Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ފަލަސްޠީނު މައްސަލަ ޙައްލުކުރުމަށް އދ.ގައި ފާސްކުރި ޤަރާރަށް ދިވެހިރާއްޖެއިން ތާއީދުކޮށްފި
  • ޚަބަރު

ފަލަސްޠީނު މައްސަލަ ޙައްލުކުރުމަށް އދ.ގައި ފާސްކުރި ޤަރާރަށް ދިވެހިރާއްޖެއިން ތާއީދުކޮށްފި

admin September 12, 2025
IMG_7194

ފަލަސްޠީނުގެ މައްސަލަ ސުލްޙަވެރިގޮތުގައި ޙައްލުކުރުމަށާއި، ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމަށް ގޮވާލާ، އ.ދ.ގެ ޢާންމު މަޖިލީހުގައި ފާސްކުރި “ނިއުޔޯކް ޑެކްލަރޭޝަން އޮން ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން” ޤަރާރަށް ދިވެހިރާއްޖެއިން ރަސްމީކޮށް ތާއީދުކޮށްފިއެވެ. މި ޤަރާރު ބަލައިގަނެފައިވަނީ އ.ދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގައެވެ.
މި “ނިއުޔޯކް ޑެކްލަރޭޝަން” އަކީ، މި އަހަރުގެ ޖުލައި މަހުގެ 28 އިން 30އަށް ސަޢޫދީ ޢަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގެ ދަށުން އ.ދ. ގައި ބޭއްވުނު “ހައި ލެވަލް އިންޓަރނޭޝަނަލް ކޮންފަރެންސް ފޮރ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން” ގެ ނަތީޖާ ޑޮކިއުމެންޓެވެ.
މިއަދު ބޭއްވުނު އ.ދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގައި މި ޤަރާރު ފާސްކޮށްފައިވަނީ ވަރަށް ބޮޑު ތާއީދަކާއެކުގައެވެ. ވޯޓުގައި ބައިވެރިވި ޤައުމުތަކުގެ ތެރެއިން 142 ޤައުމުން ވަނީ މި ޤަރާރަށް ތާއީދުކޮށްފައެވެ. ޤަރާރާ ދެކޮޅަށް 10 ޤައުމުން ވޯޓުދީފައިވާއިރު، 12 ޤައުމަކުން ވަކިކޮޅަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވަނީ ކަނޑައަޅާފައެވެ.
މި ޑެކްލަރޭޝަންގެ މައިގަނޑު މަޤުޞަދަކީ، ފަލަސްޠީނުގެ މައްސަލައަށް އިންސާފުވެރި އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް ގޮވާލުމެވެ. އަދި ފަލަސްޠީނުގައި މިނިވަން، އިޤްތިޞާދީ ގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ދައުލަތެއް ޤާއިމުކުރުމަށް ވަނީ ބާރުއަޅާފައެވެ. މިކަމުގެ ސަބަބުން ބައިނަލްއަޤުވާމީ އުސޫލުތަކާއި، ސަރައްޙައްދީ ސަލާމަތާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމާއި، އަމިއްލައަށް ކަންކަން ނިންމުމަށް ޤައުމުތަކަށް ލިބޭ ޙައްޤު އިތުރަށް ހަރުދަނާވެގެންދާނެކަމަށް ބެލެވެއެވެ.
މި ޤަރާރަށް ޢަރަބި ލީގުން މީގެ ކުރިން ތާއީދުކޮށްފައިވާއިރު، މިދިޔަ ޖުލައި މަހުގެ ތެރޭގައި އ.ދ.ގެ މެންބަރު 17 ޤައުމަކުން އެ ޤަރާރުގައި ސޮއިކޮށްފައިވެއެވެ. މި ޤަރާރު ބަލައިގަންނަން ފާސްކޮށްފައި މިވަނީ، ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެމެރިކާގެ ނިއު ޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ.ގެ ޢާންމު ބައްދަލުވުމުގެ ކުރިންނެވެ. މި ބައްދަލުވުމުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަންނާނެކަމަށް ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޯން ވަނީ އިޢުލާނު ކުރައްވައިފައެވެ. އޭގެ އިތުރުން މޮލްޓާއާއި ކެނެޑާއާއި އިނގިރޭސިވިލާތާއި ބެލްޖިއަމުން ވެސް ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފައެވެ.

ވިސާ މައްސަލައިގައި ބެންކޮކުން މަޝްހޫރު ދިވެއްސަކު އުފުރާލައިފި

ސޯޝަލް މީޑިއާ އެކައުންޓުތައް ބަންދުވާ ގޮތެއް މީޑިއާ ބިލުގައި ނެތް: ފަލާޙް

ޙައްޖު މިޝަންގެ މެމްބަރުންނާއި اسلامىކަންތަކާ ބެހޭ ވަޒީރު ބައްދަލުކުރައްވައިފި

Continue Reading

Previous: އދ. ގެ އާންމު މަޖިލީހުން ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށް ގަރާރެއް ފާސްކޮށްފި
Next: ސޯޝަލް މީޑިއާ އެކައުންޓުތައް ބަންދުވާ ގޮތެއް މީޑިއާ ބިލުގައި ނެތް: ފަލާޙް

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.