މި އަހަރު ފެށީ ރުޤްޔާގެ ނަމުގައި ހިންގި ޖަރީމާއެއްގެ މައްސަލައިގައި މީހަކަށް ޖިނާއީ ހުކުމެއް ކުރި ޚަބަރާއި އެކުގައެވެ. ރުޤްޔާ އަކީ އިސްލާމްދީނުގައި އޮންނަ ކަމެކެވެ. އެކަމަކާއި ދެބަސް ވެވޭކަށް ނެތެވެ.
ނަމަވެސް، ފަހުގެ ކޯޓު ހުކުމްތަކުން ވަނީ ރުޤްޔާގެ ނަމުގައި ޖިންސީ އެދުން ހިންގަން އުޅޭ ކަންކަމުގެ މައްސަލަތަކެއް ފަޅާއަރާފައެވެ. ވަރަށް ބޮޑަށް ހާސްކުރުވަނިވި ހަގީގަތެއް ފަޅާއަރުވާލާފައެވެ:
“ރުޤްޔާ” ގެ ނަމުގައި ބަޔަކު މި ހިންގަނީ ޖިންސީ އަދި ޖިސްމާނީ އަނިޔާއެވެ. މި މައްސަލައިގައި ދެ ފިރިހެނުންނަށް ދިގު ޖަލު ހުކުމެއް އިއްވާފައިވާއިރު އަންހެނަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުން ދީނީ ތާކިހާ އަޅައިގެން އުޅޭ ރުގްޔާގެ ނަމުގައި ކިޔަވަމުންދާ ޝައިތާނުންތަކެއް އުޅޭ ކަމަށް އެބަ ސާބިތު ވެއެވެ.
މުޖުތަމަޢު ހޭލަން ވެއްޖެއެވެ. ދިވެހިންނަކީ ދިނީ ކަމެކޭ ބުނެފިނަމަ ހައްޓަކު ހެޔެއް ހުންނަ ބައެއް ނޫނެވެ. އެވެސް ރަނގަޅެވެ. ދިވެހިންނަކީ ދީނަށް ލޯބިކުރާ ބައެކެވެ. ނަމަވެސް، އިސްލާމް ދީނުގައި ރުޤްޔާއަކީ އެކަހެރިވެގެން ތިބެ ކުރާން އޮންނަ ކަމެއް ނޫނެވެ. އަދި ޖިސްމާނީ ގުޅުމާއި އެއަށް މަގުފަހިވާ ކަމެއް ކުރުން ނުވަތަ ތަނެއްގައި އަތްލުން ނުވަތަ އަތް ބީއްސުމެއްވެސް ނޯވެއެވެ.
ރުޤްޔާ އަކީ ހަމައެކަނި ޤުރުއާން ކިޔެވުމާއި ދުޢާ ގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. ތަންތަނަށް ފުމެ، އަތްލައި، އަތް ހާކާކަށް ނުޖެހޭނެއެވެ. އެއަށް ވުރެ ރުޤްޔާ އަކީ ޠާހިރު އަދި ސާދާ ޢަމަލެކެވެ. ޝިފާގެ ނަމުގައި އަހަރެމެންގެ ދަރީންގެ ގައިގައި އަތްލާ، ހިފަހައްޓައި، ތަޅައި، ހެދުން ބާލުވައި ހަދާނަމަ އެ މީހަކީ ރުޤްޔާ ކުރުމުގެ ނަމުގައި އުޅޭ މަކަރުވެރި ހީލަތްތެރިއެކެވެ.
“ރުޤްޔާ ޝައިޠާނުން” ގެ ނިޝާންތައް:
ރުޤްޔާ ކުރާއިރު ދެން ތިބި މީހުން ދުރަށް ފޮނުވުން
ހަށިގަނޑުގައި އަތްލުން ނުވަތަ އަތްލާން އުޅުން
ބިރުވެރިކަމާއި، އިންޒާރުދިނުމާއި، ނުވަތަ ޖިންނި ގެންގުޅޭ ކަމަށް ބުނާ ދައުވާތައް ބޭނުންކުރުން
ބަލިމީހާ އާއި އެހެން މީހުން ވާހަކަ ދެއްކުން ހުއްޓުވުން
ރިޤްޔާގެ ވާހަކަ ސިއްރު ކުރާން ބުނުން
މައިންބަފައިންނާއި ބެލެނިވެރިން ހަނދާންކުރަންޖެހޭނީ:
އިސްލާމް ދީނުގެ އެއްވެސް ޢަމަލެއްގައި ޖިންސީ ގުޅުން ހިންގުމާއި އަނިޔާކުރުމުގެ ހުއްދައެއް ނޯންނަކަން
ހިމޭންކަމުން އަނިޔާވެރިން ރައްކާތެރިކޮށްދެނީ، ބަލި މީހާ ނޫންކަން
އަނިޔާ ރިޕޯޓް ނުކުރުމަކީ އޭގެ ޒާތުގައި ކުށެއްކަން
ހަދަންވީ ގޮތް
ރުގްޔާ ކުރަން އައި މީހާގެ އަމަލުތަކުން ޝައްކެއް އުފެދޭ ނަމަ ވަގުތުން ފުލުހުންނަށް ރިޕޯޓްކުރުން
ޤާބިލް، ޤަބޫލުކުރެވޭ ދީނީ ޢިލްމުވެރިންގެ އެހީތެރިކަން ހޯދުން
ކުދިންނަށް “ނޫން” ބުނުމަށް ނުވަތަ އިންކާރުކުރުމަށް “ތަރުބިއްޔަތުކުރުން”
ދީނަކީ އިންސާނީ ކަރާމާތް ހިމާޔަތް ކުރާ އެއްޗެކެވެ. ވީމާ އެ ކަރާމާތް ނައްތާލައިފި ނަމަ ދީނުގެ ބޭނުމެއް ނެތެވެ. މާނަ އަކީ ދީނުގައި އޮންނާނީ ކަރާމާތް ހިފެހެއްޓުމެވެ.
އަނިޔާވެރިކަމުގެ މާސްކެއްގެ ގޮތުގައި އިސްލާމްދީން ބޭނުންކުރާ މީހުންނާއި ދެކޮޅަށް ރައްޔިތުން ސާބިތުވެ ތިބެންޖެހެއެވެ. އާއިލާ ހިމާޔަތް ކުރާށެވެ. ރުޤްޔާގެ ނަމުގައި ދެމުންދާ އަނިޔާތައް ހުއްޓުވާށެވެ.
