Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ތަރިކަ ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖީލެއް ބިނާކުރަން މެޑްމަ ސާޖިދާ ގޮވާލައްވައިފި
  • ޚަބަރު

ތަރިކަ ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖީލެއް ބިނާކުރަން މެޑްމަ ސާޖިދާ ގޮވާލައްވައިފި

admin November 16, 2025
IMG_8295

ޕީއެސްއެމް ފޮޓޯ

                    ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް 40 ފަރާތަކަށް ހަވާލުކޮށްފި

ދިވެހި ތާރިޚާއި ތަރިކަ ރައްކާތެރިކޮށް، ޤައުމު ދެކެ ލޯބިވާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ފޯރުކޮށްދިން ސްކޮލަރޝިޕް ފުރުޞަތަކީ މުހިންމު ފިޔަވަޅެއްކަމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން “ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް” ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން
އެކަމަނާގެ ވިދާޅުވީ، ދިވެހިން ދިވެހީންގެ ގޮތުގައި އަދި ޤައުމެއްގެ ގޮތުގައި ދެމިތިބުމަށް، ދިވެހި ތާރީޚަކީ ކިހާ މުހިންމު އެއްޗެއްކަން ވިސްނާ އެމަގުން މަސައްކަތްކުރަންޖެހޭ ކަމަށެވެ.

ދިވެހި ޘަޤާފަތާ ތަރިކައިގެ ދާއިރާއިން 40 މީހަކަށް ސްކޮލަރޝިޕް ފުރުޞަތު ވަނީ ދީފައެވެ.

. ރާއްޖެއަކީ ތާރީޚީ އެތައް މުއްސަނދިކަމެއް ލިބިފައިވާ ޤައުމެއްނަމަވެސް، މީގެކުރީގައި އެތައް ތަރިކައެއް ނެތިގޮސް އަދި ނައްތާލެވިފަވުމަކީ ކަންބޮޑުވާކަމެއްކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ. މީގެތެރޭގައި މައުނަވީ އަދި މާއްދީ ތަރިކަ ހިމެނޭއިރު، ދިވެހިންގެ އިހުގެ ވާހަކަތަކާއި ހިރިގަލު މިސްކިތްތައްފަދަ ބިނާތައްވެސް ހިމެނޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މެޑްމަ ސާޖިދާ ވިދާޅުވީ މާދަރީ ބަހަށްވެސް ބޭރުގެ ބަހުގެ އަސަރު ފޯރަމުންދާ ކަމަށާއި، ބޭރުގެ ބަހަށް ފަރިތަވަމުންދާއިރު، ދިވެހި ތާރީޚާއި ތަރިކަ ދޭހަ ނުވާ ކަމަށެވެ.

“މާދަރީ ބަހަށްވެސް އަސަރު އެބަ ފޯރާ. ބޭރުގެ ބަހަށް ފަރިތަވަމުންދަނީ. ދިވެހި ތާރީޚާއި ތަރިކަ ދޭހަ ނުވޭ. އެކަމުގެ މުހިންމުކަން އިހުޞާސުވާންވީ މީހުންނަށް އިޙުސާސުވޭބާއޭ ހިތަށްއަރާ. އެހެން ޤައުމުތަކުގައި އެމީހުންގެ ބަހާ އާދަތަކަށް ފަރިތަ ޖީލެއް ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރޭ،” އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ ދިވެހިންގެ ދީނާއި ޘަޤާފަތާއި، އާދަކާދައާއި ތާރީޚުގެ ވާހަކަތައް މި އަސާސުގެ މަތީގައި ކުރިއަށްގެންދަންޖެހޭ ކަމަށާއި، އެކަމަށް ކުރަންހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ. އަދި ދިވެހިންގެ ރީތި އަޙުލާޤާ ދިވެހިންގެ މަސައްކަތެރިކަމާއި ހުނަރުތަކުގެ ހަރުދަނާގޮތްތައް، ރަނގަޅު މިސްރާބުގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ދައްކަންޖެހޭކަން ފާހަގަކުރެއްވިއެވެ.
މެޑްމަ ސާޖިދާ ވަނީ މި ޤައުމު އިންތިޒާރުކުރަމުން ދަނީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، ޝައުޤާއި ހިތްވަރު ހުރި، ވަޒަންދެކެ ލޯބިވާ އަމިއްލަވަންތަ ދިވެހި ޖީލުތަކަށް ކަމަށް ވިދާޅުވެފައެވެ.

“އަމިއްލަ ފައިމައްޗަށް ތެދުވެފަވާ، ޝަޢުގާ ހިތްވަރު ހުރި ވަޒަންދެކެ ލޯބިވާ އަމިއްލަވަންތަ ދިވެހި ޖީލުތަކަށް މި ޤައުމު ދަނީ އިންތިޒާރުކުރަމުން. އިސްލާމީ ރިވެހި އަޙުލާޤާ ދިވެހިންގެ ރީތި އާދަކާދަތައް އަލުން ހޯދަންޖެހޭ،” އެކަމަނާ ވިދާޅުވިއެވެ.


ދިރާސާ ކުރުމަށް ދޫކުރި ސްކޮލަރޝިޕްތަކުގެ މަޤުޞަދަކީ ދިވެހި ޤައުމުގެ މައުނަވީ އަދި މާއްދީ ތަރިކަތަކަށް ޢިލްމީ ލޮލަކުން ބަލާ ވަޒަންކުރުމުގެ ޤާބިލުކަން އަށަގަންނުވައިދޭ ފުރަތަމަ ފިޔަވަޅުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ފާހަގަކުރައްވާފައެވެ. މި މަސައްކަތަކީ ދިވެހި ޤައުމުދެކެ ލޯބިވާ ޖީލެއް ބިނާކުރުމަށް ކުރެވޭ އަގުހުރި މަސައްކަތެއްގެ ގޮތުގައި އެކަމަނާ ވިދާޅުވިއެވެ.

އެންމެންވެސް ޝާމިލުކުރުމުގެ ސަގާފަތެއް ގެންގުޅެންޖެހޭ: ރައީސް

ދުންފަތް މަނާކުރަންވީ 2000 ގެ ޖީލަށް: ރައްޔިތުން

Continue Reading

Previous: ލޯނު ތަކަށް ހެސްކިޔާފަ ލުއި ދިނުމަށް ރައީސް އަންގަވައިފި
Next: ކުޑަކުއްޖާ އަށް ދިން ސިޔާސީ ޙަމަލާ ޢާއިލާގެ ކޮޅަށް ނިންމައިފި

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.