Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ދެއިންތިޚާބު އެއްކޮށްލުން – ފެންނަ ނުފެންނަ ވޯޓު ލާން އެންމެ ރަނގަޅީ ލޯކަލް ކައުންސިލް އިންތިޚާބުގައި
  • ޚަބަރު

ދެއިންތިޚާބު އެއްކޮށްލުން – ފެންނަ ނުފެންނަ ވޯޓު ލާން އެންމެ ރަނގަޅީ ލޯކަލް ކައުންސިލް އިންތިޚާބުގައި

admin January 5, 2026
IMG_9052

ދެ އިންތިޚަބު އެއްކޮށްލުމުން ރައްޔިތުންގެ ޓެކްސް ފައިސާއިން 80 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމުން ދައުލަތަށް 80 މިލިޔަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ. 

ފަލާހު މިހެން ވިދާޅުވީ ދެ އިންތިޚާބު އެއްކޮލުމަށް ޤާނޫނުއަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ. 

ފަލާހު ވިދާޅުވީ ދެ އިންތިޚާބު އެއްކޮލުމަށް މި ހިނގާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކުރުމަށް ނިންމާފައިވާއިރު އޭގެ ސަބަބުން 20 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރުން 6 މަސް ދުވަސް އުނިވާނެ ކަމަށެވެ. ނަމަވެސް މިއީ ޤައުމާއި އިގްތިސާދަށް ވިސްނާނަމަ ފައިދާ ހުރި ކަމެއް ކަމަށާއި އެފަދަ ކަންކަމުގައި މެންބަރުންނަށް ގެއްލުންވިނަމަވެސް ތިއްބަވާނީ ޤައުމަށް ފައިދާވާނެ ގޮތަށް ކަމަށް ފަލާހު ވިދާޅުވިއެވެ. 

މަޖިލިސް އިންތިޚާބު ބޭއްވުމަށް 60 މިލިޔަން ރުފިޔާ އާއި 80 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދެއް ޚަރަދުވާކަން ތަފާސްހިސާބުތަކުން ދައްކާކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ ދެ އިންތިޚާބު އެއްކޮލުމުން އެ ޚަރަދު ސަލާމަތް ކުރެވޭނެ ކަމަށެވެ. 

ޤާނޫނުއަސާސީގައިވާގޮތުން މަޖިލީހުގެ ދައުރަށް ބަދަލު ގެނައުމުގެ ބިލު ފާސްކުރުމަށްފަހު އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހެއެވެ. އެހެންވެ، އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ވޯޓު ނެގުމަށް ބިލުގެ މަސައްކަތް ނިންމުމަށް މިއީ އެންމެ އެކަށީގެންވާ ވަގުތު ކަމަށް ފަލާހު ވިދާޅުވިއެވެ. 

“ހަގީގަތުގައި މިވުގުތު މިއީ އެންމެ ރަނގަޅުވަގުތު ޤާނޫނުއަސާސީއަށް މި ދެ އިންތިޚާބު އެއްކޮށްލަން މި އިސްލާހު ގެންނަަކަމަށް ވަންޏާމުން ގެންނަން. ވަގުތު ރަނގަޅު ކަމަށް މި ދަންނަވާ އެންމެ މުހިންމު އެއް ސަބަބަކީ ކައުންސިލް އިންތިޚާބާ ދިމާކޮށް ފޮނުވާތީ. އެ ނޫންގޮތަކަށް އިސްލާހު ކުރާނަމަ އަނެއްކާވެސް އިތުރު އިންތިޚާބެއް ބާއްވައި ދައުލަތަށް ޚަރަދުބޮޑުވާނެ،” ފަލާހު ވިދާޅުވިއެވެ. 

މަޖިލީހުގެ ދައުރު ކުރުކޮށް ދެ އިންތިޚާބު އެއްކޮށްލުމަށް ސިޔާސީ ގިނަ ލީޑަރުންތަކެއްވެސް ތާޢީދުކުރައްވާކަން މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިފަދަ އިސްލާހަކަަށް އަމަލުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހު ކަމަށްވާތީ ބިލާ ދެކޮޅުު ހެދުމުގެ މާނައެއް ނެތް ކަމަށްވެސް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ. 

ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހުގައިވާ ގޮތުން މަޖިލީހުގެ ދައުރު ފަށާ ޖަލްސާ 1 ޑިސެމްބަރަށް ބަދަލުވާނެއެވެ. އަދި މިހާރު ހިނގަމުންދާ ދައުރުގެ މުއްދަތު 1 ޑިސެމްބަރ 2028 އާ ހަމައަށް ހަމަވާނެއެވެ. މިހާރު އޮތްގޮތުން މަޖިލީހުގެ ދައުރު ހަމަވާނީ 2029ވަނަ އަހަރުގައެވެ.

ލީކު: ޣައްޒާ އަކީ އެމެރިކާގެ ވަގުތީ ސްޓޭޓަކަށް ހަދަން މަސައްކަތް ކުރަނީ

އެމެރިކާ، ޔޫކޭ، ކެނެޑާ އަދި އޮސްޓްރޭލިޔާއިން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވާން އޮތީ އަންގާފަ! ސ...

އިނގިރޭސި ސަފީރު އިސްލާމް ވެއްޖެ

Continue Reading

Previous: ކިނޮޅަސް ކައިރިން މަރުވެފައި އޮއްވާ ފެނުނު މީހާގެ ޖިންސު ވެސް ވަކި ނުވޭ
Next: 3 ކިލޯ މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.