Skip to content

Bithufangi

Primary Menu
  • ޚަބަރު
  • IReporter
  • ކުޅިވަރު
    • ބޭރު ކުޅިވަރު
  • ރިޕޯޓް
  • ދީން
  • ލައިފްސްޓައިލް
  • ކޮލަމް
  • ވިޔަފާރި
  • މީހުން
  • ވާހަކަ
  • މަގޭ ރިޕޯޯޓް – މަގޭ ބަސް
ބިތުފަންގި
  • Home
  • އުނަގަނޑުގައި ރިއްސާތަ؟ ހަދާނީ ކިހިނެއް؟
  • ލައިފްސްޓައިލް

އުނަގަނޑުގައި ރިއްސާތަ؟ ހަދާނީ ކިހިނެއް؟

admin September 15, 2025
IMG_7241

އުނަގަނޑުގައި ރިއްސުމަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ދިމާވާ އާންމު މައްސަލައެކެވެ. އެހެންކަމުން، ރިއްސާ ސަބަބުތައް ދެނެގަނެ، އަމިއްލައަށް މިކަން ރަނގަޅުކުރެވިދާނެ ކަންކަން ނުވަތަ ޑޮކްޓަރުގެ ލަފާ ހޯދަންވީ ވަގުތު އެނގުމަކީ، މުހިއްމު ކަމެކެވެ.

އުނަގނޑުގައި ރިއްސުމަށް ޢާންމުކޮށް ދިމާވާ ސަބަބުތައް

ޑޮކްޓަރުން ވިދާޅުވާ ގޮތުގައި:

ކުއްލިޔަކަށް ތިމާއަށް ޙަރަކާތް ކުރެވޭ ގޮތަކުން، ބުރަކަށީގެ ވަށައިގެންވާ މަސްތަކުގައި ރިއްސަފާނެއެވެ.

އޮސްޓިއޯއާތުރައިޓިސް އާއި ރޫމޭޓޮއިޑް އާތުރައިޓިސް ގެ ސަބަބުން ވެސް ރިއްސާނެއެވެ.

ކަކުލަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުންވެސް އުނަގަނޑުގައި ރިއްސަފާނެއެވެ.

ކުރިން ލިބިފައިވަ އަނިޔާއެއްގެ ސަބަބުން ވެސް އުނަގަނޑުގައި ރިއްސަފާނެއެވެ.

އުނަގަނޑުގައި ރިއްސާނަމަ އަމިއްލައަށް ދެވިދާނެ ފަރުވާ

:އަރާމުކޮށް މަޑުމަޑުން ހެލިފެލިވެއުޅުން

އުނަގަނޑުގައި ރިއްސަނީ އޭ ކިޔައި ހަރަކާތްތެރިވުން މުޅިން ހުއްޓާނުލާށެވެ. ގޭގައި ނުވަތަ ގޯތިތެރޭގައިމމަޑުމަޑުން ހިނގާލުން ނުވަތަ ސްޓްރެޗް ކުރުމަކީ ރިހުމަށް ލުއި ގެނައުމަށް އެހީތެރިވެދޭ ކަމެކެވެ.

ބޮނޑިތާން ކުރުން:  އައިސް ޕެކެއް ނުވަތަ އަޅިބޮނޑިއެއް ނުވަތަ ހޫނުފެން ޕެކެއް ބޭނުންކޮށްގެން ދުވާލަކު 15-20 މިނެޓް ވަންދެން ބޮނޑިތާން ކޮށްލުމަކީ ރިހުން ކެނޑިދާނެ ކަމެކެވެ. ސަބަބަކީ މި ކަމުގެ ސަބަބުން މަސްތަކަށް އަރާމުކަން ލިބި ލުއި ލިބޭނެތީއެވެ.

 ބޭސް:  ބުރޫފެން ނުވަތަ ތަދު ކަނޑުވާ ބޭސްތަކަކީ ރިހުން މެނޭޖްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަބަދުވެސް ޑޯޒް ނެގުމުގައި ބޭސްފިހާރައިން ދޭ އިރުޝާދުތަކަށް ތަބާވާށެވެ.

ސްޓްރެޗް ކުރުމާއި ކަސްރަތުތައް: އުނަގަނޑުގެ ވަށައިގެންވާ މަސްތައް ވަރުގަދަކޮށް، ފްލެކްސިބިލިޓީ ރަނގަޅު ކުރުމަކީ ހުޅުތަކަށް ކުރާ ބުރަ ކުޑަކޮށްދޭ ކަމެކެވެ. ފިޒިކަލް ތެރަޕިސްޓަކަށް ރައްކާތެރި ކަސްރަތުތަކެއް ކުރުމަށް ލަފާދެވިދާނެ އެވެ.

