Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އިންޑިއާގެ ކޯސްޓުގާޑުގެ 3 އުޅަނދެއް ރާއްޖޭގައި ޙަރަކާތްތެރިވާން ފަށައިފި
  • ޚަބަރު

އިންޑިއާގެ ކޯސްޓުގާޑުގެ 3 އުޅަނދެއް ރާއްޖޭގައި ޙަރަކާތްތެރިވާން ފަށައިފި

admin January 16, 2026
3D4AF237-D1F1-4151-868D-168647BE41DD

އަވަށްޓެރި އިންޑިއާގެ ކޯސްޓުގާޑުގެ 3 އުޅަނދެއް ރާއްޖޭގައި ޙަރަކާތްތެރިވާން ފަށައިފިއެވެ. މި 3 އުޅަނދު ރާއްޖެ އައީ އެކްސަސައިޒު ދޯސްތީގައި ބައިވެރިވުމަށެވެ. އިންޑިއާގެ އިތުރުން ލަންކާގެ ކޯސްޓްގާޑު ވެސް މި ޙަރަކާތުގައި ބައިވެރިވެއެވެ. 

އެކްސަސައިޒު ދޯސްތީއަކީ އިންޑިއާ، ދިވެހިރާއްޖޭ އަދި ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ކޮންމެ 2 އަހަރުން އެއް އަހަރަކު ކުރިއަށް ގެންދާ އެކްސައިޒެކެވެ. މީގެ 35 އަހަރު ކުރިން އެކްސައިސައިޒު ފެށީ އިންޑިއާ އަދި ރާއްޖޭގެ ކޯސްޓްގާޑާ އެކުގައެވެ. ނަމަވެސް 2012 ވަނަ އަހަރުން ފެށިގެން މިއެކްސަސައިޒުގައި ސްރީލަންކާއިން ދަނީ ބައިވެރިވަމުންނެވެ. މި އެކްސަސައިޒް ކުރިއަށްދާނީ، މިމަހުގެ 17 އިން 19 އަށް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވެއެވެ.

މި އެކްސަސައިޒުގައި ބައިވެރިވުމަށް، އިންޑިއާ ކޯސްޓްގާޑުގެ 3 އުޅަނދު ކަމުގައިވާ އައިސީޖީ ޑޯނިއަރ، އައިސީޖީއެސް އަތުލްޔާ އަދި އައިސީޖީއެސް ވަޖްރާ މިހާރުވަނީ ރާއްޖެއަށް އައިސްފައެވެ. އަދި ލަންކާ ކޯސްޓުގާޑުގެ އުޅަނދު އެސްއެލްއެންއެސް ސުރަނިމިލާވެސް ރާއްޖެ އައިސްފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މިއެކްސަސައިޒުގައި ބައިވެރިވުމަށް، ލަންކާއާއި އިންޑިއާ ކޯސްޓްގާޑުގެ އިސްފަރާތްތައްވެސް ވަނީ ރާއްޖެ އަންނަން ފަށާފައެވެ. ސްރީލަންކާ ކޯސްޓްގާޑުގެ ޑިރެކްޓަރ ޖެނެރަލް އާރްއޭޑީއެމް ރޯހަން ޖޯސެފް މިހާރު ވަނީ ރާއްޖެ އައިސްފައެވެ.

މިއަހަރުވެސް މި އެކްސައިސައިޒުގެ ތެރެއިން ސާޗު އެންޑް ރެސްކިއު ޑްރިލްތަކާއި، މެރިޓައިމް ޕޮލިއުޝަން ރެސްޕޮންސް އަދި މެރިޓައިމް ސެކިއުރިޓީއާއި ގުޅުންހުރި ޑްރިލްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވިއެވެ. މިއީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޑްރިލްތަކެއް ކުރިއަށް ގެންދާ އެކްސަސައިޒެއް ނަމަވެސް، މި އެކްސެސައިޒް ކުރިއަށްދާއިރު އެ ސަރަޙައްދުތަކުން ދަތުރުކުރާ ފަރާތްތައް ސަމާލުވުމަށް އެމްއެންޑީއެފްއިން ވަނީ ޢިލްތިމާސްކޮށްފައެވެ. 

އެމްއެންޑީއެފްއިން ވިދާޅުވީ، މި ހަރަކާތުގެ ސަބަބުން ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ. އަދި ޚާއްޞަކޮށް އެއް ޤައުމަކަށް މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ދަތިތައް ހުންނާނެ ކަމަށާއި އެހެންކަމުން ޤައުމުތައް ގުޅިގެން ކުރާ މަސައްކަތުން ފުރިހަމަ ނަތީޖާއެއް ނެރެވޭނެ ކަމަށެވެ.

މި އެކްސަސައިޒުގައި ޢަމަލީ ގޮތުން ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާ ބައިވެރިވާއިރު، އެހެން ބައެއް ޤައުމުތަކުން އެކްސަސައިޒު އޮބްޒާވް ކުރަން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޣައްޒާ ބަނޑަށްޖެހި އެންމެން ހަފުސްވާއިރު، ހަތިޔާރުގެ ގޮތުން ބާރުގަދަ އަރަބިން ކޮބާ؟

ހުޅުމާލޭ ފޭސް 3 ހިއްކަނީ ކުނި އަޅައިގެނެއް ނޫން

ކުރީގެ ވެރިކަންތަކުގައި މުލިއާގޭގައި ރާ ޕާޓީ! ފައިސާ ދެއްކީ މުލީއާގޭ ބަޖެޓުން!

Continue Reading

Previous: ފުޅާދާއިރާއެއްގައި ވޭޕްގެ ވިޔަފާރި ކުރި މީހަކު ހައްޔަރުކޮށްފި
Next: އެމެރިކާ އާއި އިސްރާއީލުގެ 3000 އެޖެންޓުން އީރާނުން ހައްޔަރުކޮށްފި

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.