ރ. ކިނޮޅަހާއި ދިމާލުން ބޭރުން އިއްޔެ ފެނުނު މީހާ އަކީ ކާކު ކަމެއް އަދި ދެނެގަނެވިފައި ނުވާ ކަމަށާއި އޭނާގެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެ ޖިންސު ވެސް ވަކިކުރަން ނޭނގޭ ވަރަށް ހަލާކުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ ހަވީރު 4:24 ހާއިރު އެވެ.
ފުލުހުން މިއަދު ބުނީ އެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި އޮތުމުގެ ސަބަބުން ޖިންސް މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.
ނަމަވެސް، ތަހުގީގަށް ބޭނުންވާ ފޮރެންސިކް ސާމްޕަލް ނެގުމާއި، ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރެމުގެ މަސައްކަތް ކުރަމުންދާ ފުލުހުން ބުންޏެވެ.
އެހެންްކަމުން މަރުވެ ކުނިވެފައި އޮއްވާ ފެނުނު މީހާއާ ގުޅޭ އިތުރު މައުލޫމާތެއް އަދި އެނގިފައެއް ނުވެއެވެ.
