Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ރައްޔިތުން އެދުނު ގޮތަށް ފުލެޓުގެ ކުލި ކުޑަކޮށްދީފި
  • ޚަބަރު

ރައްޔިތުން އެދުނު ގޮތަށް ފުލެޓުގެ ކުލި ކުޑަކޮށްދީފި

admin December 18, 2025
B487F5C5-09B9-4794-9D55-497171E632CD

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓްގެ ކުލިތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުޑަކޮށްދެއްވައިފިއެވެ. ރައީސް މިކަން ހާމަކޮށްދެއްވީ ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ފްލެޓް ލިބިުނު ފަރާތްތަކަށް އެތަންތަން ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި ކުރިއަށްއޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުރިހައި ފްލެޓެއްގެ ކަންކަން ނިމި އެތަންތަން ވެރިފަރާތްތަކާއި ހަވާލުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މިތަންތަން ލިބުނު ފަރާތްތަކުގެ މިހާރު އޮތް އެންމެ ބޮޑު ޝަކުވާއަކީ ކުއްޔާއި އެޑްވާންސް ބޮޑުވުންކަމަށް ރައީސް ވިދާޅުވިއެވެ. 3 ކޮޓަރީގެ ފްލެޓް ލިބުނު ފަރާތްތައް އެޑްވާންސްގެ ގޮތުގައި ދައްކަންޖެހެނީ 25،000 ރުފިޔާއެވެ. އަދި 2 ކޮޓަރި ލިބުނު ފަރާތްތައް އެޑްވާންސްގެ ގޮތުގައި ދައްކަންޖެހެނީ 15،000 ރުފިޔާއެވެ. 

ރައީސް ވިދާޅުވީ، 3 ކޮޓަރި ލިބިފައިވާ ފަރާތްތަކުގެ ކުލި 10،500 ރުފިޔާއިން 10،000 ރުފިޔާއަށް ކުޑަކޮށްދެއްވާނެކަމަށެވެ. އަދި 2 ކޮޓަރި ލިބުނު ފަރާތްތަކުގެ ކުލި 7،000 ރުފިޔާއިން 6،000 ރުފިޔާއަށް ކުޑަކުރައްވާނެކަމަށެވެ. 

“3 ކޮޓަރި ލިބިފައި ހުރި ފަރާތްތަކުގެ މަހުން މަހަށް އޮންނަ އަގާއި އަދި މެއިންޓަނަންސްއާއި ހުރިހައި އެއްޗެއް އެއްކޮށް މިއޮތީ 10،500. އެ އަދަދު 10،000 ރުފިޔާއަށް ކުޑަކޮށް އަދި އެޑްވާންސް ޕޭމަންޓް 25،000 ރުފިޔާ 8،000 ކުޑަކުރެވިގެންދާނެ. ދެން ހަމަ އެއާއިއެކީގައި 7،000 ރުފިޔާ ދައްކަން މިއޮންނަނީ 2 ކޮޓަރީގެ ފަރާތްތައް އެފްޑީސީގެ ފްލެޓްތަކުގައި އެ އަދަދު މި ކުޑަކުރެވިގެންދަނީ 6،000 ރުފިޔާއަށް. ޓޯޓަލް މިހާރު ދައްކަންޖެހޭ އަދަދުން 1،000 ރުފިޔާއަށް ކުޑަކުރެވިގެންދާނެ. ހަމަ އެއާއިއެއްގޮތަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާ އަދަދުވެސް 1 މަހުގެ ކުއްޔަށްވާވަރަށް ކުޑަވެފައި އޮންނާނީ.” ރައީސް ވިދާޅުވިއެވެ. 

މި ބައްދަލުކުރެއްވުމުގައި ޚިޔާލު ފާޅުކުރި ބައެއް އާންމު ރައްޔިތުން ވަނީ ފްލެޓްތަކުގެ ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކޮށްފައެވެ. 

ރައީސް ވިދާޅުވީ، އެފްޑީސީގެ ފަރާތުން އެ ފްލެޓްތައް ލިބުނު ފަރާތްތަކާއެކު އެއްބަސްވުން ރިވައިޒްކޮށް އައުކުރާނެކަމަށެވެ. ހުޅުމާލެ 2 ވަނަ ފިޔަވަހިން ވިނަރެސް ފްލެޓްތައް ގަންނަން އެކި ފަރާތްތަކުން ވަނީ ލޯނުތައް ނަގާފައިކަމަށާއި އެ ފަރާތްތަކަށް ބީއެމްއެލްއިން ލުއިތަކެއް ދެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައްވައިދިނުމަކީ އެންމެ އިސްކަންދޭ ކަންކަމުގައި ރައީސް އަބަދުވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި ލުއިތައްވެސް ދަނީ ރައްޔިތުންނަށް ދެއްވަމުންނެވެ.

ރަމަޟާން މަހަށް މަރްޙަބާ! މިއީ އިޞްލާޙްވާންވީ ވަޤުތު: ރައީސް ޑރ.މުޢިއްޒު

މައުމޫން ކުށުން ބަރީޢަ ވެއްޖެ

ބްރޭކިންގ ނިއުސް: ސޯމާލިއާ އިން ޔޫއޭއީގެ ހުރިހާ އެއްބަސްވުންތަކެއް ބާޠިލްކޮށްފި

Continue Reading

Previous: އ. ކްރިމިނަލް ކޯޓުގެ ދެފަނޑިޔާރުން ނަތަންޔާހޫ ކޮޅަށް އަރައިފި
Next: ހިޔާ ފުލެޓު މެއިންޓަނަންސް 200،000 ރުފިޔާ މާފު ކޮށްދޭނެ

Related Stories

26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
9E983EBC-9DA9-49DF-9821-2BB64A9A15A9
  • ޚަބަރު

ވެމްކޯ މުވައްޒަފު ވެއްޓުން: ކަންކަން ސިއްރުކުރަން ވެމްކޯއިން އުޅުނު ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް – ވެމްކޯ

admin February 24, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.