މި އަންނަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ނުވަތަ ހަފްތާ ބަންދުގައި އީރާނަށް ޙަމަލާ ދިނުމަށް އެމެރިކާ އާއި އިސްރާއީލާއި ހުޅަނގުގެ ޤައުމުތަކުން އެބަ ރާވައެވެ.
އެމެރިކާގެ ޤައުމީ ސަލާމަތުގެ އިސް އޮފިޝަލުންނާއި ޙަވާލާދީ ބައިނަލްއަޤްވާމީ އެތައް މީޑިއާއަކުން ދަނީ މިވާހަކަ ދައްކަމުންނެވެ.
މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިން ތިބީ އެލާޓިގައެވެ.
މަތިންދާބޯޓު އުފުލާ މަނަވަރުތަކާއި، ފަޔަރ ޖެޓްތައް ތައްޔާރީ ޙަލަތުގައި ތިބިއިރު، ރޭ ވެސް ގިނަ ޢަދަދެއްގެ ބޮންއަޅާ ބޯޓުތައް އެމެރިކާ އިން ފުރައިގެން މެދުއިރުމައްޗާއި ޔޫރަޕްގެ ސަރަޙައްދު ތަކަށް ދަތުރުކުރިއެވެ.
ނަމަވެސް މަސްދަރުތަކުން ބުނަނީ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ގޮތެއް ނުނިންމާ ކަމަށެވެ.
