Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • މުލީގައި 300 ހައުސިންގ ޔުނިޓް އަޅަނީ
  • ޚަބަރު

މުލީގައި 300 ހައުސިންގ ޔުނިޓް އަޅަނީ

admin September 22, 2025
IMG_7317

މުލަކަތޮޅު މުލީގައި 300 ހައުސިންގ ޔުނިޓް އަޅައިދިނުމުގެ މަސައްކަތް އަންނަ އަހަރުގެތެރޭގައި ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މުލީގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ރައީސް ވަނީ ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދަން ހަމަޖެހިފައި މަޝްރޫޢުތައް ފާހަގަކުރައްވައި އެކަންކަން ވީހާވެސް އަވަހަށް ކުރިއަށްގެންދަވާނެކަމަށް ވިދާޅުވެފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މުލީގައި ކުރިއަށްގެންދާނެ އެންމެ ބޮޑު މަޝްރޫޢުއަކަށްވާނީ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދިނުމުގެ މަސައްކަތްކަމަށެވެ. އެގޮތުން 2 ފިޔަވައްސަކަށް ބަހާލައިގެން އަންނަ އަހަރު، 300 ހައުސިންގ ޔުނިޓް އެރަށުގައި ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށް ވިދާޅުވިއެވެ. އާބަދީ ބޮޑުވަމުން މުލީ ފަދަ ރަށްރަށުގައި ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ.

“300 ޔުނިޓްގެ މަސައްކަތް ގެންދާނީ ދެ ބަޔަކަށް. ފެބްރިއަރީ ހިސާބުގައި 150 ޔުނިޓްގެ މަސައްކަތް ފަށާނަން. އަދި ސެޕްޓެމްބަރު މަހު ހިސާބުގައި އިތުރު 150 ޔުނިޓްގެ މަސައްކަތް ފަށާނަން” ރައީސް ވިދާޅުވިއެވެ. 

ރައީސް ވަނީ މުލީ އެއަރޕޯޓްގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް އިތުރު މަސައްކަތްތަކެއްވެސް ކުރިއަށްދާކަން ފާހަގަކުރައްވައި އެއަރޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސޭގޮތަށް ހެދުމަށް، ބޭނުންވާ ލައިޓް ޖެހުމުގެ މަސައްކަތް ފަށާފަވާކަމަށާއި، އެ މަސައްކަތްތައް އަންނަ މަހުގެ ނިޔަލަށް ނިމޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މުލީ އެއަރޕޯޓަށް ލިބޭ ކޮންމެ ކުރިއެރުމަކީ އެރަށާއި އަތޮޅުގެ ރައްޔިތުންނާ ސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުމަށްވެސް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ.

މުލީގައި ހުންނަ އެއަތޮޅު އަތޮޅު ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތައްވެސް ޚާއްސަ އިސްކަމެއް ދެއްވާކަމަށާއި، އިސްކަންދޭ އެ މަސައްކަތް ބާރަށް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. 

މީގެއިތުރުން މުއްޔާއި ނަލާފުށި ގުޅާލާ ކޯޒްވޭގެ މަސައްކަތް، ސޮއިކުރި މުއްދަތައްވުރެ ކުރިން ނިންމާނެކަމަށާއި، މުއްޔަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނައުމަށް 100 ކިލޯވޮޓްގެ ޖެންސެޓެއް މިއަހަރުތެރޭ ގެނެސް، ރަށުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. 

އިތުރު ކްލާސްރޫމްތަކާއެކު ރަށުގެ ސްކޫލްގެ ޖާގައިގެ މައްސަލަ ޙައްލުކުރުމުގ މަޝްރޫޢުއެއްވެސް އަންނަ އަހަރު ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި މަގުހެދުމަށް ފެށި މަޝްރޫޢާ ޕޮލިސްޓޭޝަންގެ މަސައްކަތަކީވެސް ތަރައްޤީއަށް މުހިންމު މަސައްކަތްތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

އިންސާނީ ޙައްޤާއި ބެހޭ ރައީސަކަށް ރަމީލާ

މައުމޫން ކުށުން ބަރީޢަ ވެއްޖެ

ވަކިވަކި ނޫސްވެރިން ޖޫރިމަނާ ނުކުރެވޭ ގޮތަށް މީޑިއާ ބިލް މަޖިލީހުން ފާސްކޮށްފި

Continue Reading

Previous: މުލަކުން އެސްޓީއޯ ރޭޓުން ތެޔޮ ލިބޭނެ ފިޔުލް ސްކިޑްގެ މަސައްކަތް އަންނަ ޖެނުއަރީގައި ފަށަނީ: ރައީސް
Next: ސަރުކާރުން ޑޮލަރުގެ ކަޅުބާޒާރަށް ލޮޅުން އަރުވާލަނީ

Related Stories

26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
9E983EBC-9DA9-49DF-9821-2BB64A9A15A9
  • ޚަބަރު

ވެމްކޯ މުވައްޒަފު ވެއްޓުން: ކަންކަން ސިއްރުކުރަން ވެމްކޯއިން އުޅުނު ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް – ވެމްކޯ

admin February 24, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.