ހަރަކާތްތެރިވީ ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. އެގޮތުން އޭނާގެ ހާޒިރުގައި އެގެ ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. 

ސަނީ އުމަރުގެ މައްސަލައިގެ ތަހުގީގަށް ހެކި ހޯދަން ހ. އަނދުންގެއަށް މިއަދު އޭނާ ވެއްދުމުން ހިތްހަމަނުޖެހިގެން، ހަމަނުޖެހުން ވެސް ވަނީ ހިންގާފައެވެ. 

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހުސައިން ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މިމަހުގެ 2ވަނަ ދުވަހުއެވެ. 

ކްރިމިނަލް ކޯޓުން މިގޮތަށް ނިންމީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނަށް ރިއާޔަތްކޮށް ސަނީ އުމަރުގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުމުންނެވެ. 

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ސަނީ އުމަރު ހައްޔަރުކުރީ އެ މައްސަލަ ބަލަމުން ދަނިކޮށް، އޭނާ ރާއްޖޭން ބޭރަށް ފުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުއްޓާ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުގައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭރު ކޯޓުން 30 ދުވަހުގެ މުއްދަތެއް ޖެހިއެވެ.

ގޭސް ޝިޕްމެންޓް ބަހަބަރު- 8 ލައްކަ ޑޮލަރުގެ ޑީލް ހޫނުވެއްޖެ!

ޝަމްޢާންގެ އިސްތިއުނާފް ހޯމަދުވަހު

ކުއްލި ޚަބަރު: ކިއުބާ އިނދަޖައްސާލަން ޓްރަމްޕް ނިންމައިފި

Continue Reading

Previous: އެންމެ ބޮޑު އަނެއް ޑްރެޖަރު ގެނެސް ދިއްދޫ އެއާޕޯޓް އަޅަން ބިން ހިއްކާލަނީ
Next: ގައުމީ ކޯޗުކަމަށް އަނެއްކާވެސް އިސްޓަވާން އުރުބާނީ

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.