Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ސަރުކާރުން ޑޮލަރުގެ ކަޅުބާޒާރަށް ލޮޅުން އަރުވާލަނީ
  • ވިޔަފާރި

ސަރުކާރުން ޑޮލަރުގެ ކަޅުބާޒާރަށް ލޮޅުން އަރުވާލަނީ

admin September 22, 2025
IMG_7319

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައި، ޑޮލަރުގެ ކަޅު ބާޒާރުގެ އަޅުވެތިކަމުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ނޮވެމްބަރ 11އިން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެންނެވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މުލަކަތޮޅު މުލީގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ އިގްތިޞާދު ހަރުދަނާކޮށް، ޑޮލަރުގެ އަގު އުފުލުނަ ނުދިނުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ޑޮލަރުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން، މާލޭގެ އިތުރުން ރާއްޖޭގެ 7 އަރބަންސެންޓަރުގެ ގޮތުގައި ތަރައްޤީކުރާ ރަށްތަކާއި ފަތުރުވެރިކަން ކުރިއަރާފައިވާ ރަށްތަކުގެ ތަރުތީބުން މިހާތަނަށް ޑޮލަރު އޭޓީއެމް ނުބަހައްޓާ 40 ރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ވިޔަފާރި ކުރާ ފަރާތްތަކަށް ފަސޭހަ ގިނަ ފައިދާތަކެއް ލިބިގެންދާނެގޮތަށް ބީއެމްއެލް މެދުވެރިކޮށް ޗައިނާގެ ޔުއާނުން އެކައުންޓު ހުޅުވޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ 1ން ފެށިގެން، ޗައިނާގެ ފައިސާއަށް ޚާއްސަކޮށް ދުނިޔޭގެ 180އަށްވުރެ ގިނަ ޤައުމުތަކުގައި ބޭނުންކުރާ ޔޫނިއަން ޕޭގެ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުވެސް ތައާރަފު ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ. މި ބަދަލު އިންޑިއަން ރުޕީސްއިންވެސް ގެނައުމަށް ނިންމަވާފައިވާކަމަށާއި، އެ މަސައްކަތް ބީއެމްއެލުން މިހާރު ކުރަމުން އަންނަކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ބީއެމްއެލް މެދުވެރިކޮށް ބޭރުގައި މުއާމަލާތް ކުރެވޭ ޑޮލަރުގެ އަދަދަށްވެސް މިއަހަރުގެ ނޮވެމްބަރު މަހުގެ 11ވަނަ ދުވަހުން ފެށިގެން ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން:

ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގައި ޕީއޯއެސް މެޝިންތަކުން ފައިސާ ދެއްކޭ އަދަދު 1000 ޑޮލަރަށް އިތުރުވެގެންދާނެއެވެ.
ހަމަ އެ ތާރީޚުން ފެށިގެން އެއަރލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖޭން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3000 ޑޮލަރަށް އިތުރުވެގެންދާނެއެވެ.
ބޭސްފަރުވާއަށް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ބޭންކުގައި އެދުމުން ހޮސްޕިޓަލަށް ފައިސާ ދެއްކޭނެ ގޮތްވެސް ހަމަޖެހިގެންދާނެއެވެ.

މި ފިޔަވަޅުތަކާއެކު ރާއްޖޭގައި ޑޮލަރުގެ ބްލެކް މާކެޓުގެ އަޅުވެތިކަމުން ރައްޔިތުން ސަލާމަތްވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިގްތިސާދު ރަނގަޅުކޮށް، ރާއްޖޭގެ ފަރުދުންގެ ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން އިތުރު ގިނަ ކަންތައްތައް ކުރައްވާނެކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާކުރުން ލާޒިމްކުރާ ބޭރުފައިސާއާ ބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނާއެކު ޑޮލަރުގެ ރިޒަރވް އިތުރުވެ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ އާމްދަނީ ވަނީ އިތުރުވާން ފަށާފައެވެ. އަދި ޑޮލަރުގެ މައްސަލައަށްވެސް އޭގެ ސަބަބުން ހައްލުތަކެއް ލިބެމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި މީހުން ދެން ފެންނާނީ ރިސޯޓް އޯނަރުންގެ ގޮތުގަ

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް އިންޑިޔާގައި ބޮޑު ރޯޑް ޝޯއެއް

ބޭނުންކުރެވޭ ރިޒާވް 300 ބިލިއަން ޑޮލަރަށް އަރައިފި

Continue Reading

Previous: މުލީގައި 300 ހައުސިންގ ޔުނިޓް އަޅަނީ
Next: ޤައުމީ ޓީމުގެ ކުރީގެ ކީޕަރު އިފްރާޙަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި

Related Stories

26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
6D005774-EF96-4A5E-AEAD-C70D09AC9338
  • ވިޔަފާރި
  • ޚަބަރު

ބޭނުންކުރެވޭ ރިޒާވް 300 ބިލިއަން ޑޮލަރަށް އަރައިފި

admin February 21, 2026
04DDA77C-1405-49D6-A7BF-46D71A87A96C
  • ވިޔަފާރި
  • ޚަބަރު

ޤަބޫލު ކުރިޔަސްނުކުރިޔަސް، ކްރޫޒް ޝިޕްތަކަށް ޓޫރިޒަމް އާއި ގުޅުން ހުރި މުއައްސަސާތަކުގެ އިހުމާލު ބޮޑު

admin February 14, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.