Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • ވިޔަފާރި ބަނދަރު ވިއްކާލާކަށް ނޫޅޭ – މިނިސްޓަރު
  • ޚަބަރު

ވިޔަފާރި ބަނދަރު ވިއްކާލާކަށް ނޫޅޭ – މިނިސްޓަރު

admin January 6, 2026
IMG_9090

މާލޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް އެ ތަނުގައި ތަރައްގީކުރާ ޒަމާނީ ބަނދަރު ”ދުބާއީ ޕޯޓްސް ވޯލްޑް“އަށް ވިއްކާލަން ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވާހަކަތަކަކީ ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ވެސް ޑީޕީ ވޯލްޑުން އެފަދަ ހުށަހެޅުމެއް ހުށަހެޅި ކަމަށާއި ނަމަވެސް އެކަން ނުކުރެވޭނެކަން އެ ކުންފުންޏަށް އެންގެވި ކަމަށެވެ.

”ދެން މީގަ މުއިއްޒަށް ލިބޭ ފައިސާއެއް ލިބޭނެ. ޒަމީރަށް ލިބޭ ފައިސާއެއް ލިބޭނެ. މި ހުންނަނީ ޖިނާއީ ބޮޑެތި ކަންތައްތައް،“ ޔާމީން ވިދާޅުވި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ކުރިއަށް ގެންދާ ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ރަަސްމީކޮށް ފައްޓަވައިދެއްވައި ވާހަކަދައްކަވަމުން ޒަމީރު މިއަދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އިގްތިސާދަށް އައި ބަދަލާއެކު، ދުނިޔޭގެ ވަރަށް ގިނަ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓުކުރަން ބޭނުންވެފައިވާ ކަމަށެވެ.

”ޕޯޓަށް ވެސް، އެއާޕޯޓުގައި ހުރި ކަންކަމަށް ވެސް އަދި ދެން ހުރި ކަންކަމަށް ވެސް އިންވެސްޓުކުރަން ބޭނުންވޭ. ކޮންމެ މީހެއް ޕްރޮޕޯސަލެއް ހުށަހެޅިޔަސް [ރައީސް] ބައްލަވާނެ. އޭގެ މާނައަކީ ރައްޔިތުންނަށް ދެރަވާނެ ގޮތަކަށް ރައީސް ކަމެއް ކުރެއްވީކީއެއް ނޫން. ބަޔަކު ޕްރޮޕޯސަލެއް ހުށަހެޅުމަކީ އަދި ރައީސް އެ ގަބޫލުކުރައްވާ އެކަމެއް ކުރީކީއެއް ނޫން،“ ޔާމީންގެ ނަން ވިދާޅުނުވެ ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްޒަކީ އިލްމީ ބޭފުޅަކަށްވާތީ ޕްރޮޕޯސަލްތަކާ މެދު އެމަނިކުފާނު ގޮތް ނިންމަވަނީ ކަމާ ގުޅޭ ވަޒީރުންނާ އެހެންވެސް ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.

މާލޭގެ މައި ވިޔަފާރި ބަނދަރު ވިއްކާލަން ނިންމާފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށް މިނިސްޓަރު ޒަމީރު ވަރަށް ސާފުކޮށް ވިދާޅުވި އެވެ. ރައީސް މުއިއްޒު ކޮންމެ ކަމެއްވެސް ނިންމަވާނީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.

އާއަހަރާއި ގުޅިގެން ރައީސް ތަހުނިޔާ ފޮނުއްވައިފި

މަސްވެރިންނަށް 470 މިލިއަން ރުފިޔާ ދީފި

ޖާހުގެ އެކައުންޓުގައި ފައިސާހުރިނަމަ ހިފަހައްޓަން އަންގައިފި

Continue Reading

Previous: ތުހުމަތުތަކަށް މަދޫރޯ އިންކާރުކުރައްވައިފި
Next: ރާއްޖޭ ބަނގުރޫޓޫ ވާނެ ކަމަށް ފާއިތުވި ދެއަހަރު މާލީ އިދާރާތަކުން ބުނިއިރު، އެކަމެއް އެހެނެއް ނުވި!

Related Stories

439866_3_9d09d82fd5e55170cf752389b9586598fd99a499 (1)
  • ޚަބަރު

ރައްޔިތުންގެ ވިންދާއި އެއްގޮތަށް އިސްތިއުފާ ދެއްވި 10 ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޝުކުރު

admin April 14, 2026
26D38806-D3DC-4166-8883-F09A76C56A44
  • ރިޕޯޓް
  • ވިޔަފާރި
  • ޚަބަރު

ފްލެޓް ދިނަސް އެތަނަށް ރޭންޖެއް ނުލިބޭ – ރައްޔިތުން މާޔޫސްވެއްޖެ

admin March 1, 2026
FAF06A0B-AD1B-4D65-AD4E-089BE99C6443
  • ޚަބަރު

ބިތުފަންގި ސާވޭ: ދެއިންތިޚާބު އެއްކޮށްލުމާއި މެޖޯރިޓީ ދެކޮޅު (ސާވޭގެ ނަތީޖާގެ ފުރަތަމަ 6 ގަޑިއިރު)

admin February 25, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.