Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ސަރުކާރުން ފައިސާ ދެނީ
  • ޚަބަރު

ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ސަރުކާރުން ފައިސާ ދެނީ

admin September 29, 2025
IMG_7432

ރާއްޖޭގެ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ހާއްސަކޮށްގެން ތައާރަފުކުރާ ލޯނު ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިއަދު ހުޅުވައިފިއެވެ. މި ސްކީމަކީ ދިވެހި ޒުވާނުންނަށް ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއިން އިތުރު ފުރުޞަތުތަކެއް ފަހިކޮށްދީ، އެދާއިރާގެ ކުރިއެރުން އަށަގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދެއް ފުއްދެވުމުގެ ގޮތުން ތައާރަފު ކުރެވުނު ސްކީމެކެވެ.
މި ލޯނު ސްކީމުގެ ފަންނީ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ދެ ހަފްތާ ކުރިން އެމަނިކުފާނުގެ މީސްމީޑިއާ އެކައުންޓްގައި ހިއްސާކުރައްވާފައެވެ. އެހެންކަމުން، މިހާރު ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވުމަކީ، ކޮންޓެންޓް އުފައްދާ ފަރާތްތަކަށް އުންމީދުގެ ހުޅުކޮޅެއް ދިއްލިގެންދާނެ ކަމެކެވެ.

މެނިފެސްޓޯ ގައިވާ ވަޢުދު ތަކުގެ ތެރެއިން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމަޔަށް ވަނީ ގޮސްފައި. މި ލޯން ސްކީމް ގެ މަޤްޞަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް،…

— Dr Mohamed Muizzu (@MMuizzu) September 14, 2025


މި ސްކީމު ފަރުމާކޮށްފައިވަނީ މީޑިއާ ކޮންޓެންޓް، އޯޑިއޯ، ވީޑިއޯ އަދި އިމޭޖް ޕްރޮޑަކްޝަން، އެންޓަޓެއިންމަންޓުގެ އިތުރުން ސޭލްސް އަދި މާކެޓިން އަށް ޚާއްސަ ކޮންޓެންޓްގެ ދާއިރާ ހިމެނޭ ގޮތަށެވެ. އެސްޑީއެފްސީން ބުނީ މި ލޯނުން ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ބޭނުންވާ ސާމާނު ގަތުމާއި، އުފެއްދުމަށް ބޭނުންވާ އެކި ޚަރަދުތައް ހަމަޖެއްސޭނެ ކަމަށެވެ.
މި ސްކީމުގެ ދަށުން ދޫކުރާ ލޯނުގެ ތަފްސީލަށް ބަލާއިރު، ރަހުނަކާއެކު 500،000 (ފަސްލައްކަ) ރުފިޔާ އާއި، ރަހުނަކާ ނުލައި 150،000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާގެ ލޯނު ދޫކުރެވޭނެއެވެ. މި ލޯނުތައް ދޫކުރަނީ %9.5 ގެ ޕްރޮފިޓް ރޭޓެއްގައި 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކުއެވެ. އަދި ލޯނު ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.
ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކޮށް، ފަންނުވެރި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، އެ ސިނާއަތްތައް އިތުރަށް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ތަޞައްވުރެކެވެ. ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ގާއިމުކުރުމަކީ ސަރުކާރުގެ މެނިފެސްޓޯގެ މުހިންމު ވައުދެއްކަން ފާހަގަކޮށްލެވެއެވެ.
ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ %15 (ފަނަރަ އިންސައްތަ) އަކީ ކްރިއޭޓިވް އިންޑަސްޓްރީގެ ހިއްސާއަކަށް ހެދުމެވެ. މި އަމާޒު ހާސިލްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މީގެ އިތުރުން، އަންނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

250 ބަކަރި ވަގަށް ނަގައިގެން ޔަހޫދީ ކޮމާންޑަރު ހައްޔަރުކޮށްފި

ނުޙައްޤުން މުއްސަނދިކަން ހޯދި މީހުންގެ ލިސްޓު ހޯދައިފި

އެންމެ ފަހުން އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ރެޑް ލައިނަށް ރުހިއްޖެ

Continue Reading

Previous: އިއްޔެ ނިޔާވީ ކުޅިވަރުގެ ޢާއިލާގައި ފިޔަޖެހި ތަރިއެއް
Next: ކްރެޑިޓް ކާޑުން ފައިސާ ނެގޭ އަދަދު 1500 އަށް ބޮޑުކުރަން ރައީސް މުޢިއްޒު ނިންމަވައިފި

Related Stories

26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
9E983EBC-9DA9-49DF-9821-2BB64A9A15A9
  • ޚަބަރު

ވެމްކޯ މުވައްޒަފު ވެއްޓުން: ކަންކަން ސިއްރުކުރަން ވެމްކޯއިން އުޅުނު ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް – ވެމްކޯ

admin February 24, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.