Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ޤައުމީ ޓީމުގެ ކުރީގެ ކީޕަރު އިފްރާޙަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި
  • ކުޅިވަރު

ޤައުމީ ޓީމުގެ ކުރީގެ ކީޕަރު އިފްރާޙަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި

admin September 23, 2025
IMG_7328

ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅަދާނަ ކީޕަރު، އިބްރާހިމް އިފްރާޙް އަރީފަށް ސްޓްރޯކެއް ޖެހިގެން މާލޭގެ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް އޭނާގެ އާއިލާއިން ހާމަކޮށްފިއެވެ.

އާއިލާއިން ބުނީ އިފްރާހްގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި، އިއްޔެ ސިކުނޑިއަށް އެޅިފައިވާ ލޭތައް ނެގުމަށް ސާޖަރީއެއް ހަދާފައިވާ ކަމަށެވެ.
އުމުރުން 36 އަހަރުގެ އިފްރާޙަށް މި ސްޓްރޯކް ޖެހުނީ އިއްޔެއެވެ.

ސިކުނޑިއަށް ލޭއެޅި، ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު އިރު، ޑޮކްޓަރުން ވަނީ އިއްޔެ އެޑުވަންސް ސާޖަރީއެއް ކޮށްފައެވެ. ނަމަވެސް، އޭނާ އަދިވެސް އޮތީ އައިސީޔޫގައި ގާތުން ބަލަމުންދާ ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.


އިބްރާހިމް އިފްރާހަކީ ދިވެހި ފުޓްބޯޅަ ދާއިރާއިން ފާހަގަކޮށްލެވުނު ހުނަރުވެރި ކުޅުންތެރިއެކެވެ. 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލިއިރު، އެ ގައުމީ ޓީމުގެ ކީޕަރުންގެ ތެރޭގައި އޭނާ ހިމެނެއެވެ. އެ ދުވަސްވަރު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުން އެންމެ މޮޅު ކީޕަރުންގެ ތެރޭގައި އިފްރާހް ފާހަގަކުރެވުނެވެ.

ނަމަވެސް ފަހުން ލިބުނު އަނިޔާގެ ސަބަބުން އޭނާ ކުޅުމާ ދުރުގައި ހުރުމަށްފަހު ބޮޑެތި މުބާރާތްތަކުން އޭނާ ފެނިފައެއް ނުވެއެވެ.
އިފްރާޙް އެންމެ ފަހުން ކުޅުނު ކްލަބަކީ މީގެ ހަ އަހަރު ކުރިން ޓީސީ ސްޕޯޓްސް ކުލަބެވެ.

އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީ ކްލަބް ވެލެންސިޔާއިންނެވެ. އޭގެ ފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ނިއުރޭޑިއަންޓާއި، ވިކްޓްރީ އަދި ބީޖީއަށްވެސް ކުޅެފައިވެއެވެ.


ގައުމީ ޓީމުތަކަށް ބަލާއިރު، އިފްރާހަކީ ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަނެކެވެ. އަދި 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި އޭޝިއަން ގޭމްސް، ސައުތު އޭޝިއަން ގޭމްސް އަދި އޮލިމްޕިކް ކޮލިފައިންގައި ރާއްޖެ ތަމްސީލުކޮށް، ގިނަ ބައިނަލްއަގްވާމީ ތަޖުރިބާތަކެއް އޭނާ ވަނީ ހޯދާފައެވެ.

ފުޓްސަލްގައި އެންމެ މޮޅީ ދިވެހިން، އެކަމަކު ލަނޑު ޖެހުމުގެ ރޭޓް ދަށް ވާން ފަށައިފި

ރާއްޖެއަށް ސަރަޙައްދުގެ ޗެމްޕިއަން! ރައީސްގެ ޝުކުރު އެންމެނަށް!

ލެވަންޑޯސްކީ އާއި ބަލްޑޭއަށް ފައިނަލްގައި ނުކުޅެވޭނެ

Continue Reading

Previous: ސަރުކާރުން ޑޮލަރުގެ ކަޅުބާޒާރަށް ލޮޅުން އަރުވާލަނީ
Next: ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް ވެސް މާލީ ބަޔާން ހުށަހެޅުމަށް މަޖުބޫރުކުރުމަށް މަޖިލީހަށް ހުށަހަޅައިފި

Related Stories

130EDBC0-6EB7-4529-A323-CFFB8D960E09
  • ކުޅިވަރު

މާރަންދޫ އާއި ކެޔޮދޫ ތަޅާލައި ތިމަރަފުށްޓާއި ދެއްވަދޫ ކުއާޓާއަށް

admin February 5, 2026
4AA63DDB-2D0E-4034-BC00-7B55555DF950
  • ބޭރު ކުޅިވަރު
  • ކުޅިވަރު

ހީކުރި ގޮތާއި ޚިލާފަށް އެމެރިކާ ބަލިކޮށް މިފަހަރުގެ ތަށި ކަޒަކިސްތާނުގެ އެލީނާ އަށް

admin February 2, 2026
D9AFF373-B457-41CB-BFF4-5A4961CA3CC0
  • ކުޅިވަރު
  • ޚަބަރު

ވިސާ މައްސަލައިގައި ބެންކޮކުން މަޝްހޫރު ދިވެއްސަކު އުފުރާލައިފި

admin January 30, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.