ބާލީސް: ކަކުލުގެ ދަށަށް ބާލީހެއް ލައިގެން ނިދުމާއި، ރަނގަޅު ބޫޓު ބޭނުންކުރުމާއި، ބުރަކަށީގެ މައިބަދަ ސީދަލަށް ހުންނަ ގޮތަށް އިށީނުމަކީ އުނަގަނޑަށް ޕްރެޝަރު ލުއިކޮށްދޭ ކަމެކެވެ.

ބަރުދަން: ދުޅަހެޔޮ ބަރުދަނެއްގައި ހުރުމަކީ އުނަގަނޑުގެ ހުޅުތަކަށް ކުރާ ސްޓްރެސް ކުޑަކޮށްދޭ ކަމެކެވެ.

ޑޮކްޓަރަށް ދައްކަންވީ ކޮން އިރަކު

ވެއްޓި ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ކުއްލިއަކަށް، ވަރަށް ބޮޑަށް އުނަގަނޑުގައި ރިއްސުން

ހެލިފެލިވެ އުޅުމަށް ނުކުޅަދާނަވުން ނުވަތަ އެއްޗެހި އުފުލާއިރު ރިއްސުން

ހުޅުގެ ވަށައިގެން ދުޅަވުން، ރަތްވުން، ނުވަތަ ހޫނުވުން

ގޭގައި ފަރުވާ ދިން ނަމަވެސް ދެތިން ހަފްތާއަކަށް ވުރެ ގިނަ ދުވަހު ދިގުދެމިގެންދާ ރިހުން

އިރުޝާދު

އުނަގަނޑުގައި ރިއްސުން ރަނގަޅުވާނީ އަރާމުކުރުމާއި ބޮނޑިތާންކޮށް މަޑުމަޑުން ކަސްރަތު ކުރުމުންނެވެ. ދެތިންހަފްތާ ވަންދެން މި ފަރުވާ ކުރުމުން ވެސް ރަނގަޅު ނުވެއްޖެ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.

ކުންނާރު ފަތަކީ ސިހުރާއި އެސްފީނާ އަށް ފަރުވާއެއް

މި ލިބޭ މުސާރައިން ބޭރު ގައުމުތަކުގައި ދިވެހިންނަށް މާ އަރާމުކޮށް ދިރިއުޅެވޭ

ސޯޅަ އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭން ކުރުމުގެ ސިޔާސަތަކީ ފައިދާ ހުރި ސިޔާސަތަކަށް ވުރެ...

Continue Reading

Previous: ބިދޭސީންނާއިމެދު ގޯސްކޮށް ޢަމަލުކުރާ ފަރާތްތައް މިއަދުން ފެށިގެން ޖޫރިމަނާ..!
Next: މީޑިއާ ބިލް ހިނގާނީ ރެޖިސްޓަރޑް މީޑިއާ ތަކަށް އެކަނި

Related Stories

B9F4E63E-7389-4D67-B3F3-2A635F1F1451
  • ރިޕޯޓް
  • ލައިފްސްޓައިލް

ދެއުޅިއެއް ނުވާ ޕުލާސްޓިކު ގާނޫނުގެ ވެރިން ބަރަހަނާ ވެފައި

admin February 24, 2026
Screenshot_20260215-112302
  • ލައިފްސްޓައިލް
  • ޚަބަރު

ދަރިފުޅަށް ދެއަހަރު ވަންދެން އޮފީހަށް ނުދިޔަޔަސް މުސާރަ ލިބޭގޮތް ހަދަނީ

admin February 15, 2026
156B117E-4E4B-4355-B788-A2BECAB2AD1F
  • ރިޕޯޓް
  • ލައިފްސްޓައިލް

ސޯޅަ އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭން ކުރުމުގެ ސިޔާސަތަކީ ފައިދާ ހުރި ސިޔާސަތަކަށް ވުރެ ރަމްޒީ ސިޔާސަތަކަށް ވުމުގެ ނުރައްކާ އެބައޮތެވެ!

admin February 12, 2026
ADVERTISEMENT
ބިތުފަންގި - ހެއްކާއި ޤަރީނާ ނެތި ވާހަކަ ނުދައްކާނެ! | MoreNews by AF themes.